Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސިންގަޕޫރު

ލީ ކުއާން ޔޫ ބޭނުންކުރެއްވި ދެލިއަޅާ ގަލަމެއް 461،500 ސިންގަޕޫރު ޑޮލަރަށް ނީލަމެއްގައި ވިއްކާލައިފި

17 އޯގަސްޓު 2026 | ހޯމަ 16:34

ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫ ބޭނުންކުރެއްވި ރިހިކުލައިގެ "މޮންބްލާންކް" ގަލަމެއް، ނީލަމުގައި އަންދާޒާކުރި އަގަށްވުރެ ނުވަ ގުނަ ބޮޑު އަގަކަށް ވިއްކާލައިފި. ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ބިޑުކުރި މި ގަލަން ވިއްކާލާފައިވަނީ 461,500 ސިންގަޕޫރު ޑޮލަރަށް. މިއީ 1950 ގެ އަހަރުތަކުގައި އުފައްދާފައިވާ، ލީ ކުއާން ޔޫގެ ނަންފުޅު ކަނޑައިގެން ލިޔެފައިވާ ވަރަށް ޚާއްޞަ ގަލަމެއް

ރާއްޖެ އެމްވީ | 17 އޯގަސްޓު 2026 | ހޯމަ 16:34
ސިންގަޕޫރުގައި ބޭއްވި ނީލަމެއްގައި ރަން ތުނޑެއް ލާފައިވާ ދެލިއަޅާ ގަލަމެއް 266،000 ޕައުންޑް (ގާތްގަނޑަކަށް 5.2 މިލިއަން ދިވެހި ރުފިޔާ) އަށް ވިއްކާލައިފި

ސިންގަޕޫރުގައި ބޭއްވި ނީލަމެއްގައި ރަން ތުނޑެއް ލާފައިވާ ދެލިއަޅާ ގަލަމެއް 266،000 ޕައުންޑް (ގާތްގަނޑަކަށް 5.2 މިލިއަން ދިވެހި ރުފިޔާ) އަށް ވިއްކާލައިފި | ހޮޓްލޮޓްޒް

ސިންގަޕޫރުގައި ބޭއްވި ނީލަމެއްގައި، ރިހިކުލައިގެ "މޮންބްލާންކް" ދެލިއަޅާ ގަލަމެއް 461,500 ސިންގަޕޫރު ޑޮލަރަށް (266,682 އިނގިރޭސި ޕައުންޑަށް) ވިއްކާލައިފި އެވެ.

މި ފައުންޓަން ޕެން ވިއްކާލާފައިވަނީ، ނީލަން ފެށުމުގެ ކުރިން އެ ގަލަމަށް ލިބޭނެ ކަމަށް އަންދާޒާކުރި އެންމެ މަތީ އަގަށްވުރެ ނުވަ ގުނަ ބޮޑު އަގަކަށެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ މި ނީލަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 111 ބިޑު ހުށަހަޅާފައިވާއިރު، މިއީ ސިންގަޕޫރުގެ ބާނީ އަދި ފުރަތަމަ ބޮޑުވަޒީރު ލީ ކުއާން ޔޫ ބޭނުންކުރެއްވި ގަލަމެކެވެ.

"ސްޓާލިން ސިލްވަރ މޮންބްލާންކް މައިސްޓަރސްޓަކް ނަންބަރު 146" މޮޑެލްގެ މި ގަލަމަކީ 1950 ގެ އަހަރުތަކުގައި އުފައްދާފައިވާ، ޕިސްޓަން ބޭނުންކޮށްގެން ދެލި އެޅޭގޮތަށް ފަރުމާކޮށްފައިވާ އަގުބޮޑު ގަލަމެކެވެ.

މި ގަލަމުގެ ދޯޯރީގައި "SM Lee Kuan Yew" (ސީނިއާ މިނިސްޓަރ ލީ ކުއާން ޔޫ) ގެ ނަންފުޅު ކަނޑައިގެން ލިޔެފައިވާއިރު، ރަންކުލައިގެ މެޓަލް ޑީޓެއިލްތަކާއި 18 ކެރަޓް ރަނުން ހަދާފައިވާ ގަލަމުގެ ތުނޑެއް ހިމެނެ އެވެ. މި ގަލަން ވިއްކާލާފައިވަނީ ސިންގަޕޫރުގެ ނީލަން ކުންފުންޏެއް ކަމަށްވާ "ހޮޓްލޮޓްޒް" އިން އިންތިޒާމުކުރި "އިންޓީރިއާސް އެންޑް ކަލެކްޓިބަލްސް – އޯގަސްޓް، ފައިން އާޓް ފޯކަސް" އޮންލައިން ނީލަމުގަ އެވެ.

ނީލަން ފެށުމުގެ ކުރިން މި ގަލަން ވިކޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 30,000 އާއި 50,000 ސިންގަޕޫރު ޑޮލަރާ ދެމެދުގެ އަގަކަށެވެ. ނަމަވެސް ބިޑް ކުރަން ފަށާފައިވަނީ 20,000 ސިންގަޕޫރު ޑޮލަރުންނެވެ.

ލީ ކުއާން ޔޫ އަކީ 1959 އިން 1990 އަށް ސިންގަޕޫރުގެ ފުރަތަމަ ބޮޑުވަޒީރުކަން ކުރެއްވި ފަރާތެވެ. އޭނާއަކީ ޒަމާނީ ސިންގަޕޫރު ބިނާކުރެއްވި މޭސްތިރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝަޚުސިއްޔަތެކެވެ.

ބޮޑުވަޒީރުކަމަށްފަހު، އޭނާ ވަނީ 2004 ވަނަ އަހަރާ ހަމައަށް ސީނިއާ މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އޯގަސްޓް 2004 އިން މެއި 2011 އަށް ސިންގަޕޫރުގެ ފުރަތަމަ "މިނިސްޓަރ މެންޓޯރ" ގެ މަގާމު ފުރުއްވި އެވެ. އޭނާ 2015 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް ހުންނެވީ ސިންގަޕޫރުގެ ޕާލަމެންޓް މެންބަރެއްގެ ގޮތުގަ އެވެ.

މި ގަލަމަކީ މީގެ ކުރިން ޖުލައި 2003 ގައި ބޭއްވި "ލީ ކުއާން ޔޫ ފެމިލީ ކަލެކްޝަން" ޗެރިޓީ ނީލަމުގައިވެސް ވިއްކާލާފައިވާ ގަލަމެކެވެ. އެ ފަހަރު އޭނާގެ އަމިއްލަފުޅު ބައެއް ތަކެތި ނީލަން ކިޔާފައިވަނީ ޚައިރާތަށް ފައިސާ ހޯދުމަށެވެ.

2003 ވަނަ އަހަރު، ލީއާ ގުޅުންހުރި އެހެން ދެލިއަޅާ ގަލަމެއް ކަމަށްވާ ކަޅުކުލައިގެ "ވޯޓަރމަން" ގަލަމެއް 350,000 ސިންގަޕޫރު ޑޮލަރަށް ވިއްކާލާފައިވެ އެވެ. އެއީ 1957 ވަނަ އަހަރު ސިންގަޕޫރަށް އަމިއްލަ ދާޚިލީ ސަރުކާރެއް ހިންގުމުގެ ބާރު ލިބިދިން ގާނޫނީ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އޭނާ ބޭނުންކުރެއްވި ގަލަމެވެ. އެ ގަލަމުގެ އަގަކީ 10,000 ޑޮލަރު ކަމަށް އޭރު އަންދާޒާކުރި ނަމަވެސް، އެއަށްވުރެ މާ ބޮޑު އަގަކަށް ވިކިގެންދިޔަ އެ ނީލަމުން ލިބުނު ފައިސާވެސް ހަދިޔާކުރީ ޗެރިޓީއަށެވެ.

ސިންގަޕޫރުމޮންބްލާންކްލީ ކުއާން ޔޫހޮޓްލޮޓްޒްވޯޓަރމަން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި

03 އޯގަސްޓު 2026
ކޮންސަރޓެއްގެ ތެރޭގައި ފަލަސްތީނަށް ތާއީދުކޮށް ޝުއޫރު ފާޅުކުރުމާ ގުޅިގެން މެސިވް އެޓޭކް ބޭންޑު ސިންގަޕޫރުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފި
22 ޖުލައި 2026

ސިންގަޕޫރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކޮށްފި

22 ޖުލައި 2026
ސިންގަޕޫރުން ރާއްޖެއަށް ނޮން-ރެސިޑެންޓް ހައިކޮމިޝަނަރަކު އައްޔަންކޮށްފި
20 ޖުލައި 2026

ރާއްޖެއަށް ކުރި ސްކޫލް ދަތުރެއްގައި ލޯންޗެއްގެ ބުރަފަތީގައި ޖެހި މަރުވި ސިންގަޕޫރު ދަރިވަރުގެ އާއިލާއިން، އެ ކުއްޖާ ކިޔަވަމުންދިޔަ ސްކޫލާ ދެކޮޅަށް އިހުމާލުގެ ދައުވާ ހައިކޯޓަށް ހުށަހަޅައިފި

25 މެއި 2026

އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު

25 މެއި 2026
އަޟްހާ އީދު ބަންދާ ދިމާކޮށް ރައީސް މުއިއްޒު ސިންގަޕޫރަށް، މިއީ އެމަނިކުފާނު އެގައުމަށް ކުރައްވާ 8 ވަނަ ދަތުރުފުޅު
04 ޑިސެމްބަރު 2025

މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި

04 ޑިސެމްބަރު 2025
މަޖިލީހުގެ ކޮމިޓީ އަކަށް ދޮގު ހެދުމުގެ މައްސަލަ އެއް ގައި ސިންގަޕޫރުގެ އިދިކޮޅު ލީޑަރު ކުށްވެރިވާ ކަމަށް ކުރި ހުކުމް ދަމަހައްޓައިފި
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
05 އޯގަސްޓު 2025

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

05 އޯގަސްޓު 2025
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރައީސް ގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
02 އޯގަސްޓު 2025

ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި

02 އޯގަސްޓު 2025
ސިންގަޕޫރު ނުރަސްމީ ދަތުރުފުޅަށް ފަހު، ނުރަސްމީ ދަތުރުފުޅެއްގައި ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ވާހަކަ ދޮގު ކޮށްފި
17 ޖުލައި 2025

ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!

17 ޖުލައި 2025
ސްކޫލު ދަތުރެއްގައި ރާއްޖެ އައި ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ މަރުވިތާ 8 މަސް ފަހުން ވެސް ތަހުގީގު ނުނިމޭތީ އާއިލާ އިން ކަންބޮޑުވެފައި!
01 ޖުލައި 2025

މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!

01 ޖުލައި 2025
 މެޑަމް ސާޖިދާގެ އަތްޕުޅު، ދިވެހިންގެ ބޮލުގެ ރިހުމަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް