Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހުރްމުޒް ކަނޑުއޮޅިން ދުވާލަކު 8 މިލިއަން ތެޔޮ ފީފާ ބޭރުކުރޭ

22 އޯގަސްޓު 2026 | ހޮނިހިރު 05:42

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކްރިސް ރައިޓް ވިދާޅުވީ، ކަނޑުއޮޅިން ބޭރުކުރި ތެލާއި، ހޮޅިތައް މެދުވެރިކޮށް ބޭރުކުރި ތެޔޮ އެއްކޮށްލުމުން، އެ ސަރަހައްދުން ބޭރުކުރި ތެލުގެ ޖުމްލަ އަދަދު 20 މިލިއަން ފީފާއާ ގާތްކުރާ ކަމަށް. މީގެ އިތުރުން، ފާއިތުވި ހަތް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކަނޑުއޮޅިން ދުވާލަކު އެވްރެޖުކޮށް 8 މިލިއަނަށް ވުރެ ގިނަ ފީފާ ތެޔޮ ބޭރު ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2026 | ހޮނިހިރު 05:42
އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް

އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅިން ތެޔޮ ބޭރު ކުރުމަށް އެމެރިކާގެ އަސްކަރިއްޔާ އިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، މިދިޔަ އަންގާރަ ދުވަހު އެކަނި ވެސް 15 މިލިއަނަށް ވުރެ ގިނަ ތެޔޮ ފީފާ އެ ސަރަހައްދުން ބޭރުކޮށްފައިވާ ކަމަށް އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކްރިސް ރައިޓް ވިދާޅުވީ، ކަނޑުއޮޅިން ބޭރުކުރި ތެލާއި ހޮޅިތައް މެދުވެރިކޮށް ބޭރުކުރި ތެޔޮ އެއްކޮށްލުމުން، އެ ސަރަހައްދުން ބޭރުކުރި ތެލުގެ ޖުމްލަ އަދަދު 20 މިލިއަން ފީފާއާ ގާތްކުރާ ކަމަށެވެ. މީގެ އިތުރުން، ފާއިތުވި ހަތް ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ކަނޑުއޮޅިން ދުވާލަކު އެވްރެޖުކޮށް އަށް މިލިއަނަށް ވުރެ ގިނަ ފީފާ ތެޔޮ ބޭރު ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެމެރިކާގެ އެނާޖީ ސެކްރެޓަރީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ދަނީ އެމެރިކާގެ ނޭވީގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި މިކަމުގައި އެއްވެސް އޮޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރިސް ރައިޓް މިހެން ވިދާޅުވެފައި މިވަނީ، ދުނިޔޭގެ އިޤްތިސާދަށް މުހިންމު މި ކަނޑުއޮޅިން މުދާ އުފުލުމަށް އީރާން އިން ހުރަަސް އަޅަމުން އަންނަ ވަގުތެއްގައި އެވެ. މިއަހަރުގެ ފެބްރުވަރީ މަހު އެމެރިކާ އާއި އިސްރާއީލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އީރާން އިން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރުމަށް ހުރަސް އަޅައިފަ އެވެ. 

އެހެން ނަމަވެސް، ރައިޓް ފާހަގަކުރެއްވި ގޮތުގައި ދުވާލަކު 8 މިލިއަން ފީފާގެ އެވްރެޖު އަދަދަކީ، މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެ ކުރިން އެ ސަރަހައްދުން ދުވާލަކު ބޭރު ކުރަމުންދިޔަ ތެލުގެ އެވްރެޖު އަދަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު އަދަދެކެވެ. އެމެރިކާ އިން އަންނަނީ ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެ ޤައުމުގެ އަތުގައި ކަމަށް ބުނަމުންނެވެ. ނަމަވެސް، އީރާން އިން އަންނަނީ އެކަން ދޮގު ކުރުމާާ އެކު، އެ ޤައުމުގެ ހުއްދަ ނެތި ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުތަކަށް ހުރަސް އަޅަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިކްރިސް ރައިޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި

22 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި
21 އޯގަސްޓު 2026

އެމެރިކާ އިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ދެކޮޅު ހަދައިފި

21 އޯގަސްޓު 2026
އެމެރިކާ އިން އީރާނަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޗައިނާ އިން ދެކޮޅު ހަދައިފި
21 އޯގަސްޓު 2026

ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު

21 އޯގަސްޓު 2026
ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު
21 އޯގަސްޓު 2026

އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'

21 އޯގަސްޓު 2026
އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'
21 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ލިންކަން މަނަވަރުގެ ބަދަލުގައި ޖޯޖް ވޮޝިންގޓަން މެދުއިރުމައްޗަށް

21 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ލިންކަން މަނަވަރުގެ ބަދަލުގައި ޖޯޖް ވޮޝިންގޓަން މެދުއިރުމައްޗަށް
20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
20 އޯގަސްޓު 2026

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

20 އޯގަސްޓު 2026
ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ
20 އޯގަސްޓު 2026

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ރޭވުމެއް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ؟

20 އޯގަސްޓު 2026
އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ރޭވުމެއް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ؟
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
20 އޯގަސްޓު 2026

ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ

20 އޯގަސްޓު 2026
ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް