Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު ދީދީ

ފެންނަ ނުފެން ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ދީދީ ވިދާޅުވެއްޖެ

މި ވޯޓުގައި ރައީސް މުޢިއްޒަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށާއި، މިއީ ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރު މަދުކޮށްލުމަށް ކުރާ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވި. އެމްޑީޕީން ވެސް މިކަމާ ދެކޮޅަށް މަސައްކަތް ކުރަމުންދާއިރު، ރައްޔިތުން ތިބީ މި ނިންމުމަށް "ނޯ" ބުނަން ތައްޔާރަށް ކަމަށް ދީދީ ވިދާޅުވި.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2026 | ހޮނިހިރު 14:46
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ | ރާއްޖެ އެމްވީ

ރައްޔިތުން އެތައްފަހަރަަކު ސްކޭމްތަކުގައި މިސަރުކާރުން ޖައްސައިފި ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓަކީ ބޮޑު ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މެންބަރު ދީދީ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓަކީ ބޮޑު ސްކޭމެއް ކަމަށާއި މި ސްކޭމުގައި ރައްޔިތުން އެއްގޮތަކަށްވެސް ޖެހިގެން ނުވާނެ ކަމަށެވެ. 

Advertisement - newsAdvertisement

ދީދީ ވިދާޅުވީ ގިނަ ރައްޔިތުންވެސް އެދޭ ގޮތަށް ރައީސް މުޢިއްޒު އަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރުން އެއްއަހަރު ރައްޔިތުންގާތަށް އަންނަގޮތަށް މުޅި ސިސްޓަމް ބަދަލުކޮށްލަން މިކުރާ މަސައްކަތަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުއް ކަމަށް ދީދީ ވިދާޅުވި އެވެ. 

އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށަށް މިހާރު ކުރަމުންގެންދާ ދަތުރުތަކުގައި ވަރަށް ގިނަ ރައްޔިތުން އެބަ ސުވާލުކުރޭ ރައީސް މުޢިއްޒު ސުވާލެއް ތިމަންނަމެންނަށް އެބަ ކުރިމަތިކުރުވައޭ، މިއީ ކީއްކުރަން ކުރާ ކަމެއްހޭ. އަޅުގަނޑަށް ފެންނަމުންމިދަނީ ރައީސް މުއިއްޒު ރައްޔިތުން ގާތަށްގޮސް މިބުނަނީ ދެން ތިމަންނަ ދާކަށް ބޭނުމެއް ނޫނެ. އެގޮތަށް ވިދާޅުވާ ސުވާލެއް ރައްޔިތުންނާ ކުރިމަތިކުރުވާފަ މިއޮތީ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ

މީގެ އިތުރުން މެންބަރު ދީދީ ވިދާޅުވީ ހއ އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުތަކުގައިދާ ރަށްރަށުން ފެންނަ މަންޒަރަކީ ރައްޔިތުން މި ވޯޓަށް "ނޯ" ބުނަށް ތައްޔާރުވެފައި އޮތް މިންވަރު ކަމަށެވެ. އަދި އޭގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމަން ނަގާ ވޯޓުގައި އެކަމަށް ނޫނެކޭ ބުނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުން ވެސް ވަނީ ފާސްކޮށްފަ އެވެ.

 ރާއްޖެ ފަދަ ޑިމޮކްރެޓިކް އުސޫލުން ހިންގާ ދައުލަތެއްގައި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ މުހިންމު ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ދެނެގަތުމަށް ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަށް މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

އަހުމަދު ދީދީޑރ. މުއިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީހއ. އަތޮޅު

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެމުންގެންދާ އިންޒާރުތައް ހުއްޓާލަންޖެހޭ: އަބްދުﷲ ޝާހިދު

21 ފެބުރުއަރީ 2026
އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

އިންތިޚާބު އެއްކޮށްލުމަކީ 2028 ނުފޫޒާއި ބާރުގެ ތެރެއިން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް: ޝަމްހީދު

20 ފެބުރުއަރީ 2026
އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ބާރަށުން ހޫނު މަރުހަބާއެއް ކިޔައިފި

20 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ރައީސް ހއ. އަތޮޅަށް ވަޑައިގެންފި

20 ފެބުރުއަރީ 2026
ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

ދެ އިންިތިހާބު އެއްކުރުމާއި ދެކޮޅަށް އެމްޑީޕީ އިން މަގުމައްޗަށް ނުކުމެ ރައްޔިތުންނަށް އުއްމީދެއް ދޭންޖެހޭ: ރާއީ

20 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު