Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދ. މާއެނބޫދޫ

ދ. މާއެނބޫދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު މަސައްކަތް ހުއްޓި، މުޅި ސަރަހައްދުގައި ގަސް ފަޅައި ޖަންގަޔަކަށް ވެފައި!

28 އޯގަސްޓު 2026 | ހުކުރު 13:19

ދ. މާއެނބޫދޫގައި އިމާރާތްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ހުއްޓި، އެ ސަރަހައްދު ވީރާނާވަމުންދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. އެޕޯލޯ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ހުއްޓިފައިވާ ސަބަބު ސާފުނުވާތީ، މި މަޝްރޫއާ ގުޅޭ ރިޕޯޓެއް އެންވަޔަރަމަންޓް މިނިސްޓްރީއަށް ހުށަހެޅުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 28 އޯގަސްޓު 2026 | ހުކުރު 13:19

ދ. މާއެނބޫދޫ ވޭސްޓް މެނޭޖްމްންޓް ސެންޓަރު މަސައްކަތް ހުއްޓި، މުޅި ސަރަހައްދުގައި ގަސް ފަޅައި ޖަންގަޔަކަށް ވެއްޖެ | ރާއްޖެ އެމްވީ

ދ. މާއެނބޫދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރު މަސައްކަތް ހުއްޓި، ޕްރޮޖެކްޓް ކުރިއަށްދާ ސަރަހައްދުގައި ބޯކޮށް ގަސްފަޅައި މުޅިތަން ހާލަކުވާ ހާލަތަށް ގޮސްފައިވުމުން އެކަމުގެ ކަންބޮޑުވުން މާއެނބޫދޫ ކައުންސިލުން ފާޅުކޮށްފި އެވެ. 

މާއެނބޫދޫ ކައުންސިލްގެ ރައީސް ނޫމާ މުހައްމަދު ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެ މަސައްކަތަކީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އެވޯޑް ކުރެވުނު މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް ހަވާލުކުރެވިފައި ވަނީ އެޕޯލޯ ކުންފުންޏާ ކަމަށެވެ. 

Advertisement - newsAdvertisement

މި މަސައްކަތް 2025 ވަނަ އަހަރުގެ އޮގަސްޓު 25 ގައި ހުއްޓުނު ގޮތަށް އަދި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ނޫމާ ވިދާޅުވި އެވެ. 

މިހާރު ފެނިވަޑައިގަންނަވާނެ ދެތަނުން ދޭތެރެއިން ނިކަގަސް އެއްޗިސް ފަޅައި، ނާސަރީއަކަށް ބަދަލުވަމުން މި އަންނަނީ. ދެން އަޅުގަނޑުމެން މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއާ މަޝްވަރާ ކުރެވެމުން މިދަނީ މިކަމާއި ގުޅޭ ރިޕޯޓް ވެސް ތައްޔާރު ކުރެވި، އިރާދަކުރެވިއްޔާ މިފެށޭ ހަފްތާގައި އެންވަޔަރަމަންޓް މިނިސްޓްރީއަށް ކަމާބެހޭ ރިޕޯޓު ހިއްސާ ކުރެވޭނެ 
ނޫމާ މުހައްމަދު 

މި މަސައްކަތް ކުރިއަށް ނުދަނީ ކީއްވެގެން ކަމެއް ކައުންސިލަށް ނޭނގޭ ކަމަށާއި މިނިސްޓްރީގެ ފަރާތުން ވެސް މައުލޫމާތު ލިބިފައި ނުވާ ކަމަށް ނޫމާ ވިދާޅުވި އެވެ. 

ކުނި މެނޭޖުކުރެވޭނެ ގޮތެެއް މާއެނބޫދޫގައި ނެތުމުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި މިހާރު ކުނި އަޅަމުން ދަނީ އޯޕަން އޭރިއާއަކަށް ކަމަށް ނޫމާ ވިދާޅުވި އެވެ. 

އޯޕަން އޭރިއާއަކަށް ކުނިތައް އަޅަމުން މިދަނީ ދެން ކޮންމެވެސް މިންވަރަކަށް ކުނިތައް ވަކި ކުރުމުގެ މަސައްކަތް ކުރެވޭ ނަމަވެެސް އެގޮތަށް ކުނި މެނޭޖުކުރަންދާ ދިޔުމުގެ ސަބަބުން ރައްޔިތުން އަސްލު އެކަމަކަށް ތަރުހީބެއް ނުދެއްވާ އެކަށީގެންވާ މިންވަރަކަށް، ކުނި އަދިވެސް މިކްސްކޮށް ގެންގުޅޭކަން އަޅުގަނޑަށް ފާހަގަކުރެވުނީ ދެން މިފަދަ ޒަމާނެއްގައި ކުރިއަރަމުން އަންނަ ދުވަސްވަރެއްގައި ވިޔަފާރިތަކަށް ޓޫރިޒަމަށް ބެލިކަމުގައި ވީޔަސް ވެސް އަޅުގަނޑު ގަބޫލު ކުރަނީ އެއީ ވަރަށް ނާތަހުޒީބު ގޮތެއް ކަމަށް
ނޫމާ މުހައްމަދު

މި މަޝްރޫއު ހިންގުމަށް ބިން ކަނޑައަޅައި، ސަރުކާރަށް ދީފައިވާނެ ކަމަށާއި، ކައުންސިލްގެ ފަރާތުން އެއްވެސް ހުރަހެއް އަޅާފައި ނުވާނެކަމަށް ނޫމާ ފާހަގަކުރެއްވި އެވެ. 

މާއެނބޫދޫ

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް