Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނޮއިސް-ފްރީ އިންޑެކްސް

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

21 އޯގަސްޓު 2026 | ހުކުރު 13:34

"ގޯ2އެފްރިކާ" އިން އެކުލަވައިލި "ނޮއިސް-ފްރީ ނޭޝަންސް އިންޑެކްސް" ގައި 8.48 ގެ ސްކޯއަކާއެކު ދުނިޔޭގެ ދެވަނައަށް އެންމެ އަޑުގަދަ ގައުމަކަށް ރާއްޖެ ހޮވިފައިވަނީ މާލެ ސަރަހައްދު އިންތިހާއަށް ތޮއްޖެހިފައިވުމުގެ ސަބަބުން. މި ލިސްޓުގެ އެއްވަނައިގައި ސިންގަޕޫރު އޮތްއިރު، ގުދުރަތީ މާހައުލާއި ހިމޭންކަމަށް ބަލައި ދުނިޔޭގެ އެންމެ އަޑުމަޑު ގައުމުގެ މަގާމު ލިބިފައިވަނީ ބޫޓާނަށް

ރާއްޖެ އެމްވީ | 21 އޯގަސްޓު 2026 | ހުކުރު 13:34
މާލޭގެ މަގުމަތީގައި ސައިކަލުތަކެއް ދުއްވާފައިދަނީ

މާލޭގެ މަގުމަތީގައި ސައިކަލުތަކެއް ދުއްވާފައިދަނީ | އެލަމީ

ދުނިޔޭގެ އެކި ގައުމުތަކުގެ އަޑުފަށްގަނޑު ގެ މިންވަރު ބަލައި "ގޯ2އެފްރިކާ" އިން ކުރިއަށްގެންދިޔަ ދިރާސާއެއްގައި، ދުނިޔޭގެ އެންމެ އަޑުފަށްގަނޑު ގަދަ ގައުމުތަކުގެ ތެރޭގައި ސިންގަޕޫރާއި ދިވެހިރާއްޖެ ހިމެނިއްޖެ އެވެ.

"ނޮއިސް-ފްރީ ނޭޝަންސް އިންޑެކްސް" ގައި ބަޔާންކޮށްފައިވާ ގޮތުގައި، 100 އަކުން މާކްސް ދީގެން ތައްޔާރުކުރި "ކުއައިޓް ސްކޯ" ނުވަތަ ހިމޭންކަމުގެ މިންގަނޑުން 6.78 އާއި 18.13 އާ ދެމެދުގެ ދަށް ނަތީޖާއެއް ލިބިފައިވަނީ ދުނިޔޭގެ އެންމެ އަޑުގަދަ ފަސް ގައުމަށެވެ. މި މިންގަނޑުގައި ސްކޯ ދަށްވާ ވަރަކަށް އެއީ އަޑުގަދަ ގައުމެއްގެ ގޮތުގައި ބަލާއިރު، ސްކޯ މަތިވާ ވަރަކަށް އެއީ ހިމޭން އަދި އަމާން މާހައުލެއް އޮތް ގައުމެއްގެ ގޮތުގައި ބެލެވެ އެވެ.

Advertisement - newsAdvertisement

މި ދިރާސާގައި 6.78 ގެ ސްކޯއަކާއެކު ދުނިޔޭގެ އެންމެ އަޑުފަށްގަނޑު ގަދަ ގައުމުގެ ގޮތުގައި ސިންގަޕޫރު ލިސްޓުގެ އެއްވަނައިގައި އޮތްއިރު، 8.48 ގެ ސްކޯއަކާއެކު ދެވަނައިގައި އޮތީ ދިވެހިރާއްޖެ އެވެ.

ޓްރެވަލް އެޖެންސީއެއް ކަމަށްވާ "ގޯ2އެފްރިކާ" އިން އެކުލަވައިލި މި އިންޑެކްސްގައި ގައުމުތައް ރޭންކުކޮށްފައިވަނީ އަޑުގަދަވުމާ ގުޅުންހުރި އެކި ކަންކަމަށް ބަލައިގެންނެވެ. އޭގެ ތެރޭގައި އާބާދީގެ ތޮއްޖެހުމާއި، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާއި، އަވަށްތަކާއި ހުސްބިންތައް ހުރި މިންވަރާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ އިތުރުން، އެއްގަމު އުޅަނދުފަހަރު ގެންގުޅޭ މިންވަރާއި ޓްރެފިކްގެ ހާލަތު ހިމެނެ އެވެ.

މި އިންޑެކްސްގައި ކޮންމެ ގައުމަކަށް ވެސް 100 އަކުން ސްކޯއެއް ދީފައިވާއިރު، މަތީ ސްކޯއެއް ލިބިފައިވާ ގައުމުތަކަކީ ހިމޭން އަދި އަމާން މަންޒިލްތަކެވެ.

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ސިންގަޕޫރު މި ލިސްޓުގެ ކުރީގައި އުޅެނީ އެ ގައުމުގެ ބިމުގެ ނިސްބަތުން އަވަށްތަކާއި ހުސްބިންތައް މަދުވުމުގެ ސަބަބުންނެވެ. އެގޮތުން ސިންގަޕޫރުގެ މުޅި ބިމުގެ އެންމެ 30 އިންސައްތައަކީ ހުސްބިންތައް ކަމަށްވުމުން، ހިމޭން މާހައުލެއް ހޯދުމަކީ އެ ގައުމުގައި ދަތި ކަމެކެވެ. މީގެ އިތުރުން، އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމު ވަރަށް ބޮޑަށް ތަރައްގީވެފައިވުމާއި، އުޅަނދުފަހަރު ގިނަވުމާއި، އެއާޕޯޓްގެ ޓްރެފިކާއި ރޭލު ދަތުރުތައް ގިނަވުމަކީ ވެސް އެ ގައުމު އަޑުގަދަވުމަށް ދިމާވާ ސަބަބުތަކެވެ.

ދިވެހިރާއްޖެއަށް 8.48 ގެ ސްކޯއެއް ލިބި، ހީނުކުރާ ފަދަ ދަށް ރޭންކެއްގައި އޮތީ މައިގަނޑު ގޮތެއްގައި ވެރިރަށް މާލޭގެ އާބާދީ އިންތިހާއަށް ތޮއްޖެހިފައިވުމުގެ ސަބަބުންނެވެ. ރާއްޖޭގެ އެކަހެރި ރަށްތަކުގައި ހިމޭންކަން އޮތް ނަމަވެސް، މާލޭގެ ތޮއްޖެހުމުގެ ސަބަބުން މުޅި ރާއްޖޭގެ ރޭންކިންއަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފަ އެވެ.

އެންމެ އަޑުގަދަ ފަސް ގައުމުގެ ތެރެއިން ތިންވަނައިގައި 10.12 ގެ ސްކޯއަކާއެކު ބާބަޑޯސް އޮތްއިރު، ހަތަރުވަނައިގައި 15.45 ގެ ސްކޯއަކާއެކު އޮތީ ގަތަރެވެ. އަދި 18.13 ގެ ސްކޯއަކާއެކު ފަސްވަނައިގައި އޮތީ ލުބުނާން އެވެ.

ދުނިޔޭގެ އެންމެ ހިމޭން ގައުމުތަކުގެ ލިސްޓަށް ބަލާއިރު، މި ލިސްޓުގެ ކުރީގައި އުޅެނީ އޭޝިއާގެ ގައުމުތަކެވެ.

މިގޮތުން 89.44 ގެ މަތީ ސްކޯއަކާއެކު ދުނިޔޭގެ އެންމެ ހިމޭން ގައުމުގެ މަގާމު ހޯދާފައިވަނީ ބޫޓާނެވެ. ބޫޓާނަށް މި މަގާމު ލިބުނީ އެ ގައުމުގައި އޮތް ގުދުރަތީ މާހައުލާއި، ޖަންގަލިތަކުން ފުރިފައިވާ ފަރުބަދަތަކާއި ވާދީތައް ހިމެނޭ 39,000 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެއްގެ ސަބަބުންނެވެ.

މީގެ އިތުރުން، ބޫޓާނުން ފަތުރުވެރިންގެ އަތުން "ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފީ" އެއް ނަގައިގެން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ކޮންޓްރޯލް ކުރެ އެވެ. މީގެ ސަބަބުން ތިމާވެށި ހިމާޔަތްކުރުމަށާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް މަގުފަހިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"ބޫޓާނުގެ ބޮޑު ސަރަހައްދެއްގައި ޖަންގަލިތަކާއި، ފަރުބަދަތަކާއި، ދަނޑުބިންތަކުގެ އިތުރުން މީހުން މަދުން ދިރިއުޅޭ އުސްބިންތައް ހުރުމާއި، ގިނަ ސަރަހައްދުތަކަކީ ހިމާޔަތްކޮށްފައިވާ ތަންތަނަށް ވުމުން އެ ގައުމަށް ވަނީ ވަރަށް މަތީ ރޭންކެއް ލިބިފައި،" ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.

މި ލިސްޓުގެ ދެވަނައިގައި 86.69 ގެ ސްކޯއަކާއެކު އޮތީ ނެމީބިއާ އެވެ. އެ ގައުމުގެ ކޮންމެ އަކަ ކިލޯމީޓަރަކަށް ޖެހެނީ އެންމެ 3.83 ރައްޔިތުންނާއި 0.67 ފަތުރުވެރިން ކަމަށްވުމުން، އެއީ އާބާދީއާއި ފަތުރުވެރިން އެންމެ މަދުން ތޮއްޖެހިފައިވާ އެއް ގައުމެވެ. އަދި ދުނިޔޭގެ އެންމެ ދުވަސްވީ އެއް ސަހަރާ ކަމަށްވާ ނެމީބް ސަހަރާ އޮންނަނީ ވެސް އެ ގައުމުގަ އެވެ.

"ނޮއިސް-ފްރީ ނޭޝަންސް އިންޑެކްސް" ދައްކާގޮތުން ޔޫރަޕްގެ އެންމެ ހިމޭން ގައުމަކީ އެސްޓޯނިއާ އެވެ. ނަމަވެސް ދުނިޔޭގެ ފެންވަރުގައި އެސްޓޯނިއާ އޮތީ 34 ވަނައިގަ އެވެ.

ސިންގަޕޫރުދިވެހިރާއްޖެގޯ2އެފްރިކާބޫޓާންމާލެނޮއިސް-ފްރީ ނޭޝަންސް އިންޑެކްސްތޮއްޖެހުން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ލީ ކުއާން ޔޫ ބޭނުންކުރެއްވި ދެލިއަޅާ ގަލަމެއް 461،500 ސިންގަޕޫރު ޑޮލަރަށް ނީލަމެއްގައި ވިއްކާލައިފި

17 އޯގަސްޓު 2026
ލީ ކުއާން ޔޫ ބޭނުންކުރެއްވި ދެލިއަޅާ ގަލަމެއް 461،500 ސިންގަޕޫރު ޑޮލަރަށް ނީލަމެއްގައި ވިއްކާލައިފި
15 އޯގަސްޓު 2026

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

15 އޯގަސްޓު 2026
އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި
09 އޯގަސްޓު 2026

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

09 އޯގަސްޓު 2026
"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"
08 އޯގަސްޓު 2026

މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފްލައިޓް މި މަހު ފަށަނީ

08 އޯގަސްޓު 2026
މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކާގޯ ފްލައިޓް މި މަހު ފަށަނީ
04 އޯގަސްޓު 2026

އިޓަލީގެ މަޝްހޫރު ބްރޭންޑް އޯވީއެސް ފިހާރައިގައި ފިރިހެނުންނަށް ހާއްސަ ފަންގިފިލާއެއް ހުޅުވައިފި

04 އޯގަސްޓު 2026
އިޓަލީގެ މަޝްހޫރު ބްރޭންޑް އޯވީއެސް ފިހާރައިގައި ފިރިހެނުންނަށް ހާއްސަ ފަންގިފިލާއެއް ހުޅުވައިފި
04 އޯގަސްޓު 2026

ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ބޮޑު ސަރަހައްދެއް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާ ޑިފެންސަށް ދީފި

04 އޯގަސްޓު 2026
ބޮޑުތަކުރުފާނު މަގުގެ އެއްގަމު ތޮށީގެ ބޮޑު ސަރަހައްދެއް އާންމުންނަށް ބޭނުން ނުކުރެވޭ ގޮތް ހަދާ ޑިފެންސަށް ދީފި
03 އޯގަސްޓު 2026

ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

03 އޯގަސްޓު 2026
ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި
02 އޯގަސްޓު 2026

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!

02 އޯގަސްޓު 2026
ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދާތާ މަހެއް ވަނީ، އަދިވެސް ނުފެނޭ!
31 ޖުލައި 2026

އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން

31 ޖުލައި 2026
އަހަރުގެ ފުރަތަމަ 6 މަސްދުވަހު މާލެ، ބްރިޖް އަދި ހައިވޭގައި 1،355 އެކްސިޑެންޓް، 2 މަރު، 1482 އުޅަނދަށް ގެއްލުން
31 ޖުލައި 2026

ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް

31 ޖުލައި 2026
ހޫނުގަދަވުމުގެ ސަބަބުން 2050 އާ ހަމައަށް ދެކުނު އޭޝިއާގެ އިގްތިސާދަށް 7 އިންސައްތައިގެ ގެއްލުމެއް: ވޯލްޑް ބޭންކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް