Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލަންކާ ފުޓްބޯޅަ

ލަންކާއިން ފުޓްބޯޅަ ކުރިއަރުވަނީ، އޭއެފްސީގެ ރައީސްގެ ތައުރީފް

ލަންކާއިން ވަނީ އެއް ބިލިއަން ރޫޕީސްގެ ބަޖެޓަކާއެކު ފުޓްބޯޅަ މުބާރާތްތައް ބާއްވަން ފަށާފައި

ރާއްޖެ އެމްވީ | 2 މެއި 2024 | ބުރާސްފަތި 06:27
ލަންކާގެ އެފްއޭ ރައީސް ޖަސްވަރު އަދި އޭއެފްސީ ރައީސް ސަލްމާން

ލަންކާގެ އެފްއޭ ރައީސް ޖަސްވަރު އަދި އޭއެފްސީ ރައީސް ސަލްމާން

އަވައްޓެރި އަދި ކްރިކެޓަށް މަރުދޭ ސްރީލަންކާގައި ފުޓްބޯޅަ ކުރިއަރުވަން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ކުރާ މަސައްކަތަށް އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހީމް ތައުރީފް އޮއްސާލައިފި އެވެ.

އޭޝިޔާގެ ފުޓްބޯޅައިގައި މައި އިދާރާގެ ރައީސް ލަންކާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ވިދާޅުވީ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ލަންކާއިން ކުރާ މަސައްކަތް ފެނުމުން ހިތަށް އުފާވެރިކަން ލިބުނު ކަމަށެވެ.

ލަންކާގެ ފުޓްބޯޅަ ރައީސް ކަމުގެ މަގާމަށް ޖަސްވަރު ވަޑައިގެންނެވި ފަހުން އޭނާ ވަނީ 2024 އިން 2027 އަށް ހާއްސަ ސްޓެރެޓެޖިކް ޕްލޭނެއް އެކުލަވާލައިފަ އެވެ. މި ޕްލޭންގެ ދަށުން ލަންކާގެ 15 ސަރަހައްދަކަށް ވަނީ 1 ބިލިއަން ލަންކާ ރުޕީސްގެ (3.34 މިލިއަން ޑޮލަރު)ގެ އިންވެސްކޮށް ޕްރޮޖެކްޓްތައް ފަށައިފަ އެވެ. މިއާއެކު ކަލަންޑަރެއް އެކުލަވާލެވި ހުރިހާ ސަރަހައްދެއްގައި ވެސް އެކި ފެންވަރުގެ ލީގުތައް ކުޅެން ފަށައި އަންހެން ފުޓްބޯޅަ ވެސް ތައާރަފްކޮށްފަ އެވެ.

އަދި ލަންކާއިން ވަނީ ފެބްރުއަރީ މަހު ފީފާ ސީރީސްގެ ނަމުގައި ތިން ގައުމަކަށް ދައުވަތު ދީގެން އެގައުމުގައި ފޯ ނޭޝަންސް މުބާރާތެއް ވެސް ބާއްވައިފަ އެވެ. މި މުބާރާތުން 2021 ވަނަ އަހަރު ރާއްޖެއަށް ދައުވަތު ދިން ނަމަވެސް މި އަހަރު ދައުވަތު ނުދިނީ ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން އެކަށީގެންވާ ވާދަވެރިކަމެއް ނުފެންނާތީ ކަމަށް ލަންކާއިން ވަނީ ބުނެފަ އެވެ.

ލަންކާ އަކީ ރާއްޖެއަށްވުރެ ފުޓްބޯޅައިގައި މިދިޔަ 20 އަހަރުތެރޭގައި ދަށް ގައުމެކެވެ. ނަމަވެސް ކުރިއަރަން އެމީހުން ކުރާ މަސައްކަތް ރަނގަޅުކަން އޭއެފްސީން ފާހަގަކުރެ އެވެ.

ސްރީލަންކާގެ ފުޓްބޯލް ފެޑްރޭޝަންގެ ރައީސް ޖަސްވާރު އުމަރުއޭއެފްސީ

އިތުރަށް ކިޔާލަން

07 ޖޫން 2025

މާޒިޔާ އިން އޭއެފްސީ ކުލަބު ލައިސަންސް ހޯދައިފި

07 ޖޫން 2025
މާޒިޔާ އިން އޭއެފްސީ ކުލަބު ލައިސަންސް ހޯދައިފި
31 އޮކްޓޯބަރު 2024

އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޤަތަރުގެ ޢަފީފް އަށް

31 އޮކްޓޯބަރު 2024
އޭޝިއާގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޤަތަރުގެ ޢަފީފް އަށް
24 އެޕްރީލު 2024

އެފްއޭއެމްގެ މައްސަލަތަކާމެދު ފީފާ އާއި އޭއެފްސީން ކުލަބުތަކާއި ސަރުކާރާ އެކު މަޝްވަރާކޮށްފި

24 އެޕްރީލު 2024
އެފްއޭއެމްގެ މައްސަލަތަކާމެދު ފީފާ އާއި އޭއެފްސީން ކުލަބުތަކާއި ސަރުކާރާ އެކު މަޝްވަރާކޮށްފި
24 އެޕްރީލު 2024

ބައްސާމަށް އިތުބާރެއްނެތް، ކުލަބުގެ ހުށަހެޅުމަކީ ނޯމަލައިޒް ކުރުން

24 އެޕްރީލު 2024
ބައްސާމަށް އިތުބާރެއްނެތް، ކުލަބުގެ ހުށަހެޅުމަކީ ނޯމަލައިޒް ކުރުން
15 ޖެނުއަރީ 2024

ޓޮމް ހުށަހެޅި އިސްތިއުނާފަށް ގޮތެއް ނިންމަން އެފްއޭއެމުން ފީފާ އަދި އޭއެފްސީ އަށް!

15 ޖެނުއަރީ 2024
ޓޮމް ހުށަހެޅި އިސްތިއުނާފަށް ގޮތެއް ނިންމަން އެފްއޭއެމުން ފީފާ އަދި އޭއެފްސީ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު