Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްގެ 400 މިލިއަން ޑޮލަރުގެ ބޯލް ރޫމްގެ މަސައްކަތް ހުއްޓާލުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވަނިކޮށް، އެކަން ކުރިއަށް ގެންދިޔުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފި

23 އޯގަސްޓު 2026 | އާދީއްތަ 05:35

އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް ހުކުރު ދުވަހު ސޮއި ކުރެއްވި ވަގުތީ އަމުރުގައިވާ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ކުއްލި އިސްތިއުނާފު މައްސަލަ ކޯޓުން ބަލައި ނިމެންދެން މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ. އެމެރިކާާގެ ވެރި ރަށް ވޮޝިންޓަން ޑީސީ ސަރަހައްދުގެ އިސްތިއުނާފީ މައްސަލަތައް ބެއްލެވުމުގެ ޒިންމާ އުއްތަމަ ފަނޑިޔާރު ރޮބަޓްސް އަށް އޮންނާތީ، މި އަމުރު ނެރުއްވީ ސީދާ އެމަނިކުފާނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޯގަސްޓު 2026 | އާދީއްތަ 05:35
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެ ޤައުމުގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ކުރިއަށް ގެންދަވާ 400 މިލިއަން ޑޮލަރުގެ ބޯލް ރޫމް މަޝްރޫއު، ވަގުތީ ގޮތުން ކުރިއަށް ގެންދިޔުމުގެ ހުއްދަ އެ ޤައުމުގެ ސުޕްރީމް ކޯޓުން ދީފި އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން މި ހުއްދަ ދީފައިވަނީ އެ މަޝްރޫއު ހުއްޓާލުމަށް ދަށު ކޯޓަކުން ނެރުނު އަމުރު ތަންފީޒު ކުރުން ފަސްކުރުމަށްފަހު އެވެ.

ޓްރަމްޕް ބޭނުންފުޅު ވެގެން ވައިޓް ހައުސްގައި ތަރައްޤީ ކުރަން ފެށި 400 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރުކޮށްފި
Raajje.mv

ޓްރަމްޕް ބޭނުންފުޅު ވެގެން ވައިޓް ހައުސްގައި ތަރައްޤީ ކުރަން ފެށި 400 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރުކޮށްފި

އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސް ހުކުރު ދުވަހު ސޮއިކުރެއްވި ވަގުތީ އަމުރުގައިވާ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ކުއްލި އިސްތިއުނާފު މައްސަލަ ކޯޓުން ބަލައި ނިމެންދެން މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ އެވެ. އެމެރިކާާގެ ވެރި ރަށް ވޮޝިންޓަން ޑީސީ ސަރަހައްދުގެ އިސްތިއުނާފީ މައްސަލަތައް ބެއްލެވުމުގެ ޒިންމާ އުއްތަމަ ފަނޑިޔާރު ރޮބަޓްސް އަށް އޮންނާތީ، މި އަމުރު ނެރުއްވީ ސީދާ އެމަނިކުފާނެވެ.

މީގެ ކުރިން ދަށު ކޯޓުތަކުން ނިންމާފައިވަނީ 400 މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫއު ކުރިއަށް ގެންދެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި އެ މަސައްކަތް ހުއްޓާލުމަށް ނެރުނު އަމުރަށް އަމަލު ކުރަން ފަށަން އޮތީ މިދިޔަ ހުކުރު ދުވަހު އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ މި ނިންމުމާ އެކު އެ އަމުރު ތަންފީޒު ކުރުން މިވަނީ މަޑުޖެހިފައި އެވެ.

ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް
Raajje.mv

ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް

މި މައްސަލަ އެމެރިކާގެ އެންމެ މަތީ ކޯޓަށް މި ދިޔައީ، ޓްރަމްޕް ރިޔާސީ ބާރުތައް ފުޅާކުރައްވައި، ވެރިރަށް ވޮޝިންޓަންގެ ސިފަ އޭނާ ބޭނުންފުޅުވާ ގޮތަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި އެވެ. ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ކުއްލި މައްސަލަތަކުގައި ސުޕްރީމް ކޯޓުން މީގެ ކުރިން ވެސް ސަރުކާރާ އެއްކޮޅަށް ބައެއް ނިންމުންތައް ނިންމާފައިވެ އެވެ. ނަމަވެސް، ބައެއް މުހިންމު ސިޔާސަތުތައް ފުރިހަމަ އަށް މުރާޖައާ ކުރުމަށް ފަހު، ކޯޓުން ރައީސްއާ ދެކޮޅަށް ވެސް މީގެ ކުރިން ހުކުމް ކޮށްފައިވެ އެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންނަކީ ކޮންޒަވޭޓިވް ނުވަތަ ކަނާއަތު ފިޔައިގެ ރައީސުން އައްޔަން ކުރައްވާފައިވާ ބޭފުޅުންނެވެ. އަދި އަނެއް ތިން ފަނޑިޔާރުންނަކީ ލިބަރަލް ނުވަތަ ވާއަތު ފިޔައިގެ ލީޑަރުން އައްޔަން ކުރައްވާފައިވާ ބޭފުޅުންނެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރައްވައި، ކޯޓަށް ޝުކުރު އަދާ ކުރައްވާފައި އެވެ. ޓްރަމްޕް ވިދާޅުވީ މި ބޯލް ރޫމް ވެގެންދާނީ ދުނިޔޭގައި ވެސް ހުރި އެފަދަ އެންމެ ފުރިހަމަ ތަނަށް ކަމަށެވެ.

މީގެއިތުރުން، މިއީ ފާއިތުވި 150 އަހަރު ތެރޭގައި އެމެރިކާގެ ރައީސުން ބޭނުންފުޅުވި ކަމެއް ކަމަށާއި، އަދި އަސްކަރިއްޔާ އިން ވެސް ފާއިތުވި 100 އަހަރު ތެރޭގައި މިފަދަ ތަނަކަށް އެދެމުން ދިޔަ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެ އެންމެންގެ ހުވަފެންތައް ވަރަށް އަވަހަށް ހަގީގަތަކަށް ވެގެންދާނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ބޯލްރޫމް މަޝްރޫޢުއެމެރިކާގެ ސުޕްރީމް ކޯޓުއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
16 އޯގަސްޓު 2026

ލުބުނާން ހަނގުރާމަ ނިންމުމަށް ޓްރަމްޕް އަށް ބާރުއަޅުއްވާފައިވާ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ

16 އޯގަސްޓު 2026
ލުބުނާން ހަނގުރާމަ ނިންމުމަށް ޓްރަމްޕް އަށް ބާރުއަޅުއްވާފައިވާ ކަމަށް އުރުދުޣާން ވިދާޅުވެއްޖެ
08 އޯގަސްޓު 2026

ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް

08 އޯގަސްޓު 2026
ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރު ކުރުމާއެކު ޓްރަމްޕް ރުޅި ގަދަވެއްޖެ، ވިދާޅުވީ އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް
08 އޯގަސްޓު 2026

2028 ގެ ރިޔާސީ ޓިކެޓު ނައިބު ރައީސް ވޭންސް އަށް ދެއްވުމަށް، ޓްރަމްޕް ގެންދަވަނީ ސިއްރިއްޔާތުގައި މަސައްކަތް ކުރަައްވަމުންކަން ފެންމަތިވެއްޖެ

08 އޯގަސްޓު 2026
2028 ގެ ރިޔާސީ ޓިކެޓު ނައިބު ރައީސް ވޭންސް އަށް ދެއްވުމަށް، ޓްރަމްޕް ގެންދަވަނީ ސިއްރިއްޔާތުގައި މަސައްކަތް ކުރަައްވަމުންކަން ފެންމަތިވެއްޖެ
08 އޯގަސްޓު 2026

ޓްރަމްޕް ބޭނުންފުޅު ވެގެން ވައިޓް ހައުސްގައި ތަރައްޤީ ކުރަން ފެށި 400 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރުކޮށްފި

08 އޯގަސްޓު 2026
ޓްރަމްޕް ބޭނުންފުޅު ވެގެން ވައިޓް ހައުސްގައި ތަރައްޤީ ކުރަން ފެށި 400 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ބޯލްރޫމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަމުރުކޮށްފި
06 އޯގަސްޓު 2026

ޓްރަމްޕްގެ ގޮލްފް ކޯހުން ފިސްތޯލައަކާއި ވަޒަންތަކަކާ އެކު ހައްޔަރު ކުރި މީހާ، އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވެ، ޕްރޮޓޮކޯލްގެ މައުލޫމާތު ވެސް ހޯދި!

06 އޯގަސްޓު 2026
ޓްރަމްޕްގެ ގޮލްފް ކޯހުން ފިސްތޯލައަކާއި ވަޒަންތަކަކާ އެކު ހައްޔަރު ކުރި މީހާ، އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވެ، ޕްރޮޓޮކޯލްގެ މައުލޫމާތު ވެސް ހޯދި!
30 ޖުލައި 2026

ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

30 ޖުލައި 2026
ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި
29 ޖުލައި 2026

ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް

29 ޖުލައި 2026
ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް
26 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި

26 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ހުށަހެޅި މައްސަލަ އައިއޯސީ އިން ބޭރުކޮށްލައިފި
15 ޖުލައި 2026

އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި

15 ޖުލައި 2026
އީރާނުގެ އިންޖީނު ގެތަކާއި، ފާލަންތަކަށް ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް