Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުވަހަކުވެސް އަމާން ނުދޭނަން، ރައްޔިތުންނާއި އީރާނަށްޓަކައި ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން: އީރާންގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ

23 އޯގަސްޓު 2026 | އާދީއްތަ 05:10

އެމެރިކާއިން ވެފައިވާ އިގްރާރުތަކަށް އިހުތިރާމްކޮށް، އީރާނާ ދެކޮޅަށް ފަށާފައިވާ އިގްތިސާދީ ހަނގުރާމަ ހުއްޓާލަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަލާމަތީ މަޖިލީހުން ދީފި. އީރާނުގެ ދިފާއީ އަދި ޚާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ހާމަކުރައްވަމުން، އެމެރިކާގެ ފިއްތުންތަކަށް ދޫނުދޭނެ ކަމަށާއި ދުޝްމަނުންގެ އަމަލުތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އެ ގައުމުން ބުނޭ

ރާއްޖެ އެމްވީ | 23 އޯގަސްޓު 2026 | އާދީއްތަ 05:10
އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ، މުޙުސިން ރިޒާއީ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ، މުޙުސިން ރިޒާއީ | ގެޓީ އިމޭޖަސް

އިގްތިސާދީ ފިއްތުންތައް ނައްތާލާނެ ކަމަށާއި، އެމެރިކާއިން ވެފައިވާ އަހުދުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ ވިދާޅުވީ، އެމެރިކާއިން އެ ގައުމާ ދެކޮޅަށް ފަށާފައިވާ "އިގްތިސާދީ ހަނގުރާމައިގައި" ބައިވެރިވާ ގައުމުތަކަށް ރައްދުދީ، އެމެރިކާގެ އިގްތިސާދީ ފިއްތުންތައް އިސްލާމީ ޖުމްހޫރިއްޔާއިން ނައްތާލާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އިގްތިސާދީ ހަނގުރާމަ ނައްތާލާނަން. އެމެރިކާ މިހާރު އޮތީ ގޮތް ހުސްވެ، އަރާނެ ގޮޅިއެއް ނެތި މަޖުބޫރުވެފައި. އެމީހުން ޖެހޭނީ ވެފައިވާ އިގްރާރުތަކަށް އިހުތިރާމް ކުރަން، ނޫންނަމަ އެ ހާލަތުން ސަލާމަތްވާން ކުރާ މަސައްކަތުގެ ސަބަބުން މަސްރަހު އިތުރަށް ގޯސްވާނެ،" ހޮނިހިރު ދުވަހު ދެއްވި ޓީވީ އިންޓަވިއުއެއްގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހްސިން ރިޒާއީ ވިދާޅުވި އެވެ.

އީރާނުގެ ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ ވިދާޅުވީ، އެމެރިކާއިން އެ ގައުމާ ދެކޮޅަށް ފަށާފައިވާ "އިގްތިސާދީ ހަނގުރާމައިގައި" ބައިވެރިވާ ގައުމުތަކަށް ރައްދުދީ، އެމެރިކާގެ އިގްތިސާދީ ފިއްތުންތައް އިސްލާމީ ޖުމްހޫރިއްޔާއިން ނައްތާލާނެ ކަމަށެވެ.

އެމެރިކާއިން ފުރިހަމަކުރަންޖެހޭ ކަންކަމުގެ ތެރޭގައި، އީރާނާ ދެކޮޅަށް ހިންގާ ހުރިހާ އުދުވާނުތަކެއް ހުއްޓާލުމާއި، އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅުން ހުއްޓާލުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އަވަށްޓެރި ހުރިހާ ގައުމުތަކަށް ބުނަން އޮތީ އީރާނާ ދެކޮޅަށް ކުރާ އިގްތިސާދީ ހަނގުރާމައިގައި ބައިވެރިނުވުމަށް. އެކަން ކުރާ ކޮންމެ ބަޔަކީ ދުޝްމަން ގައުމެއްގެ ގޮތުގައި ބަލާނަން،" ރިޒާއީ ވިދާޅުވި އެވެ. އަދި ފުރަތަމަ އެ ގައުމުތަކާ ވާހަކަދައްކައި އެކަން ނުކުރުމަށް އެދޭނެ ކަމަށާއި، ނަމަވެސް އެކަން ކުރިއަށްގެންދާނަމަ އެ ގައުމަކަށް ހަމަލާދޭނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

އީރާނުގެ މި އިސް އޮފިޝަލް ވިދާޅުވި ގޮތުގައި، އެމެރިކާއިން މިފަދަ ފިޔަވަޅުތައް އަޅަމުންދާނަމަ، މުޅި ޕާޝިއަން ގަލްފް (ފާރިސް ކަނޑުއޮޅި) މެދުވެރިކޮށް ތެޔޮ އުފުލުން ހުއްޓުވުމުގެ ގާބިލުކަން އީރާނަށް ލިބިގެންވެ އެވެ.

"އެމީހުން އެފަދަ ފިޔަވަޅެއް އަޅަން ފަށައިފިނަމަ، ޕާޝިއަން ގަލްފްގެ ތެރެއިން އެންމެ ތެޔޮ ތިއްކެއްވެސް ދިޔަ ނުދޭނަން. ހުރްމުޒް ކަނޑުއޮޅިން ވިޔަސް އަދި ޕާޝިއަން ގަލްފްގެ ތެރެއިން ވިޔަސް ތެލެއް ބޭރެއް ނުކުރެވޭނެ. މިވަގުތަށް އަޅުގަނޑުމެން ބަންދުކޮށްފައިވަނީ ހުރްމުޒް ކަނޑުއޮޅި، ޕާޝިއަން ގަލްފްގައި ހުރި ތެލަކަށް އަދި އަމާޒެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރިޒާއީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަކީ މިވަގުތު ވިސްނުމުގައި އޮތް ކަމެއް ނޫން ކަމަށާއި، އެމެރިކާއިން ފުރަތަމަ ޖެހޭނީ އެ ގައުމުން ވެފައިވާ އިގްރާރުތަކާ އެއްގޮތަށް އަމަލުކުރަން ކަމަށެވެ.

'ހުރްމުޒް ކަނޑުއޮޅިއަކީ އީރާނުގެ ވަކިނުކުރެވޭނެ ބައެއް'

އީރާނާއި އޮމާނާ ދެމެދު ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ވިޔަފާރި ރޫޓެއް ގާއިމުކުރުމަށް އެއްބަސްވެފައިވާ ކަމަށާއި، ނަމަވެސް މިކަމާ ގުޅޭ ގުޅިފައިވާ ބަޔާނެއް އަދި ތައްޔާރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ވިޔަފާރި މަގަކީ އީރާނާއި އޮމާން ހިއްސާވާ ރޫޓެއް،" އޭނާ ވިދާޅުވި އެވެ. ނަމަވެސް މިވަގުތަށް މި ރޫޓު އޮތީ ހަމައެކަނި "ކަރުދާހުގައި" ކަމަށާއި، ކަނޑުއޮޅި އަލުން ހުޅުވާލާނީ އެމެރިކާއިން ވެފައިވާ އިގްރާރުތައް ފުރިހަމަކުރުމުން ކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމާ ގުޅިފައިވާ ތަނެއް. ހުރްމުޒް ކަނޑުއޮޅިއަކީ ޕާޝިއަން ގަލްފަށް ވަދެވެން އޮތް ދޮރާށި، އަދި ޕާޝިއަން ގަލްފްގެ ތެރޭގައި އޮމާންގެ އެއްވެސް ހިއްސާއެއް ނެތް. އެހެންކަމުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އަޅުގަނޑުމެންނަށް ދޫކޮށެއް ނުލެވޭނެ،" ރިޒާއީ ވިދާޅުވި އެވެ.

'އީރާނުގެ އަސްކަރީ އަދި ޚާރިޖީ ސިޔާސަތަށް ބަދަލުތަކެއް އަތުވެއްޖެ'

އެމެރިކާ އާއި އިސްރާއީލުން އީރާނަށް އަމާޒުކޮށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން، އީރާނުން ދިން ވަރުގަދަ ރައްދާއި ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށްފަހު، އެ ގައުމުގެ ދިފާއީ އިސްތިރާޖީއަށާއި ޚާރިޖީ ސިޔާސަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ރިޒާއީ ވިދާޅުވި އެވެ.

"މިއަދުގެ އީރާނަކީ މި ހަނގުރާމައިގެ ކުރިން އޮތް އީރާނެއް ނޫން. ހަމައެހެންމެ، އަމިއްލަ ނަފްސަށް މާބޮޑަށް އިތުބާރުކޮށްގެން އުޅޭ އެމެރިކާއަކީވެސް މިހާރު ކުރީގެ އެމެރިކާއެއް ނޫން. ބައިނަލްއަގުވާމީ މައިދާނުގައި އީރާނުން އަމަލުކުރާ ގޮތަށް ބޮޑު ބަދަލެއް އަތުވެއްޖެ. މުޅި ދުނިޔެ މިހާރު އަޅުގަނޑުމެންނާ ދޭތެރޭ ދެކޭ ގޮތް ތަފާތު، އެހެންކަމުން އަޅުގަނޑުމެންގެ އަމަލުތައްވެސް މި ހާލަތާ އެއްގޮތަށް ބަދަލުކުރުން ނޫން ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ރިޒާއީ ވިދާޅުވި ގޮތުގައި، މި ހަނގުރާމައިން ލިބުނު ފިލާވަޅުތައް އީރާނުގެ ކުރިމަގުގެ އަސްކަރީ ރޭވުންތަކުގައި ބޭނުންކުރާނެ އެވެ. އަދި ޓެކްނޮލޮޖީ ކުރިއަރުވައި، އެމެރިކާއިން އިގްރާރުތަކާ ޚިލާފުވާ މިންވަރަށް ބަލައި ޚާރިޖީ ސިޔާސަތަށް ބަދަލުތައް ގެންނާނެ އެވެ.

"އިސްލާމީ އިންގިލާބުގެ ލީޑަރު (އާޔަތުﷲ އަލީ ޚާމަނާއީ) ތަޖުރިބާކާރު ކޮމާންޑަރުން އައްޔަންކުރެއްވުމަށް ނިންމެވި ނިންމެވުމުގެ މާނައަކީ، ކުރިއަށް އޮތް ހަނގުރާމައެއްގައި އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފާނެކަން،" އާޔަތުﷲ މުޖުތަބާ ޚާމަނާއީ ދާދިފަހުން އަސްކަރީ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވި ކުރުމަށް އިޝާރާތްކުރައްވައި ރިޒާއީ ވިދާޅުވި އެވެ. މީގެ ތެރޭގައި ރިޒާއީ ހިމެނިވަޑައިގަންނަވަ އެވެ.

"އީރާނުން ހަނގުރާމަ މެނޭޖްކުރާ ގޮތަށާއި ޚާރިޖީ ސިޔާސަތަށް ބަދަލުތަކެއް އަންނާނެކަން ޔަގީން. އޭގެ ސަބަބު ވަރަށް ސާފު؛ އެމެރިކާއިން ވަނީ މަޝްވަރާތަކަށް ޚިޔާނާތްތެރިވެ، އަމިއްލައަށް ކުރި ސޮޔަށް ފުރަގަސްދީފައި،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރީ ފިޔަވަޅުތައް ނާކާމިޔާބުވުމުން، މިހާރު މަސައްކަތް ކުރަނީ އިގްސާދީ ފިއްތުންތައް ކުރިމަތިކުރުވަން ކަމަށް ރިޒާއީ ސިފަކުރެއްވި އެވެ.

ނަމަވެސް، މި އިގްތިސާދީ ފިޔަވަޅުތަކަކީ ހަމައެކަނި ޕްރޮޕަގަންޑާ ކަމަށާއި، އީރާނުން މެދުކެނޑުމެއް ނެތް ގޮތުގައި ތެޔޮ އެކްސްޕޯޓް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމެރިކާގެ ކަނޑުގެ ބްލޮކޭޑް (ބަންދުކުރުން) އަށް ބަލަމާ. މިއީ އާ ކަމެއް ނޫން. ވޭތުވެދިޔަ އެއް މަސް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް އަޅުގަނޑުމެން 70 މިލިއަން ފީފާ ތެޔޮ ބޭރުކޮށްފިން،" ރިޒާއީ ވިދާޅުވި އެވެ.

މި އިންޒާރުތަކާއެކުވެސް، އީރާނުން އަދިވެސް ޑިޕްލޮމަސީ ނުވަތަ ޚާރިޖީ މަޝްވަރާތަކަށް ތައްޔާރަށް އޮތް ކަމަށާއި، ނަމަވެސް ތެހެރާނުން މަޝްވަރާތަކުގައި އަމަލުކުރާނެ ގޮތް މިހާރު ތަފާތުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޑިޕްލޮމަސީއަށް ސީރިއަސް، އެކަމަކު އަޅުގަނޑުމެންގެ އުސޫލުތައް މިހާރު ބަދަލުވެއްޖެ... އަޅުގަނޑުމެން މި އިންތިޒާރު ކުރަނީ އަނެއް ފަރާތުން އެމީހުންގެ އިގްރާރުތައް ފުރިހަމަކުރަންދެން. އަޅުގަނޑުމެން ބޭނުންވަނީ އީރާނާއި، ލުބުނާނާއި، ޣައްޒާ އަދި ޔަމަނުގައި ކުރާ ހަނގުރާމަތައް ނިމުމަކަށް އަންނަން،" ހުރިހާ ދިމާއަކުން ދޭ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް އީރާނުން ކުރާ ބާރު އެޅުމަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވި އެވެ.

އަސްކަރީ ބާރުތައް އިތުރު ނުކުރުމަށް އެމެރިކާއަށް އިންޒާރު ދިނުން

އީރާނުން ހަނގުރާމައަކަށް ބޭނުންނުވާ ކަމަށާއި، ނަމަވެސް ދުޝްމަނުންގެ އަމަލުތަކާ ދެކޮޅަށް ތެދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ހަނގުރާމައަށް ފެންބޮވައިގެންފައިވާ ބައެއް ނޫން، އެކަމަކު ދުވަހަކުވެސް އަމާން ނުދޭނަން. ރައްޔިތުންނާއި އީރާނަށްޓަކައި އަޅުގަނޑުމެންގެ ލޭގެ އެންމެ ފަހު ތިއްކާ ޖެހެންދެން ގުރުބާންވާނަން."

"އަޅުގަނޑުމެން އެމެރިކާއަށް ނަސޭހަތްތެރިވަނީ އެމީހުންގެ އަސްކަރީ ބާރުތައް އިތުރު ނުކުރުމަށް. އެކަން ކޮށްފިނަމަ އަޅުގަނޑުމެން ހަމަލާދޭނަން. އިންގިލާބާ ދެކޮޅު ފަރާތްތަކާއެކު ބާއްވާ ކޮންމެ ބައްދަލުވުމަކަށް އަޅުގަނޑުމެން ހަމަލާދޭނަން. އަޅުގަނޑުމެންގެ ހަމަލާތައް މިހާރު ހުންނާނީ ސީދާ އަމާޒަށް،" ރިޒާއީ ވިދާޅުވި އެވެ.

އީރާންހުރްމުޒް ކަނޑުއޮޅި މުހްސިން ރިޒާއީއީރާން ހަނގުރާމަ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟

22 އޯގަސްޓު 2026
އެމެރިކާއާއެކު ކުރި ހަނގުރާމައިން އީރާނުގެ ހަތިޔާރުގެ ގާބިލުކަމާ ބެހޭގޮތުން ހާމަވީ ކޮން ކަމެއް؟
22 އޯގަސްޓު 2026

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

22 އޯގަސްޓު 2026
ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި އަކީ އެމެރިކާގެ އަމިއްލަ މިލްކުގައިވާ ސަރަހައްދެއް: ޓްރަމްޕް
22 އޯގަސްޓު 2026

އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން

22 އޯގަސްޓު 2026
އެމެރިކާގެ ފިޔަވަޅުތަކަކީ، ހުރިހާ ޤައުމަކާ ދެކޮޅަށް ކުރާ ހަނގުރާމައެއް: އީރާން
22 އޯގަސްޓު 2026

އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް

22 އޯގަސްޓު 2026
އީރާންގައި ވެރިކަން ކުރަން ބޭނުންވާ މީހަކު ނެތް، ރައީސް އަކީ ކާކު ކަމެއް ވެސް ނޭނގޭ: ޓްރަމްޕް
22 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ

22 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ
22 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި

22 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި
21 އޯގަސްޓު 2026

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

21 އޯގަސްޓު 2026
އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް
21 އޯގަސްޓު 2026

ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު

21 އޯގަސްޓު 2026
ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު
21 އޯގަސްޓު 2026

އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'

21 އޯގަސްޓު 2026
އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް