Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމްގެ އިންތިޚާބު

ޓޮމް ހުށަހެޅި އިސްތިއުނާފަށް ގޮތެއް ނިންމަން އެފްއޭއެމުން ފީފާ އަދި އޭއެފްސީ އަށް!

އެފްއޭއެމްގައި އެޕީލް ކޮމެޓީއެއް ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 15:56
އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަޙުމަދު ޠާރިޤް (ޓޮމް)

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙުމަދު ޠާރިޤް (ޓޮމް) ގެ ކެންޑިޑެންސީގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް، އިލެކްޓޯރިއަލް ކޮމެޓީން ނިންމި ނިންމުމާ ދެކޮޅަށް އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި މައްސަލައިގައި އެފްއޭއެމުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އަދި ސަރަހައްދީ ފުޓުބޯޅަ އިދާާރާ (އޭއެފްސީ)ގެ ލަފަޔަކަށް އެދިއްޖެ އެވެ.

އެކަން ހާމަކޮށް ހޯމަ ދުވަހުގެ ރޭ އެފްއޭއެމުން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ އަސާސީ ޤަވާއިދާއި، އިލެކްޓޯރަލް ކޯޑުގެ ދަށުން ލިބިދޭ އިސްތިއުނާފު ކުރުމުގެ ޙައްޤަކީ އެ އެސޯސިއޭޝަނުން ކަށަވަރު ކޮށްދެއްވާނެ ކަމެއް ކަމަށެވެ.

ނަމަވެސް، އެފްއޭއެމްގައި އިންތިޚާބީ އެޕީލްސް ކޮމެޓީއެއް ނެތްކަން ފާހަގަކޮށް، އެ އެސޯސިއޭޝަނުން ބުނީ ދިމާވެފައިވާ މައްސަލަ އަށް ހައްލު ހޯދުމަށް، އެފްއޭއެމްގެ ބެލެނިވެރި ފަރާތްކަމަށްވާ، ފީފާ އަދި އޭއެފްސީގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ފަރާތްތަކާއެކު މިހާތަނަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުން އެކަމުގައި ގޮތެއް ނިންމުމުގެ އިތުރުން، ދެން ކަންކަން ތަރުތީބު ކުރަންވީ ގޮތް ކަނޑައެޅުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް އެދިފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމެޓީން މިދިޔަ ބުދަ ދުވަހު ނިންމީ ޓޮމްގެ ކެންޑިޑެންސީގެ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. ނަމަވެސް، ޓޮމް ވަނީ އޭނާ އަށް ލިބިދޭ ޙައްގުގެ ދަށުން އެ މައްސަލަ އިސްތިއުނާފަށް ވެސް ހުށަހަޅައިފަ އެވެ. އިސްތިއުނާފު ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގަައި ގޮތެއް ނިންމަން ޖެހޭއިރު، އެ މުއްދަތު ހަމަވީ ހޯމަ ދުވަހަށެވެ.

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުން އަންނަ އެފްއޭއެމްގެ އިންތިޚާބު އެ ތާރީޚުގައި ބޭއްވޭނެކަމާމެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. މައްސަލަ ބޮޑުވެފައި ވަނިކޮށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ވަނީ އިންތިޚާބުގެ ކަންކަން މަޑު ޖައްސާލުމަށް ވެސް އަންގައިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފީފާއޭއެފްސީއަޙުމަދު ތާރިޤު (ޓޮމް)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

2026 ވޯލްޑް ކަޕް މެޗުތަކަށް ފަސް މިލިއަން ޓިކެޓު ގަންނަން މިހާތަނަށް އެދިފައިވާ ކަމަށް ފީފާ އިން ބުނެފި

13 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އެރުވުމާ އެކު، އިންފަންޓީނޯގެ ތައުރީފު

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު