އީރާން އަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް އެމެރިކާ އިން އުންމީދުކުރި: ޕެޒެޝްކިއާން
23 އޯގަސްޓު 2026 | އާދީއްތަ 09:57ޒެޝްކިއާން ވިދާޅުވީ، އެ ޤައުމުގެ ހިންގުމާއި، އެއްބައިވަންތަކަން އަދި އެކުވެރިކަމުން މުޅި ދުނިޔެ ހައިރާާން ކޮށްލި ޤައުމަކަށް އީރާން ވެފައިވާ ކަމަށް. އަދި އީރާން އިން ދެއްކި ހިތްވަރާއި ދެމެހެއްޓެނިވި ޤާބިލުކަން ދުނިޔެ އަށް ފެނިގެން ގޮސްފައިވާ ކަމަށް ވެސް ޕެޒެޝްކިއާން ވަނީ ވިދާޅުވެފައި


އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން | ގެޓީ އިމޭޖަސް
އެމެރިކާގެ ހަނގުރާމައާ ކުރިމަތިލައިގެން އީރާން އަކީ ވެނެޒުއެލާ އަށް ވާނެ ކަަމަށް، އެމެރިކާ އިން އުންމީދު ކުރި ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.
އާދީއްތަ ދުވަހު ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ޕެޒެޝްކިއާން ވިދާޅުވީ، ހަނގުރާމައިގައި އީރާން ވެއްޓިއްޖެ ނަމަ އެ ޤައުމަކީ ވެނެޒުއެލާ ފަދަ ޤައުމަކަށް ވާނެ ކަމަށް ދުޝްމަނުން ލަފާ ކުރި ކަމަށެވެ. ނަމަވެސް، އެހެން ކަންތައްވުމުގެ ބަދަލުގައި އީރާން އިން މުޅި ދުނިޔެ ހައިރާން ކޮށްލާފައިވާ ކަމަށް ޕެޒެޝްކިއާން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ޕެޒެޝްކިއާން ވިދާޅުވީ، އެ ޤައުމުގެ ހިންގުމާއި، އެއްބައިވަންތަކަން އަދި އެކުވެރިކަމުން މުޅި ދުނިޔެ ހައިރާާން ކޮށްލި ޤައުމަކަށް އީރާން ވެފައިވާ ކަމަށެވެ. އަދި އީރާން އިން ދެއްކި ހިތްވަރާއި ދެމެހެއްޓެނިވި ޤާބިލުކަން ދުނިޔެ އަށް ފެނިގެން ގޮސްފައިވާ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާންގެ ދުޝްމަނުން ބޭނުން ވަނީ މައްސަލަތަކުގެ ސަބަބުން އީރާންގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކަމަށެވެ. ނަމަވެސް، އީރާންގެ ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ކުރިމަތިލުންތައް ހިންގުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށާއި އެފަދަ ކަމެއް ދިމާވާނެ އެއްވެސް ޖާާގައެއް ނުދެއްވާނެ ކަމަށެވެ.
އެމެރިކާ އާއި އިސްރާއީލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ހަނގުރާމައިގައި އީރާންގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި، އީރާންގެ ސަރުކާރާ މެދުގައި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމަށް އެމެރިކާ އާއި އިސްރާއީލް އިން މަސައްކަތް ކުރި ނަމަވެސް، އީރާންގެ ރައްޔިތުން އެފަދަ ފުރުސަތެއް ދީފައި ނުވެ އެވެ.
މަސްދަރު: އަލް ޖަޒީރާ










