Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ދުނިޔޭގެ ތާރީޚު ނުދެކޭފަދަ ދަތިކުރުމުގެ ފިޔަވަޅު އީރާނާ ދެކޮޅަށް އަޅާނަން: އެމެރިކާގެ މާލީ ވަޒީރު

21 އޯގަސްޓު 2026 | ހުކުރު 03:50

އީރާނުގެ އިގްތިސާދު އިނދަޖައްސާލުމަށްޓަކައި އެ ގައުމު ބަންދުކޮށް، ތާރީޚީ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ދެއްވައިފި. މި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަށް ޗައިނާއަށް ގޮވާލާފައިވާއިރު، އީރާނުން ބުނަނީ މިއީ އެމެރިކާގެ އެތެރޭގެ މާލީ މައްސަލަތަކުން ސަމާލުކަން އަނބުރާލުމަށް ދައްކާ ވާހަކަތަކެއް ކަމަށް

ރާއްޖެ އެމްވީ | 21 އޯގަސްޓު 2026 | ހުކުރު 03:50
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް | ރޮއިޓާސް

އެމެރިކާއިން އީރާނާ ދެކޮޅަށް "ތާރީޚުގައި ވެސް ނުދެކޭ ފަދަ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް" އަޅާނެ ކަމަށް އެ ގައުމުގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން ބެސެންޓް ވަނީ ވޮޝިންޓަނާއެކު އެއްބާރުލުން ދިނުމަށް ޗައިނާގެ ސަރުކާރަށް ގޮވާލައްވާފަ އެވެ.

މި ފިޔަވަޅުތަކާ ގުޅޭ އިތުރު ތަފްސީލުތައް ހާމަކުރުމަށް އަންނަ ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބެސެންޓް ވިދާޅުވި އެވެ.

ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ބެސެންޓް ވިދާޅުވީ، އީރާނާ ދެކޮޅަށް އެމެރިކާއިން މައިގަނޑު ދެ ފިޔަވަޅެއް އެއްފަހަރާ އަޅާނެ ކަމަށެވެ. އެއީ އީރާނު ބަންދުކޮށްލުމުގެ (ބްލޮކޭޑް) އިތުރުން، ތާރީޚުގައި ވެސް އަޅާ އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގައުމާ ދެކޮޅަށް އެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެ ކަމަށާއި، އީރާނުގެ މިހާރުގެ ސަރުކާރު އިނދަޖައްސާލާނެ ކަމަށް ވެސް ބެސެންޓް ވިދާޅުވި އެވެ.

ބެސެންޓް އިތުރަށް ވިދާޅުވީ، މިއީ އެމެރިކާގެ ބައިވެރިންނާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ވަކި ގޮތެއް ނިންމަންޖެހޭ ވަގުތު ކަމަށެވެ.

އިސްރާއީލާ ގުޅިގެން އެމެރިކާއިން ފެށި ހަނގުރާމައަށް ހަ މަސް ދުވަސް ވެފައިވާއިރު، އެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ކުރާ މަސައްކަތުގެ ތެރެއިން، އީރާނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދޭ ކޮންމެ ގައުމަކާ ދެކޮޅަށް އިގްތިސާދީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބުދަ ދުވަހު ދެއްވާފަ އެވެ.

ބެސެންޓް ވިދާޅުވީ، މި އިގްތިސާދީ ފިއްތުންތަކުގެ މާނަ ތެލުގެ ބާޒާރުން ދެނެގަންނަނީ ނުބައިކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ބުރާސްފަތި ދުވަހު ތެލުގެ އަގު ވަނީ ފާއިތުވި ތިން ހަފުތާގެ ތެރޭގައި އުފުލިފައި ނުވާ މިންވަރަށް މައްޗަށް ގޮސްފަ އެވެ.

އެމެރިކާގެ އަތުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ތެލުގެ އަގު މިހާ ބޮޑަށް އުފުލެންޖެހޭ ސަބަބެއް ނެތް ކަމަށް ބެސެންޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެމެރިކާއިން އީރާނަށް އެންމެ މަތީ ދަރަޖައިގެ އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވާ ނަމަ، އޭގެ މާނައަކީ ބޮޑު ހަނގުރާމައެއް އަލުން ފެށުމުގެ ފުރުސަތު ކުޑަވުން ކަމަށެވެ.

އީރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރާތީ ޗައިނާއަށް އެމެރިކާއިން އަމާޒުކޮށްފާނެތޯ ސުވާލުކުރުމުން ބެސެންޓް ވިދާޅުވީ، ބައެއް ވާހަކަތަކަކީ ސިއްރުން ދެއްކުން ރަނގަޅު ވާހަކަތައް ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށާއި ހަކަތައިގެ އަގުތައް ދަށްވުމަށް ހުރިހާ ގައުމަކުން ވެސް ބޭނުންވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބެސެންޓް ވިދާޅުވި އެވެ. އަދި ޗައިނާއަށް ބޭނުންވާ ހަކަތައިގެ 50 އިންސައްތަ ހޯދަނީ ގަލްފް ސަރަހައްދުން ކަމަށްވާތީ، އެމެރިކާގެ މި ސިޔާސަތާ އެއްގޮތަށް އަމަލުކުރުމަކީ ޗައިނާއަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޭޕްލާ އެނަލިޓިކްސް ފާމްގެ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އީރާނުން ބޭރުކުރާ ތެލުގެ 80 އިންސައްތައަށްވުރެ ގިނައިން ގަންނަނީ ޗައިނާއިންނެވެ. އެމެރިކާއަށް ބޭނުންވާ މުހިންމު މަޢުދަންތައް ހިމެނޭހެން ގިނަ ބާވަތްތަކެއް އެކްސްޕޯޓްކުރާ ޗައިނާއާއެކު އެމެރިކާއިން އިގްތިސާދީ ހަނގުރާމައެއް އިތުރަށް ވަރުގަދަކޮށްފި ނަމަ، ޗައިނާއިން ވެސް ރައްދުގައި ފިޔަވަޅު އެޅުމުގެ ނުރައްކާ އެބައޮތެވެ.

އީރާނުން ދަނީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު، ފާއިތުވި 50 އެއްހާ އަހަރު ދުނިޔޭގެ ގައުމުތަކުން ކުރިމަތިކުރި ހަރުކަށި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް ކެތްތެރިކަމާއެކު ކުރިމަތިލަމުންނެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، ޓްރަމްޕްގެ މި ވާހަކަތަކަކީ އެމެރިކާގެ ދަރަނި ރެކޯޑް މިންވަރަކަށް އިތުރުވުމާއި އިންޓްރެސްޓް ރޭޓް މަތިވުން ފަދަ އެ ގައުމުގެ އެތެރޭގެ މާލީ މައްސަލަތަކުން އާންމު ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

އީރާން-އެމެރިކާސްކޮޓް ބެސެންޓްހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމައީރާން-ޗައިނާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'

21 އޯގަސްޓު 2026
އީރާން: އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ 'އިގްތިސާދީ ޓެރަރިޒަމް' އަދި 'އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް'
21 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ލިންކަން މަނަވަރުގެ ބަދަލުގައި ޖޯޖް ވޮޝިންގޓަން މެދުއިރުމައްޗަށް

21 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ލިންކަން މަނަވަރުގެ ބަދަލުގައި ޖޯޖް ވޮޝިންގޓަން މެދުއިރުމައްޗަށް
20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
20 އޯގަސްޓު 2026

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

20 އޯގަސްޓު 2026
ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ
20 އޯގަސްޓު 2026

އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ރޭވުމެއް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ؟

20 އޯގަސްޓު 2026
އީރާނުގެ އިގްތިސާދު ފުނޑުފުނޑުކޮށްލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ އާ ރޭވުމެއް، ސުވާލަކީ އެމަނިކުފާނު މި ސިޔާސަތުގައި ދެމިހުންނަވޭނެތޯ؟
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް ޓްރަމްޕް އަޅުއްވާނެ ކަމަށް ވިދާޅުވި އިޤްތިސާދީ ފިޔަވަޅުތަކަށް އަރާގްޗީ ފާޑުވިދާޅުވެއްޖެ
20 އޯގަސްޓު 2026

ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ

20 އޯގަސްޓު 2026
ހިފަހައްޓާފައިވާ އީރާންގެ ފައިސާގެ އެއްވެސް އަދަދެއް އަދިވެސް ދޫނުކުރޭ
20 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި

20 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް "ވަރުގަދަ އިޤްތިސާދީ އޮޕަރޭޝަނެއް" ފައްޓަވާނެ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި
19 އޯގަސްޓު 2026

އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް

19 އޯގަސްޓު 2026
އީރާން ހަނގުރާމައާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ދައްކަވާފައިވާ ދެއުޅިއެއްނުވާ ބައެއް ވާހަކަތައް
19 އޯގަސްޓު 2026

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ

19 އޯގަސްޓު 2026
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އިންޑިއާގައި ކައްކާ ގޭސް އުފައްދާ މިންވަރު އިތުރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް