Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ބިލެއް ސަރުކާރުން ހުށަހަޅައިފި

25 އޯގަސްޓު 2026 | އަންގާރަ 16:41

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމަކީ މި ބިލުގެ މައިގަނޑު މަގުސަދު. މި ބިލުގެ ސަބަބުން ކުށްކޮށްގެން ނުހައްގު މާލީ މަންފާ ހޯދުން ހުއްޓުވުމަށާއި ދައުލަތުން ގެއްލިފައިވާ މުދާ އަނބުރާ ހޯދުމުގައި މިހާރު ކުރިމަތިވާ ގާނޫނީ ހުރަސްތަކަށް ހައްލެއް ލިބިގެންދާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 އޯގަސްޓު 2026 | އަންގާރަ 16:41
ރައީސް ޑރ. މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ރައީސް ޑރ. މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް | ރައީސް އޮފީސް

ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރަފު ކުރުން ކަމަށެވެ.

Advertisement - newsAdvertisement

މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށާއި އެކި ފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށް ވެސް މި ބިލުން ހައްލެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މި ބިލުގެ ތަފްސީލު މަޖިލީހުގެ ވެބްސައިޓުން އަދި ފެންނާކަށް ނެތެވެ. 

ފާހަގަ ކޮށްލެވޭ ގޮތުގައި މިފަދަ ބިލެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އިރު، ނުހައްގު މުއްސަނދިކަމާ ގުޅޭ ބިލެއްގެ މަސައްކަތް ވެސް މީގެ ކުރިން މަޖިލީހުން ކޮށްފައިވެ އެވެ. 

ކުށް ކޮށްގެން ހޯދާ މުދާނުހައްގު މުއްސަނދިކަންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

25 އޯގަސްޓު 2026

ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ކުއްލި ކޮމިޓީ ބައްދަލުވުމެއް ބާއްވައި، ޓެކްސްއަށް މަކަރު ހަދާ މީހުން ޖަލަށް ލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 އޯގަސްޓު 2026

ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި

25 އޯގަސްޓު 2026
ޕެޓިޝަނަށް ވެސް ރައްޔިތުންގެ ކަންބޮޑުވުމަށް ވެސް ބެލުމެއް ނެތި، ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ކޮމިޓީ އިން ފާސްކޮށްފި
24 އޯގަސްޓު 2026

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!

24 އޯގަސްޓު 2026
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު އައްޔަނު ނުކުރުމަށް ގޮވާލަމުން ދަނިކޮށް އޭނާއަށް ކޮމިޓީ އިން ރުހުންދީ މައްސަލަ ތަޅުމަށް!
23 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!

23 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލު ބޭރުކޮށްލަން ގޮވާލާ ޕެޓިޝަނަށް ބެލުމެއް ނެތި ކޮމިޓީ އިން އެ ބިލުގެ މަސައްކަތް ނިންމަނީ!
23 އޯގަސްޓު 2026

ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިންގ ޓެކްސް 10 އިންސައްތަ އިން ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި

23 އޯގަސްޓު 2026
ރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކުން އެކަނި ޓެކްސް ނަގާގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން މަޖިލީހުން ފާސްކޮށްފި
23 އޯގަސްޓު 2026

މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން

23 އޯގަސްޓު 2026
މިއަދަކީ ސަރުކާރުން ރައްޔިތުންގެ ނިންމުންތަކަށް ގޮންޖަހާ، އެ މީހުންގެ ބާރު ދައްކާލުމުގެ ކުޅަދާނަކަމާއި ކެރުންތެރިކަން ދައްކާލާ ތާރީޚީ ދުވަސް: މެންބަރު އަމީން
19 އޯގަސްޓު 2026

ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!

19 އޯގަސްޓު 2026
ދިގުރަށު އަލިފާނުގެ ހާދިސާ: މަރުވި ބިދޭސީންނަކީ ނުގަވާއިދުން އުޅެމުން ދިޔަ މީހުންނާއި ޕާމިޓް ހަމަވެފައިވާ މީހުން، އެކަކަކީ ގެއްލިގެން ހޯދާ މީހެއް!
18 އޯގަސްޓު 2026

ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި

18 އޯގަސްޓު 2026
ކައުންސިލްތަކުގެ ބިންތައް އަތުލެވޭ ބިލާއި ސަރުކާރުގެ މަސްލަހަތު ހިމެނޭ ބައެއް ބިލުތައް ނުނިމޭތީ އަނެއްކާ ވެސް ދައުރު ދަންމާލައިފި
18 އޯގަސްޓު 2026

ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް

18 އޯގަސްޓު 2026
ސިޔާސީ މަޤާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިނިސްޓަރު ޒަރީރު ވިދާޅެއް ނުވި، ވިދާޅުވީ ސިޔާސަތުގެ ބޭރުން އެއްވެސް މުވައްޒަފަކު ނުނަގާ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް