Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2 އޯގަސްޓު 2026 | އާދީއްތަ 08:11

އެމެރިކާގެ ރައީސް ޓްރަމްޕް އަކީ ކަންކަމުގައި ސީދާ ފިޔަވަޅު އަޅުއްވާ ބޭފުޅަކަށް ވުމުން، އީރާން އަށް މިހާރު ކުރިމަތިލާން ޖެހިފައި ވަނީ މުޅިން ތަފާތު ރައީސްއަކާ ކަމަށް ރޫބިއޯ ފާހަގަ ކުރެއްވި. އެއާ އެކު ރޫބިއޯ ވިދާޅުވީ، އީރާންގައި އޮތް ވެރިކަން ބަދަލުވާން ޖެހޭ ކަމަށް. މިވަގުތު އީރާންގެ ވެރިކަން ބަދަލު ނުވެ އޮތް ނަމަވެސް، އީރާންގައި އޮތީ ކޮންމެހެން ވެސް ބަދަލުވާން ޖެހޭ ވެރިކަމެއް ކަމަށް ރޫބިއޯ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އޯގަސްޓު 2026 | އާދީއްތަ 08:11
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް

އީރާންގެ ސަރުކާރުން މީގެ ކުރިން ދުވަހަކު ވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ އަމަލީ ގޮތުން ފިޔަވަޅު އަޅުއްވާ ރައީސްއަކާ ކުރިމަތިލާން ޖެހިފައި ނުވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެއްޖެ އެވެ. 

ހޮނހިރު ދުވަހު ފޮކްސް ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ރޫބިއޯ ވިދާޅުވީ، އީރާންގެ ސަރުކާރުން ވޭތުވެދިޔަ 20 އަހަރު ނުވަތަ 30 އަހަރު ތެރޭގައި އުޅެމުން އައީ އެމެރިކާގެ އިތުރުން މުޅި ދުނިޔެ އަށް ވެސް އޮޅުވާލައި، އެއްބަސްވުންތަކާ ޚިފާލަށް ކަމަށެވެ. އީރާން އިން އުޅެމުން އައީ މަކަރު ހެދުމުގެ އުސޫލެއްގެ ތެރެއިން ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފައި އެވެ. 

ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް އަކީ ކަންކަމުގައި ސީދާ ފިޔަވަޅު އަޅުއްވާ ބޭފުޅަކަށް ވުމުން، އީރާން އަށް މިހާރު ކުރިމަތިލާން ޖެހިފައި ވަނީ މުޅިން ތަފާތު ރައީސްއަކާ ކަމަށް ރޫބިއޯ ފާހަގަ ކުރެއްވި އެވެ. އެއާ އެކު ރޫބިއޯ ވިދާޅުވީ، އީރާންގައި އޮތް ވެރިކަން ބަދަލުވާން ޖެހޭ ކަމަށެވެ. މިވަގުތު އީރާންގެ ވެރިކަން ބަދަލު ނުވެ އޮތް ނަމަވެސް، އީރާންގައި އޮތީ ކޮންމެހެން ވެސް ބަދަލުވާން ޖެހޭ ވެރިކަމެއް ކަމަށް ރޫބިއޯ ވިދާޅުވި އެވެ. 

ރޫބިއޯ މިހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ އިތުރުން އިސްރާއީލް އިން ވެސް ބޭނުން ވަނީ އީރާންގެ ވެރިކަން ބަދަލު ކުރުމަށެވެ. އަދި އެމެރިކާ އާއި އިސްރާއީލް އިން ބުނާ ގޮތެއް ހަދައި، އެ ދެ ޤައުމުން ބޭނުންވާ ގޮތަކަށް ކަންކަން ކުރާނެ ވެރިކަމެއް އީރާންގައި އޮންނަން އެ ދެ ޤައުމުން ބޭނުންވެ އެވެ. ނަމަވެސް، އީރާންގެ ރައްޔިތުންގެ ސާބިތުކަމާއި، އެއްބައިވަންތަކަމުގެ ސަބަބުން އެމެރިކާ އާއި އިސްރާއީލްގެ މަސައްކަތް ކާމިޔާބެއް ނުވެ އެވެ. 

އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެ، ފޮކްސް ނިއުސް އަށް ރޫބިއޯ ދެއްވި އިންޓަވިޔު

މީގެ އިތުރުން އެ އިންޓަވިޔުގައި ރޫބިއޯ ވަނީ އެހެން ޤައުމުތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދެ ޤައުމުގެ ދެ މެދުގައި އަލުން މަޝްވަރާތައް ފެށުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އަދި މި ހަނގުރާމަ އަކީ ކޮންމެހެން ވެސް ނިމުމަކަށް ގެންނަން ޖެހޭ ހަނގުރާމައެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް ރޫބިއޯ ވިދާޅުވީ، ދެ ޤައުމުން ވެސް ދޫ ނުދޭނެ ވަކި ކަންތައްތަކެއް، ނުވަތަ ރަތް ރޮނގުތަކެއް ހުރިކަން ޤަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކަންތައްތަކުގައި އެއްބަސްވުމަކަށް ނާދެވެނީސް ހަނގުރާމަ ހުއްޓާލުމާ ހަމައަށް ދިޔުމަކީ ދަތި ކަމެއް ކަމަށް ރޫބިއޯ ވަނީ ވިދާޅުވެފައި އެވެ. 

އެމެރިކާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ، އިޤްތިޞާދީ ގޮތުން ނުވަތަ އަސްކަރީ ގޮތުން ވިޔަސް، ދެ ޤައުމުގެ ދެ މެދުގައި ކުރިމަތިލުމެއް ހިނގައިފި ނަމަ، އެއީ ދެ ޤައުމުގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ކުރިމަތި ވާނެ ވަރަށް ބޮޑު ކާރިސާ އަކަށް ވާނެ ކަމަށެވެ. އެހެންކަމުން، އެފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ރޫބިއޯ ވިދާޅުވީ، ޗައިނާ އާއެކު އޮންްނަ ގުޅުން މެނޭޖުކުރަން ޖެހޭއިރު، އެމެރިކާގެ ޤައުމީ މަސްލަހަތުތައް ދޫކޮށްލެވެން ނެތް ކަމަށެވެ. އެމެރިކާގެ ފޮރިން ސިޔާސަތުގެ ތެރެއިން ކުރަން ޖެހޭ އެންމެ އުނދަގޫ މަސައްކަތަކީ، ޤައުމީ މަަސްލަހަތު ހިމާޔަތް ކުރުމާ އެކު، ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުން ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފައި އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާމާކޯ ރޫބިއޯ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ

02 އޯގަސްޓު 2026
އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ
02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
01 އޯގަސްޓު 2026

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

01 އޯގަސްޓު 2026
މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި
01 އޯގަސްޓު 2026

އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި

01 އޯގަސްޓު 2026
އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި
31 ޖުލައި 2026

ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު

31 ޖުލައި 2026
ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު
31 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

31 ޖުލައި 2026
އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި
31 ޖުލައި 2026

އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި

31 ޖުލައި 2026
އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި
30 ޖުލައި 2026

އީރާނު ހަނގުރާމައިގެ މަގްސަދާ ބެހޭ ގޮތުން ސަރުކާރުގެ އިސްވެރިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން މުޚާތަބު ކުރައްވައި އަޑުގަދަކުރައްވައިފި

އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

30 ޖުލައި 2026
އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި
30 ޖުލައި 2026

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

30 ޖުލައި 2026
އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް