Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރްމުޒް ކަަނޑުއޮޅީގެ މަޝްވަރާތަކަށް އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް ވަޑައިގަންނަވަނީ

24 އޯގަސްޓު 2026 | ހޯމަ 06:48

މި ދަތުރުފުޅާ ގުޅޭ ގޮތުން އީރާންގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮމާންގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2026 | ހޯމަ 06:48
އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލްބުސައިދީ

އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލްބުސައިދީ | ރޮއިޓާސް

އޮމާންގެ ފޮރިން މިނިސްޓަރު ބަދުރު އަލްބުސައިދީ އީރާން އަށް ވަޑައިގެން، އެ ޤައުމުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އީރާންގެ ފޮރިން މިނިސްޓްރީ އިންނެވެ. އެ މިނިސްޓްރީ އިން ބުނެފައި ވަނީ، އޮމާންގެ ފޮރިން މިނިސްޓަރު އަންގާރަ ދުވަހު އެ ޤައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. 

މި ދަތުރުފުޅާ ގުޅޭ ގޮތުން އީރާންގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮމާންގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީއާ ބައްދަލު ކުރައްވައި، ދެ ޤައުމުގެ ގުޅުމާއި ސަރަހައްދީ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ މަޝްވަރާތަކުގެ ތެރެއިން ކުރިއަށްދާ ދަތުރުފުޅެއް ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި އީރާން އާއި އޮމާން އަކީ ބޮޑު މަސްއޫލިއްޔަތެއް އުފުލާ ދެ ޤައުމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ބަޣާއީ އިތުރަށް ވިދާޅުވި ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަޤުސަދަކީ އީރާން އާއި އޮމާންއާ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމެވެ. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގެ އައްސޭރި ފަށުގެ ޤައުމުތަކުގެ ހައިސިއްޔަތުން، ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި މެދުކެނޑުމެއް ނެތި ކުރިއަށްދާ ސިޔާސީ މަޝްވަރާތައް މި ދަތުރުފުޅުގެ ސަބަބުން އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ވެސް ބަޣާއީ ވިދާޅުވި އެވެ.

އޮމާންގެ ފޮރިން މިނިސްޓަރު އީރާން އަށް މި ވަޑައިގަންނަވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަމާ ގުޅޭ ގޮތުން މި ދަތުރުފުޅުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.

އޮމާން އަކީ އާންމު ގޮތެއްގައި އީރާން އާއި ހުޅަނގުގެ ޤައުމުތަކާ ދެމެދު އުފެދޭ މައްސަލަތައް ހައްލު ކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޤައުމެކެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އޮމާންހުރްމުޒް ކަނޑުއޮޅިބަދުރު އަލް ބުސައިދީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން
23 އޯގަސްޓު 2026

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

23 އޯގަސްޓު 2026
އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން
23 އޯގަސްޓު 2026

ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ

23 އޯގަސްޓު 2026
ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ
23 އޯގަސްޓު 2026

ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮން ބައްދަލު ކުރައްވަނީ، މުހިންމު ކަަމަކަށް އޮތީ މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތު

23 އޯގަސްޓު 2026
ސައުދީގެ ވަލީއަހުދު މުހައްމަދާއި ފްރާންސްގެ ރައީސް މެކްރޮން ބައްދަލު ކުރައްވަނީ، މުހިންމު ކަަމަކަށް އޮތީ މެދުއިރުމަތީގެ މަސްރަހާއި ހުރްމުޒް ކަނޑުއޮޅީގެ ހާލަތު
22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
22 އޯގަސްޓު 2026

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

22 އޯގަސްޓު 2026
ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް
22 އޯގަސްޓު 2026

އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން

22 އޯގަސްޓު 2026
އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން
22 އޯގަސްޓު 2026

އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް

22 އޯގަސްޓު 2026
އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް