Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެންބަރު އަހުމަދު ދީދީ

ފަތުރުވެރިކަމުގެ ސިނާއަތް އެއްވެސް މީހަކަށް ވާނުވާ ނޭނގޭ ހާލަށް ރައީސް މުއިއްޒު ދުއްވަވާ ލައްވައިފި: މެންބަރު ދީދީ

3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:04

ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން، ބޭރުގެ ޓްރެވަލް އެޖެންޓުންނަށް "ޑަބަލް ޓެކްސް" ދައްކަން ޖެހުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ. ދީދީ ވިދާޅުވީ މިހާރު އޮތް ގޮތުން ޑަބަލް ޓެކްސް ދައްކަން ޖެހޭތީ ދިވެހިރާއްޖެއަށް ނުދާނެ ކަމަށް ބައެއް ޓްރެވަލް އެޖެންޓުން ބުނާ ކަމަށް

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 3 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:04
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ދީދީ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ދީދީ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ފަތުރުވެރިކަމުގެ ސިނާއަތް އެއްވެސް މީހަކަށް ވާނުވާ ނޭނގޭ ހާލަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދުއްވަވާ ލައްވަވަފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ ރައީސް މުއިއްޒު ގެންނަވާ ބަދަލުތަކުން ދިވެހިރާއްޖެއަށް އެއްވެސް ފައިދާއެއް ނުކުރާކަމަށާއި ފެނިގެން ދަނީ ދިވެހިރާއްޖޭގެ އިގުތިސާދު ބޮޑު ތަނުން ފުނޑިގެން ދާތަން ކަމަށެވެ.

Advertisement - newsAdvertisement

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނަށް ގެނައި ބަދަލަށް އަލި އަޅުއްވާލާ މެންބަރު ދީދީ ވިދާޅުވީ މި ބަދަލު ގެނައީ ޓްރެވަލް އެޖެންޓުންނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އަދި ޑެސްޓިނޭޝަން ޕްރިންސިޕަލް ގަވާއިދު ތަކުގައި ޓެކްސް ދައްކަން ޖެހޭ ގޮތަށް އޮންނަނީ ކޮންސިއުމް ކުރާ ޑެސްޓިނޭޝަން ތަކަށް ކަމަށް ދީދީ ވިދާޅުވި އެވެ. 

ދީދީ ވިދާޅުވީ މިހާރު އޮތް ގޮތުން ޑަބަލް ޓެކްސް ދައްކަން ޖެހޭތީ ދިވެހިރާއްޖެއަށް ނުދާނެ ކަމަށް ބައެއް ޓްރެވަލް އެޖެންޓުން ބުނާ ކަމަށެވެ. އެހެންކަމުން ގެއްލުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށް ދީދީ ވިދާޅުވި އެވެ. 

އެއްވެސް ވަރަކަށް މީގެ ކަމަކާ މަޝްވަރާ ނުކުރޭ، ޓްރެވަލް އެޖެންޓުން އެބަ ގުޅާ ހަބަރެއް ލިބިއްޖެ އޭ ކިހިނެއް ހޭ ހަދަން ވީ، ތިމަންނަމެންނަށް މީރާއޭ ކިޔާ ތަނެއް ނޭނގެއޭ ތިމަންނަމެންނާ ގުޅުން އިންނަ ބައެއް ނޫނޭ. ކިހިނެއް ހޭ ތިމަންނަމެން އެމީހުންނާއި ވާހަކަ ދައްކާނީ އަނެއްކާ ތިމަންނަމެން ދިވެހިރާއްޖެއަށް ގެސްޓުން މި ފޮނުވަނީ ދިވެހިރާއްޖޭގެ ޓްރެވަލް އެޖެންޓުންނާއި ގުޅިގެން ނޫނީ ސީދާ ޑައިރެކްޓްލީ ރިސޯޓްއާއި ގުޅިގެންނޭ
މެންބަރު އަހުމަދު ދީދީ

މި ބަދަލުގެ ވާނުވާއެއް ޓްރެވަލް އެޖެންޓުން އަދި އިތުރު އެއްވެސް ބަޔަކަށް ވެސް ނޭނގޭ ކަމަށާއި ރައީސް މުއިއްޒު މިވަނީ ފަތުރުވެރިކަމުގެ ސިނާއަތް ވާނުވާއަށް ދުއްވާލާފައި ކަމަށް ދީދީ ވިދާޅުވި އެވެ.

ބޭރުގެ ޓްރެވަލް އެޖެންޓުން އަތުން ޓެކެސް ނެގުމަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ވެސް ކަންބޮޑުވުން ފާޅުކޮށް މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ހައްލެއް ނާންނާނެ ކަމަށް ބުނެ ބަޔާން ނެރިފައިވެ އެވެ.  

އަހުމަދު ދީދީ

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު

5

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

އިތުރަށް ކިޔާލަން

26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
21 ފެބުރުއަރީ 2026

ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

21 ފެބުރުއަރީ 2026
ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ
02 ފެބުރުއަރީ 2026

އައު ޓަރމިނަލާއެކު އިތުރު އެއަރލައިންތަކަށް ޖާގަ އޮތް ނަމަވެސް، މި ޕީކް ސީޒަނުގައި އައު ފްލައިޓެއް ނާދޭ: މެންބަރު ދީދީ

02 ފެބުރުއަރީ 2026
އައު ޓަރމިނަލާއެކު އިތުރު އެއަރލައިންތަކަށް ޖާގަ އޮތް ނަމަވެސް، މި ޕީކް ސީޒަނުގައި އައު ފްލައިޓެއް ނާދޭ: މެންބަރު ދީދީ
21 ޖެނުއަރީ 2026

އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ

21 ޖެނުއަރީ 2026
އައްޑޫ ޓޫރިޒަމް ޒޯން ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރަން ކަނޑައެޅީ އެއްވެސް ބެލުމެއް ނެތި އައްޑު އަށާއި ސިނާއަތަށް ވެސް ގެއްލުންވާ ގޮތަށް: މެންބަރު ދީދީ
16 ޑިސެމްބަރު 2025

ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ

16 ޑިސެމްބަރު 2025
ޑޮލަރުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކަޅު ބާޒާރުގައި ހުރި ފައިސާ  ރާއްޖޭގައި ނޭނބުރޭ ވަރަށް އެ ފައިސާ ވެސް ސަރުކާރަށް ނެގުން: ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް