Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ

ޗައިނާގެ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، މަދުވެގެން 25 މީހުން މަރުވެއްޖެ

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:56

ޗައިނާގެ ކިންގްޑާއޯ ބަނދަރުގައި މަރާމާތަށް ބާއްވާފައި އޮތް ލައިބީރިއާގެ "އޯޝަން މެލޯޑީ" ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި 25 މީހުން މަރުވެފައިވާއިރު، ބޯޓުން ދަތުރުކުރި ބައެއް މީހުން ވަނީ ސަލާމަތްކޮށްފައި. މި ހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަވަސްކުރުމަށާއި، އިހުމާލުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށް އަންގަވާފައި

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:56

އެ އުޅަނދު ބަނދަރުގައި އޮތީ މަރާމާތު ކުރުމުގެ މަސައްކަތުގައި | ސޯޝަލް މީޑިއާ

ޗައިނާގެ ކިންގްޑާއޯ ބަނދަރުގައި އޮތް މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ، މަދުވެގެން 25 މީހުން މަރުވެއްޖެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ބަނދަރެއްގައި ބޭރު ގައުމެއްގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް ބަނދަރުކޮށްފައި އޮއްވަ އެވެ.

ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު ސީ.ސީ.ޓީ.ވީ އިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޯޓުން ދަތުރުކުރި 42 މީހުންގެ ތެރެއިން 12 މީހަކު ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފަ އެވެ. އަދި އަނިޔާވި ފަސް މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އެ މީހުންގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ޗައިނާގެ އިރުއުތުރު އައްސޭރީގެ މުހިންމު ޝިޕިންގް ހަބެއް ކަމަށްވާ ކިންގްޑާއޯ ބަނދަރުގެ ބެއިހައި ޝިޕްބިލްޑިންގް ކުންފުނީގައި މަރާމާތަށް ބޯޓު ބާއްވާފައި އޮއްވައި، މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 11:15 (ޖީ.އެމް.ޓީ އިން 03:15) ހާއިރު ކަމަށް ދައުލަތުގެ ނިއުސް އެޖެންސީ ޝިންހުއާ އިން ބުނެ އެވެ.

މި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފުވެފައި ނުވެ އެވެ.

ޒިންހުއާ އިން އާންމުކޮށްފައިވާ ފޮޓޯއަކުން އެނގޭ ގޮތުގައި، އަލިފާން ރޯވެފައިވަނީ "އޯޝަން މެލޯޑީ" ނަމަކަށް ކިޔާ ބޯޓެއްގަ އެވެ. އާންމުކޮށް އުޅަނދުފަހަރު ޓްރެކްކުރާ ވެބްސައިޓެއް ކަމަށްވާ "ވެސެލް ފައިންޑާ" އިން ދައްކާ ގޮތުގައި މިއީ ލައިބީރިއާގެ ދިދަ ޖަހާފައިވާ ބޯޓެކެވެ.

މި ހާދިސާއާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ މީހުން ހޯދުމާއި ސަލާމަތްކުރުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައްވާފަ އެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަވަސްކުރުމަށާއި، މި ހާދިސާގައި އިހުމާލުވާ ފަރާތްތައް ހޯދައި ހަރުކަށި ފިޔަވަޅު އެޅުމަށް ރައީސް ޝީ ބާރުއަޅުއްވާފައިވާ ކަމަށް ޒިންހުއާ އިން ރިޕޯޓްކުރެ އެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް ވަނީ ބޯޓުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށާއި، އަނިޔާވި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އިރުޝާދު ދެއްވާފަ އެވެ.

މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ކުރިމަތިވެދާނެ އިތުރު ނުރައްކާތަކުން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކަށް ބޮޑުވަޒީރު ވަނީ ގޮވާލައްވާފަ އެވެ.

ރައީސް ޝީ ވިދާޅުވީ، ހުރިހާ ސަރަހައްދުތަކަކުންނާއި ކަމާބެހޭ އިދާރާތަކުން މި ހާދިސާއިން އިބުރަތް ހާސިލްކުރަންޖެހޭ ކަމަށާއި، އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވެދާނެ ހުރިހާ ކަމެއް ފުރިހަމައަށް ތަހުގީގުކޮށް އިސްލާހުކުރަން ޖެހޭނެ ކަމަށެވެ.

ޗައިނާއަލިފާނުގެ ހާދިސާ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

07 ސެޕްޓެމްބަރު 2026

ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

07 ސެޕްޓެމްބަރު 2026
ޗައިނާގެ މާލީ ނިޒާމަށް 53.6 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ
06 ސެޕްޓެމްބަރު 2026

ނޭޕާލްގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ ތެރެއިން ދިރިތިއްބާ އިތުރު ދެ މީހުން ސަލާމަތްކޮށްފި

06 ސެޕްޓެމްބަރު 2026
ނޭޕާލްގެ ފެންބޮޑުވުމުގައި ގެއްލުނު މީހުންގެ ތެރެއިން ދިރިތިއްބާ އިތުރު ދެ މީހުން ސަލާމަތްކޮށްފި
05 ސެޕްޓެމްބަރު 2026

އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި

05 ސެޕްޓެމްބަރު 2026
އީރާނާ ގުޅުވައި ޗައިނާގެ ކުންފުނިތަކަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލަން ޗައިނާއިން ގޮވާލައިފި
04 ސެޕްޓެމްބަރު 2026

ނޭޕާލް ފެންބޮޑުވުމުގެ ހާދިސާގައި ހޮހަޅައެއްގައި ތާށިވި ދެ މީހުން ސަލާމަތްކޮށްފި

04 ސެޕްޓެމްބަރު 2026
ނޭޕާލް ފެންބޮޑުވުމުގެ ހާދިސާގައި ހޮހަޅައެއްގައި ތާށިވި ދެ މީހުން ސަލާމަތްކޮށްފި
29 އޯގަސްޓު 2026

އިކުއެޑޯގެ ކުރީގެ ރައީސް މޮރޭނޯގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް، މި ކުށް އާއިލާގެ އެހެން މެމްބަރުންނާއި، ޗައިނާގެ ކުރީގެ ސަފީރުގެ މައްޗަށްވެސް ސާބިތުވި

26 އޯގަސްޓު 2026

މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

26 އޯގަސްޓު 2026
މއ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ: އަނިޔާވި ބިދޭސީއަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!
26 އޯގަސްޓު 2026

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ

26 އޯގަސްޓު 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ
25 އޯގަސްޓު 2026

ޗައިނާއިން ހަތް ސެޓެލައިޓް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވައިފި

25 އޯގަސްޓު 2026
ޗައިނާއިން ހަތް ސެޓެލައިޓް ކާމިޔާބުކަމާއެކު ފަޒާއަށް ފޮނުވައިފި
24 އޯގަސްޓު 2026

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!

24 އޯގަސްޓު 2026
މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ދެ ބިދޭސީއެއްގެ ހާލު ސީރިއަސް!
23 އޯގަސްޓު 2026

100 މީޓަރު ދުވުމުން އުސެއިން ބޯލްޓް ޤާއިމުކޮށްފައިވާ ރެކޯޑު، ޗައިނާ އިން އުފެއްދި ރޮބޮޓެއް މުގުރާލައިފި

23 އޯގަސްޓު 2026
100 މީޓަރު ދުވުމުން އުސެއިން ބޯލްޓް ޤާއިމުކޮށްފައިވާ ރެކޯޑު، ޗައިނާ އިން އުފެއްދި ރޮބޮޓެއް މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް