Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނާސާ

ނާސާއިން އިސްރޯ އަށް މޫން ބޭސް ޕްރޮގްރާމުގައި ބައިވެރިވުމަށް ދައުވަތު ދީފި

19 އޯގަސްޓު 2026 | ބުދަ 10:46

ނާސާ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ދެ ޤައުމުގެ ދެމެދުގައި އޮތް ކާމިޔާބު ގުޅުމުގެ މައްޗަށް ބިނާކޮށް، މޫން ބޭސް ޕްރޮގްރާމުގައި އިސްރޯ އިން ބައިވެރިވުމަށް ދެވޭ ދައުވަތު އައުކުރާ ކަމަށް. އަދި އެމެރިކާ އިން ހަނދަށް އެނބުރި ދަނީ ދާއިމީކޮށް ތިބުމަށް ކަމަށާއި، މި ކަމުގައި ބައިވެރިންނާއެކު ކުރިއަށް ދާނެ ކަމަށް ވެސް ނާސާ އިން ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2026 | ބުދަ 10:46
ނާސާ އިން އަމާޒު ހިފާފައިވަނީ 2032 ވަނަ އަހަރާ ހަމައަށް މަރުހަލާތަކަކަށް ބަހާލައިގެން، ހަނދުގައި ދާއިމީ ބޭސްއެއް ނުވަތަ މަރުކަޒެއް ގާއިމު ކުރުމަށް

ނާސާ އިން އަމާޒު ހިފާފައިވަނީ 2032 ވަނަ އަހަރާ ހަމައަށް މަރުހަލާތަކަކަށް ބަހާލައިގެން، ހަނދުގައި ދާއިމީ ބޭސްއެއް ނުވަތަ މަރުކަޒެއް ގާއިމު ކުރުމަށް | ސޯޝަލް މީޑިއާ

އެމެރިކާގެ ޖަޒީރާ އެޖެންސީ ނާސާ އިން، ހަނދުގެ ދެކުނު ތަނޑީގެ ކައިރީގައި ދާއިމީ ބޭސެއް ގާއިމު ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އިންޑިއާގެ ޖައްވީ އިދާރާ އިސްރޯ އަށް ރަސްމީކޮށް ދައުވަތު ދީފި އެވެ.

މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޖައްވީ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.

މި ދައުވަތު ދީފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އިސްރޯގެ ހެޑްކުއާޓަރުގައި ބޭއްވި ޔޫއެސް-އިންޑިއާ ސިވިލް ސްޕޭސް ޖޮއިންޓް ވާކިން ގުރޫޕުގެ ނުވަ ވަނަ ބައްދަލުވުމުގައި އެވެ.

ނާސާ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ދެ ޤައުމުގެ ދެމެދުގައި އޮތް ކާމިޔާބު ގުޅުމުގެ މައްޗަށް ބިނާކޮށް، މޫން ބޭސް ޕްރޮގްރާމުގައި އިސްރޯ އިން ބައިވެރިވުމަށް ދެވޭ ދައުވަތު އައުކުރާ ކަމަށެވެ. އަދި އެމެރިކާ އިން ހަނދަށް އެނބުރި ދަނީ ދާއިމީކޮށް ތިބުމަށް ކަމަށާއި، މި ކަމުގައި ބައިވެރިންނާއެކު ކުރިއަށް ދާނެ ކަމަށް ވެސް ނާސާ އިން ބުނެފައިވެ އެވެ.

ނާސާގެ އާޓެމިސް ޕްރޮގްރާމުގެ ދަށުން، ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ތެރޭގައި ހަނދުގެ ދެކުނު ތަނޑީގައި ސިޓީއެއްގެ ސިފަޔަށް ބޮޑު ބޭސެއް ބިނާ ކުރުމަށް ވަނީ ރޭވިފައި އެވެ. އެ ސަރަހައްދުގައި ގިނަ އަދަދަކަށް ފެން، ގަނޑު ފެނުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވޭތީ، މިއީ ސައިންސްވެރިންގެ ބޮޑު ޝައުގުވެރިކަމެއް އޮތް ސަރަހައްދެކެވެ.

އިންޑިއާ އިން ވަނީ 2023 ވަނަ އަހަރު، ހަނދާއި ޖައްވު ރައްކާތެރިކަމާއެކު ދިރާސާ ކުރުމަށް އެމެރިކާ އިން އިސްނަގައިގެން އެކުލަވާލި އާޓެމިސް އެކޯޑްސްގައި ވެސް ސޮއިކޮށްފައި އެވެ. މީގެ އިތުރުން، އިންޑިއާ އިން ވެސް ދަނީ 2040 ގެ އަހަރުތަކުގެ ތެރޭގައި ހަނދުގައި އަމިއްލަ ބޭސެއް ގާއިމު ކުރުމަށާއި އިންޑިއާގެ އެސްޓްރޮނޯޓުން ހަނދަށް ފޮނުވުމަށް އަމާޒު ހިފާފައި އެވެ.

ޔޫއެސް-އިންޑިޔާނާސާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް

30 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް
23 މެއި 2026

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި

23 މެއި 2026
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯ އިންޑިއާ އަށް ވަޑައިގެންފި
20 މެއި 2026

އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި

20 މެއި 2026
އިންޑިއާގެ އަސްކަރިއްޔާ އަށް 428 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އެމެރިކާ އިން ފާސް ކޮށްފި
19 ޖެނުއަރީ 2026

ހަނދަށް ނަން ފޮނުވުމުގެ ފުރުސަތު ނާސާ އިން އާއްމުކޮށް ހުޅުވާލައިފި

19 ޖެނުއަރީ 2026
ހަނދަށް ނަން ފޮނުވުމުގެ ފުރުސަތު ނާސާ އިން އާއްމުކޮށް ހުޅުވާލައިފި
11 ސެޕްޓެމްބަރު 2025

ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި

11 ސެޕްޓެމްބަރު 2025
ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި
30 މާރިޗު 2022

ޕްލޫޓޯގައި އައިސް ވޮލްކެނޯތަކެއް

30 މާރިޗު 2022
ޕްލޫޓޯގައި އައިސް ވޮލްކެނޯތަކެއް
20 މާރިޗު 2021

ނާސާގެ ވެރިއަކަށް ބައިޑެން ފޮނުއްވީ ކުރީގެ އެސްޓްރޮނޯޓެއްގެ ނަން

20 މާރިޗު 2021
ނާސާގެ ވެރިއަކަށް ބައިޑެން ފޮނުއްވީ ކުރީގެ އެސްޓްރޮނޯޓެއްގެ ނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް