Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވޯލްޑް ޓްރޭޑް ސެންޓަރު ހަމަލާ

9/11ގެ ހަމަލާއަށްފަހު ވައިނުސާފުވެގެން 49,000 މީހުންނަށް ކެންސަރު ޖެހުނު

9 ސެޕްޓެމްބަރު 2026 | ބުދަ 07:01

9/11 ގެ ހަމަލާއާ ގުޅިގެން ވައިގެ ތެރެއަށް ފެތުރުނު ވިހަ މާއްދާތަކުގެ ސަބަބުން 49,000 އަށް ވުރެ ގިނަ މީހުންނަށް ކެންސަރު ޖެހިފައިވާއިރު، އެ ސަރަހައްދުގެ ވައި ނޭވާލާން ނުރައްކާތެރިކަން އޭރުގެ އޮފިޝަލުންނަށް އެނގޭކަން އާންމުކުރި ލިޔެކިޔުންތަކުން ހާމަވެއްޖެ. މި ލިޔުންތަކުން ދައްކާގޮތުގައި އޭރުގެ ސަރުކާރުން ވައި ރައްކާތެރިކަމަށް ބުނެ އާންމުންނަށް އޮޅުވާލާފައިވަނީ ސިއްހީ ނުރައްކަލުގެ ބިރު އޮތްކަން ސައިންސްވެރިން ފާހަގަކޮށްފައި ވަނިކޮށް

ނިއުސް ޓީމް
ނިއުސް ޓީމް | 9 ސެޕްޓެމްބަރު 2026 | ބުދަ 07:01
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކަށް ދެ ދުވަސް ފުރުނުއިރު، ސެޕްޓެމްބަރު 13 ވަނަ ދުވަހު ވޯލްޑް ޓްރޭޑް ސެންޓަރުގެ އިމާރާތްތައް ވެއްޓިފައިވާ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތަކަށް ދެ ދުވަސް ފުރުނުއިރު، ސެޕްޓެމްބަރު 13 ވަނަ ދުވަހު ވޯލްޑް ޓްރޭޑް ސެންޓަރުގެ އިމާރާތްތައް ވެއްޓިފައިވާ ސަރަހައްދުން ދުން އަރަމުންދާ މަންޒަރު | ގެޓީ އިމޭޖަސް

2001 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ނުރައްކާތެރި ހަމަލާތަކަށް ފަހު، ނިއުޔޯކް ސިޓީގެ ވައިގެ ނުސާފުމިނާ ގުޅޭ ގޮތުން މީގެ ކުރިން އާންމުކޮށްފައި ނުވާ 170،000 އަށް ވުރެ ގިނަ ސަފުހާގެ ރެކޯޑުތައް އެ ސިޓީން ހާމަކޮށްފި އެވެ. މި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ހަމަލާ ދިން ސަރަހައްދު ނުވަތަ 'ގްރައުންޑް ޒީރޯ' ކައިރީގެ ވައި ނޭވާލާން ރައްކާތެރި ނޫންކަން އޭރުގެ ސިޓީގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަ އެވެ. ނަމަވެސް، އެއިރު އާންމުންނަށް ތަކުރާރުކޮށް ޔަގީންކަން ދެމުން ދިޔައީ އެ ސަރަހައްދުގެ ވައި ރައްކާތެރި ކަމަށް ބަޔާންކޮށްފަ އެވެ. މޭޔަރު ޒޮހްރާން މަމްދާނީ މި ލިޔެކިޔުންތައް އާންމުކުރެއްވީ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އަންގާރަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަމްދާނީ ވަނީ މި ހާދިސާގެ ހިތާމަވެރިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. "އަހަރުތައް ފާއިތުވެ، މި ހާދިސާގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ނިއު ޔޯކްގެ ކޮންމެ ރައްޔިތަކު އަޅުގަނޑުމެންނާ ވަކިވެގެންދާ ކޮންމެ ފަހަރަކު ސެޕްޓެމްބަރު 11 ގެ ހިތްދަތިކަން އިހުސާސްކުރެވޭ،" މަމްދާނީ ވިދާޅުވި އެވެ. "މިހާރު 25 އަހަރު ފުރެން ގާތްވެފައިވާއިރު، އެ ހަމަލާ ދިން ދުވަހު މަރުވި މީހުންނަށްވުރެ ގިނަ މީހުން ވަނީ އެ ހަމަލާއާ ގުޅުންހުރި ބަލިތަކުގައި މަރުވެފައި." މޭޔަރުގެ މި ވާހަކަފުޅުން ހާމަވާ ގޮތުގައި، ހަމަލާ ދިން ދުވަހަށް ވުރެ ގިނަ މީހުން ވަނީ ފަހުން ޖެހުނު ބަލިތަކުގައި މަރުވެފަ އެވެ.

9/11 ހާދިސާއާގުޅޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގެ ހުރިހާ ސްޓޭޓަކުން ޖުމްލަ 140,000 އަށް ވުރެ ގިނަ މީހުން ވަނީ 'ވޯލްޑް ޓްރޭޑް ސެންޓަރު ހެލްތު ޕްރޮގްރާމް' ގައި ރަޖިސްޓްރީވެފަ އެވެ. އަދި، އޭގެ ތެރެއިން 49,000 މީހުންނަކީ އެ ހަމަލާއާ ގުޅުންހުރި ކެންސަރު ބަލި ޖެހިފައިވާ މީހުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. މަމްދާނީ ވިދާޅުވީ، މިހާރު އެހީތެރިކަން ލިބެމުންދާ މީހުންނަށް ވުރެ ގިނަ ބަޔަކަށް އެހީތެރިކަން ބޭނުންވާ ކަމަށެވެ. އޭގެ ތެރޭގައި ހަމަލާ ދިން ސަރަހައްދު ކައިރީގައި ދިރިއުޅުނު ނަމަވެސް އެހީތެރިކަން ފޯރުކޮށްދެވިފައި ނުވާ މީހުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، މިހާރު ނިއު ޔޯކުން ބޭރުގައި ދިރިއުޅޭ މީހުން ވެސް މި ފަދަ އެހީތެރިކަން ބޭނުންވާ ކަމަށް މަމްދާނީ ފާހަގަކުރެއްވި އެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުން 2011 ވަނަ އަހަރު މި ސިއްހީ ޕްރޮގްރާމް އުފެއްދިއިރު، ކެންސަރު ބައްޔަކީ އޭގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ބައްޔެއް ނޫނެވެ. މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭ ބަލިތަކުގެ ލިސްޓުގައި ކެންސަރު ބަލި ހިމަނާފައި ވަނީ 2012 ވަނަ އަހަރު އެވެ. އެއީ، އެ ކަމަށް ވަކާލާތުކުރާ ފަރާތްތަކުން ކުރި މަސައްކަތާއި، ގްރައުންޑް ޒީރޯގައި މަސައްކަތްކުރި ނިއު ޔޯކްގެ ފަޔާ ފައިޓަރުންގެ މެދުގައި ކެންސަރު ޖެހޭ މިންވަރު އިތުރުވެފައިވާ ކަން ދިރާސާއަކުން ހާމަވުމާ ގުޅިގެންނެވެ. ސެޕްޓެންބަރު 11 ގެ ހަމަލާގައި ގާތްގަނޑަކަށް 3,000 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް، އެ ހާދިސާއަށް ފަހު އެ ސަރަހައްދު ސާފުކުރުމުގައި މަސްތަކެއް ވަންދެން މަސައްކަތްކުރި މީހުންނާއި އިސް ސަފުތަކުގައި ހަރަކާތްތެރިވި މީހުން ހިމެނޭހެން، އެތައް ހާސް ބަޔަކު ވަނީ އެ ހަމަލާއާ ގުޅުންހުރި ކެންސަރާއި އެހެނިހެން ބަލިތަކުގައި ފަހުން މަރުވެފަ އެވެ.

މި ލިޔެކިޔުންތައް އާންމުކޮށްފައި ވަނީ '9/11 ހެލްތު ވޮޗް' ނަމަކަށް ކިޔާ ޖަމިއްޔާއަކުން، މި ރެކޯޑުތައް ހޯދުމަށް ސިޓީއާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެންނެވެ. 9/11 ހެލްތު ވޮޗްގެ އެގްޒެކެޓިވް ޑިރެކްޓަރު ބެން ޝެވަޓް ވިދާޅުވީ، މި ލިޔެކިޔުންތައް އާންމުވުމުން އެމެރިކާގެ މައި ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި، ސިއްހީ ނަތީޖާތަކާ ގުޅޭ އިތުރު ދިރާސާތައް ފެށުމަށް ވެސް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މޭޔަރު، އަޅުގަނޑު ބޭނުންވަނީ 25 އަހަރަށްފަހު މި ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވި މޭޔަރަށް ޝުކުރު އަދާކުރަން: ގްރައުންޑް ޒީރޯގެ ވިހަ ދުމުގެ ނުރައްކަލާ ބެހޭގޮތުން ސިޓީއަށް އެނގެނީ ކޮން އެއްޗެއްތޯ، އަދި އެ ކަން އެނގުނީ ކޮން އިރަކުތޯ؟" މަމްދާނީއާ ސުވާލު ކުރައްވަމުން ޝެވަޓް އެއްސެވި އެވެ.

އަލަށް އާންމުކުރި މި ލިޔެކިޔުންތަކުގައި ގްރައުންޑް ޒީރޯގެ ވައިގެ ފެންވަރު ބެލި ރިޕޯޓުތަކުގެ ބައެއް ހިމެނެއެވެ. އަދި، އޭގެ ތެރޭގައި ސިޓީގެ އެކި އިދާރާތަކުގެ މެދުގައި ބަދަލުކޮށްފައިވާ މުހިންމު މެމޯތަކެއް ވެސް ވަނީ ހިމަނާފަ އެވެ. އޭގެ ތެރޭގައި 2001 ވަނަ އަހަރުގެ އޮކްޓޫބަރު އަދި ނޮވެންބަރު މަހާ ދެމެދު ތިމާވެށީގެ ޓެސްޓުތަކާ ގުޅޭ ގޮތުން އޮފިޝަލުން ކަންބޮޑުވުން ފާޅުކޮށްފައިވާ ލިޔުންތައް ހިމެނެ އެވެ. އެ ޓެސްޓުތަކުން ދެއްކި ގޮތުގައި، އެސްބެސްޓޯސްއާއި ދެނެގަންނަން އުނދަގޫ ނުރައްކާތެރި ކެމިކަލްތައް ވައިގެ ތެރޭގައި ހުރީ އާންމު މިންގަނޑަށް ވުރެ މަތީގަ އެވެ. މި ހޯދުންތަކުން ދައްކާ ގޮތުގައި، އެ ސަރަހައްދުގެ ވައިގެ ނުސާފުމިން އޭރު ހުރީ އާންމުންގެ ސިއްހަތަށް ނުރައްކާވާ ފަދަ މިންވަރެއްގަ އެވެ.

ބައެއް ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ވައިގެ ނުސާފުމިނާ ގުޅޭ ކަންބޮޑުވުންތައް ނިއު ޔޯކްގެ ކޮންގްރެސް މެންބަރު ޖެރީ ނެޑްލާ ޝާއިއުކުރެއްވި 'ވައިޓް ޕޭޕަރ' އެއްގައި ވަނީ ފާހަގަކުރައްވާފަ އެވެ. އޭނާ ވަނީ 2002 ވަނަ އަހަރުގެ ފެބުރުވަރީ މަހު އޭރުގެ މޭޔަރު މައިކަލް ބްލޫމްބާގްގެ އޮފީހަށް މެމޯއެއް ފޮނުއްވާފަ އެވެ. އެ މެމޯގައި ނެޑްލާ ވިދާޅުވީ، ގްރައުންޑް ޒީރޯ ކައިރީގެ ގޭތެރޭގެ ވައިގެ ފެންވަރު ބެލުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) ވަނީ އިހުމާލުވެފަ އެވެ. އަދި، ހަމަލާތަކަށް ފަހު އޭރުގެ އީޕީއޭ އެޑްމިނިސްޓްރޭޓަރު ކްރިސްޓީން ޓޮޑް ވިޓްމަން ވަނީ ވައި "ނޭވާލާން ރައްކާތެރި" ކަމަށް ވިދާޅުވެ އާންމުންނަށް އޮޅުވާލައްވާފަ އެވެ. މި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، އެ ޔަގީންކަން ދީފައި ވަނީ ގޭތެރޭގެ ވައިގެ ފެންވަރު ބެލުމަށް ސަރުކާރުން އެއްވެސް ޓެސްޓެއް ކުރުމުގެ ކުރިންނެވެ. މީގެ އިތުރުން، ޔުނިވަރސިޓީ އޮފް ކެލިފޯނިއާގެ ސައިންސްވެރިންގެ ހޯދުންތަކާ ހަވާލާދެއްވައި ނެޑްލާ ވަނީ މޭޔަރުގެ އޮފީހަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ހޯދުންތަކުން ދެއްކި ގޮތުގައި، ފުއްޕާމޭގެ އެތެރެއަށް ދަތުރުކުރާ ފަދަ ކުދިކުދި ވިހަ މާއްދާތައް ވައިގެ ތެރޭގައި ހުރީ "ބިރުގަންނަ ފަދަ މަތީ މިންވަރަކަށް" ކަމަށް އެ ސިޓީގައި ވަނީ ބަޔާންކުރައްވާފަ އެވެ.

ހަމަލާއަށް ފަސް މަސް ފުރުނުއިރު، 2002 ވަނަ އަހަރުގެ ފެބުރުވަރީ މަހު ރޫޑީ ގިއުލިއާނީއަށް ފަހު މޭޔަރުކަމާ ހަވާލުވެވަޑައިގަތް ބްލޫމްބާގް ވިދާޅުވެފައި ވަނީ "ކޮށްފައިވާ ކޮންމެ ޓެސްޓަކުން ވެސް ދައްކަނީ ވައިގެ ފެންވަރު ހުރީ ގަބޫލުކުރެވޭ މިންގަނޑެއްގައި" ކަމަށެވެ. އަދި، ބައެއް މީހުން ދުވަހަކު ވެސް އެ ކަން ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަމާ ގުޅޭ ގޮތުން ބްލޫމްބާގްގެ ތަރުޖަމާނު އަންގާރަ ދުވަހު އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފަ އެވެ. "ދުވަސްކޮޅެއްގެ ތެރޭގައި އީޕީއޭއިން ވެބްސައިޓެއް އުފައްދައި، ލިބެންހުރި ހުރިހާ މައުލޫމާތެއް އާންމުކުރި. އަދި އެ މައުލޫމާތުތައް ދިޔައީ ތަކުރާރުކޮށް އަދާހަމަކުރަމުން. މަގްސަދަކީ ވީހާވެސް ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުން. އޭރު ލިބެންހުރި މައުލޫމާތާއި ވަސީލަތްތަކުގެ އެހީގައި އީޕީއޭގެ އެންމެން ވެސް މަސައްކަތް ކުރީ އެންމެ ރަނގަޅަށް،" ވިޓްމަން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ. ގްރައުންޑް ޒީރޯގެ ވައިގެ ހާލަތާއި އެހެން ސަރަހައްދުތަކުގެ ވައިގެ ހާލަތު ތަފާތުކަން އީޕީއޭއިން ފާހަގަކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، އެ ސަރަހައްދަކީ ނިއު ޔޯކް ސިޓީން ބަލަހައްޓަމުން ދިޔަ ތަނެއް ކަމަށާއި، ގޭތެރޭގެ ވައިގެ ފެންވަރު ކޮންޓްރޯލް ކުރުމުގެ ބާރު އީޕީއޭއަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: ސީއެންއެން

ނިއު ޔޯކް ސިޓީގްރައުންޑް ޒީރޯޒޮހްރާން މަމްދާނީވޯލްޑް ޓްރޭޑް ސެންޓަރުމައިކަލް ބްލޫމްބާގް

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

21 ޖުލައި 2026

ނިއުޔޯކުގައި އެފްބީއައި އޮފީހެއް ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހުޅު ޖަހައިފި

21 ޖުލައި 2026
ނިއުޔޯކުގައި އެފްބީއައި އޮފީހެއް ހުންނަ ސަރުކާރުގެ އިމާރާތެއްގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހުޅު ޖަހައިފި
21 ޖުލައި 2026

މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި

21 ޖުލައި 2026
މަމްދާނީ ވިދާޅުވިޔަސް ނަތަންޔާހޫ ހައްޔަރު ނުކުރެވޭނެކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވައިފި
19 ޖުލައި 2026

ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން

19 ޖުލައި 2026
ނިއުޔޯކުގެ މޭޔަރު: ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ނަތަންޔާހޫ ހައްޔަރުކުރެވިދާނެ ގޮތެއް މިދަނީ ބަލަމުން
05 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރަނިކޮށް ނިއުޔޯކްގައި ބަޑިޖަހައި 8 މީހަކު ޒަޚަމްކޮށްލައިފި

05 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރަނިކޮށް ނިއުޔޯކްގައި ބަޑިޖަހައި 8 މީހަކު ޒަޚަމްކޮށްލައިފި
29 ޖޫން 2026

ނިއުޔޯކް މޭޔަރު މަމްދާނީ ކޯޓު ފަޓުލޫނުގައި ކުޑަ ކުދިންނާ އެކު ސްވިމިން ޕޫލުގައި ފަތާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން!

29 ޖޫން 2026
ނިއުޔޯކް މޭޔަރު މަމްދާނީ ކޯޓު ފަޓުލޫނުގައި ކުޑަ ކުދިންނާ އެކު ސްވިމިން ޕޫލުގައި ފަތާ ވީޑިއޯ އަށް ގިނަ ބައެއްގެ ސަމާލުކަން!
24 ޖެނުއަރީ 2026

އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި

24 ޖެނުއަރީ 2026
އެމެރިކާ އަށް ކުރިމަތިވި ވަރުގަދަ ފިނީ ގެ ތޫފާނަކާ ގުޅިގެން 8,000 އަށްވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފި
01 ޖެނުއަރީ 2026

ކީރިތި ގުރުއާނުގައި އަތްޕުޅު ބާއްވަވައިގެން ހުންނަވާ ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި

01 ޖެނުއަރީ 2026
ކީރިތި ގުރުއާނުގައި އަތްޕުޅު ބާއްވަވައިގެން ހުންނަވާ ޒޮހްރާން މަމްދާނީ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
05 ޑިސެމްބަރު 2025

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
22 ނޮވެމްބަރު 2025

ސިޔާސީ ހޫނު ހަމަލާތައް ބަދަލުކުރުމަށް ފަހު އެންމެ ފަހުން މަމްދާނީ އާއި ޓްރަމްޕް ވައިޓް ހައުސް ގައި ބައްދަލު ކުރައްވައިފި

22 ނޮވެމްބަރު 2025
ސިޔާސީ ހޫނު ހަމަލާތައް ބަދަލުކުރުމަށް ފަހު އެންމެ ފަހުން މަމްދާނީ އާއި ޓްރަމްޕް ވައިޓް ހައުސް ގައި ބައްދަލު ކުރައްވައިފި
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް