Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެފްއޭ

ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ފެނާންޑޭސް އަށް

26 އޯގަސްޓު 2026 | ބުދަ 10:27

ޕޯޗުގަލްގެ މިޑްފީލްޑަރު ފެނާންޑޭސް ވަނީ މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް މުގުރާލާފައި. އޭނާ ވަނީ ޖުމްލަ 21 ލަނޑު ޖެހުމަށް އެހީތެރިވެދީ، މީގެ ކުރިން ތިއަރީ އޮންރީ އާއި ކެވިން ޑި ބްރޭނާ ހަދާފައިވާ ރެކޯޑު ފަހަތަށް ޖައްސާލާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އޯގަސްޓު 2026 | ބުދަ 10:27
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް، ޕީއެފްއޭ މެންސް ޕްލޭޔާސް ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް، ޕީއެފްއޭ މެންސް ޕްލޭޔާސް ޕްލޭޔަރ އޮފް ދަ އިޔަރ އެވޯޑާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން | ރޮއިޓާސް

ޕްރޮފެޝަނަލް ފުޓުބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކޮށްފި އެވެ.

މި އެވޯޑު ހަފުލާގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ދެވަނަ ފަހަރަށް ހޯދީ މެންޗެސްޓަރ ސިޓީގެ އަންހެން ޓީމަށް ކުޅެމުން އަންނަ ހަދީޖާ ޝޯ އެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި މި އެވޯޑު ހަފުލާގައި މި ދެ ކުޅުންތެރިންނަށް މި ޝަރަފު ލިބިގެން ދިޔައީ ނިމިދިޔަ ސީޒަނުގައި އެ ދެ ކުޅުންތެރިން ދެއްކި އާދަޔާ ޚިލާފު މޮޅު ކުޅުމުގެ ސަބަބުންނެވެ. ޕޯޗުގަލްގެ މިޑްފީލްޑަރު ފެނާންޑޭސް ވަނީ މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑް މުގުރާލާފައި އެވެ. އޭނާ ވަނީ ޖުމްލަ 21 ލަނޑު ޖެހުމަށް އެހީތެރިވެދީ، މީގެ ކުރިން ތިއަރީ އޮންރީ އާއި ކެވިން ޑި ބްރޭނާ ހަދާފައިވާ ރެކޯޑު ފަހަތަށް ޖައްސާލައިފަ އެވެ. 

އުމުރުން 31 އަހަރުގެ ފެނާންޑޭސް ވަނީ މިދިޔަ ސީޒަނުގައި ނުވަ ލަނޑު ޖަހައި، މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅުނު ޔުނައިޓެޑަށް ލީގުގެ ތިން ވަނަ ހޯދައިދީ، އަލުން ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައި އެވެ. މީގެ އިތުރުން އޭނާ ވަނީ މިދިޔަ މެއި މަހު ފުޓުބޯޅަ ރައިޓާސް އެސޯސިއޭޝަން އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ހޯދާފައި އެވެ.

މި އެވޯޑާ ގުޅިގެން ފެނާންޑޭސް ބުނީ މިއީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށާއި، ދަނޑުމަތީގައި އިދިކޮޅަށް ކުޅޭ ކުޅުންތެރިންގެ ވޯޓުން މިފަދަ އެވޯޑެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހަދީޖާ ޝޯ ވަނީ ނިމިދިޔަ ސީޒަންގައި 21 ލަނޑު ޖަހައި، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ރަން ބޫޓު ކާމިޔާބުކޮށްފައި އެވެ. އޭނާގެ މޮޅު ކުޅުމާ އެކު މެންޗެސްޓަރ ސިޓީ އިން ވަނީ 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވިމެންސް ސުޕަރ ލީގުގެ ތަށި އުފުލާލާފައި އެވެ.

މެންޗެސްޓަރ ސިޓީ އަށް މި ހަފުލާގައި އިތުރު ކާމިޔާބީއެއް ލިބުނީ އެ ޓީމުގެ ނިކޯ އޯރައިލީ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ މަޤާމު ހޯދުމުންނެވެ. އުމުރުން 21 އަހަރުގެ އޯރައިލީ ވަނީ ލީގު ކަޕް ފައިނަލްގައި އާސެނަލް ކޮޅަށް ދެ ލަނޑު ޖަހައި، ސިޓީ އަށް އެ މުބާރާތާއި އެފްއޭ ކަޕް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވެދީފައި އެވެ. އޯރައިލީ ބުނި ގޮތުގައި ކުލަބާ އެކު ދެ ތަށި ހޯދުމުގެ އިތުރުން، ޤައުމީ ޓީމާ އެކު ވޯލްޑް ކަޕްގައި ކުޅެން ލިބުމަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ޕީއެފްއޭ އިން ހޮވި އަހަރުގެ އެންމެ މޮޅު ޓީމުގައި މެންޗެސްޓަރ ސިޓީގެ އޯރައިލީގެ އިތުރުން އާލިން ހާލަންޑް، ރަޔާން ޗެރްކީ އަދި އެންޓޮއިން ސެމެންޔޯ ހިމެނިފައިވެ އެވެ. ލީގު ޗެމްޕިއަން އާސެނަލްގެ ފަސް ކުޅުންތެރިން ކަމަށްވާ ޑޭވިޑް ރާޔާ، ގަބްރިއެލް، ވިލިއަމް ސަލީބާ، ޔޫރިއަން ޓިމްބާ އަދި ޑެކްލަން ރައިސް މި ޓީމުގައި ހިމެނުނުއިރު، ދެން މި ޓީމުން ޖާގަ ހޯދީ ބްރޫނޯ ފެނާންޑޭސް އާއި ބްރެންޓްފޯޑްގެ އިގޯ ތިއާގޯ އެވެ.

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ)މެންޗެސްޓަރ ޔުނައިޓެޑްބްރޫނޯ ފެނާންޑޭސް

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ

23 އޯގަސްޓު 2026
ހަލް ސިޓީ އަތް ދަށުވެ ޔުނައިޓެޑުގެ ފެށުން ގޯސްވެއްޖެ
25 މެއި 2026

ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް

25 މެއި 2026
ޔުނައިޓެޑުން ބްރައިޓަން ބަލިކުރި އިރު، ފެނާންޑޭސް އަށް ރެކޯޑެއް
05 މެއި 2026

ޔުނައިޓެޑުން ގަދަ ޓީމު ތަކެއް ބަލިކޮށްފި، މިހުރީ ވަރަށް އުންމީދުގައި: ކެރިކް

05 މެއި 2026
ޔުނައިޓެޑުން ގަދަ ޓީމު ތަކެއް ބަލިކޮށްފި، މިހުރީ ވަރަށް އުންމީދުގައި: ކެރިކް
05 މެއި 2026

ޙާލު ދެރަވެގެން ހޮސްޕިޓަލް އަށް ގެންދިޔަ ފާގަސަން މިހާރު ރަނގަޅު ކަމަށް ބުނެފި

05 މެއި 2026
ޙާލު ދެރަވެގެން ހޮސްޕިޓަލް އަށް ގެންދިޔަ ފާގަސަން މިހާރު ރަނގަޅު ކަމަށް ބުނެފި
04 މެއި 2026

ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި

04 މެއި 2026
ލިވަޕޫލްގެ މައްޗަށް ކުރި ހޯދައި، ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރު ކޮށްފި
28 އެޕްރީލު 2026

ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި

28 އެޕްރީލު 2026
ބްރެންޓްފޯޑް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް ޖެހިލައިފި
31 މާރިޗު 2026

ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި

31 މާރިޗު 2026
ޔުނައިޓެޑުގެ އެއްބަސްވުން އައު ކުރަން މެގުއާ ނިންމައިފި
29 މާރިޗު 2026

ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ

29 މާރިޗު 2026
ކަސެމީރޯ ހޯދުމަށް އިންޓަރ މިއާމީ އިން މަސައްކަތް ކުރަނީ
21 މާރިޗު 2026

ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

21 މާރިޗު 2026
ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި
16 މާރިޗު 2026

އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

16 މާރިޗު 2026
އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް