Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނާސާ

ހަނދަށް ނަން ފޮނުވުމުގެ ފުރުސަތު ނާސާ އިން އާއްމުކޮށް ހުޅުވާލައިފި

ނާސާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓަރުން "ސެންޑް ޔޯ ނޭމް" ކެމްޕޭންގެ ދަށުން އާންމުންނަށް އެމީހުންގެ ނަން އޯރިއޯން އުޅަނދުގައި ހަނދަށް ފޮނުވުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައި.

ރާއްޖެ އެމްވީ | 19 ޖެނުއަރީ 2026 | ހޯމަ 12:17
ފުރިހަމަ ހަނދުގެ ކުރިމަތިން މަތިންދާބޯޓެއް އުދުހިފައި ދަނީ

ފުރިހަމަ ހަނދުގެ ކުރިމަތިން މަތިންދާބޯޓެއް އުދުހިފައި ދަނީ | ގެޓީ އިމޭޖަސް

ނާސާގެ އާޓެމިސް 2 މިޝަނުގައި ހަނދަށް ނަން ފޮނުވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

ނާސާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓަރުން ވަނީ "ސެންޑް ޔޯ ނޭމް" (SendYourName#) ކެމްޕޭންގެ ދަށުން، އާންމުންގެ ނަންތައް ހަނދަށް ފޮނުވުމުގެ އާދަޔާ ޚިލާފު ފުރުސަތެއް ހުޅުވާލާފަ އެވެ. މި ހަރަކާތުގެ ދަށުން ހުށަހަޅާ ނަންތައް ރައްކާކުރެވޭނީ ކުރިއަށް އޮތް އާޓެމިސް 2 މިޝަނުގައި ބޭނުންކުރާ "އޯރިއޯން" އުޅަނދުގައި ހަރުކުރެވޭ ހާއްސަ އެސްޑީ  ކާޑެއްގައި ކަމަށް ބުނެފައިވެ އެވެ.

ނާސާ އިން ކުރި ޓުވީޓެއްގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމަށް ދައުވަތު ދީފައިވާއިރު، އާއިލާގެ މެންބަރުންނާއި، ކުޑަކުދިން އަދި ގޭގައި ގެންގުޅޭ ޖަނަވާރުތަކަށް ވެސް މި ދަތުރުގެ ރަމްޒީ "ބޯޑިންގ ޕާސް" ހޯދުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ނާސާގެ ރަސްމީ ޕޯޓަލް https://go.nasa.gov/49NQ4mf މެދުވެރިކޮށް ނަން ހުށަހެޅުމުގެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ނާސާއާޓެމިސް 2އޯރިއޯންމާޝަލް ސްޕޭސް ފްލައިޓް ސެންޓަރސެންޑް ޔޯ ނޭމް

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2025

ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި

11 ސެޕްޓެމްބަރު 2025
ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި
30 މާރިޗު 2022

ޕްލޫޓޯގައި އައިސް ވޮލްކެނޯތަކެއް

30 މާރިޗު 2022
ޕްލޫޓޯގައި އައިސް ވޮލްކެނޯތަކެއް
20 މާރިޗު 2021

ނާސާގެ ވެރިއަކަށް ބައިޑެން ފޮނުއްވީ ކުރީގެ އެސްޓްރޮނޯޓެއްގެ ނަން

20 މާރިޗު 2021
ނާސާގެ ވެރިއަކަށް ބައިޑެން ފޮނުއްވީ ކުރީގެ އެސްޓްރޮނޯޓެއްގެ ނަން
19 އޯގަސްޓު 2017

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ
06 ޖުލައި 2017

"ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ފެނިގެން ދާނީ އަނަންނިޔާ؟

06 ޖުލައި 2017
"ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ފެނިގެން ދާނީ އަނަންނިޔާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު