Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއަވާނީ ފަރެސް މޯލްޑިވްސް

ވޯލްޑް ރެކޯޑް ފްރީޑައިވަރ ހެންލީ ޕްރިންސްލޫ އަނެއްކާވެސް ރާއްޖެ އަންނަނީ

19 އޯގަސްޓު 2026 | ބުދަ 11:16

ދުނިޔޭގެ ފްރީޑައިވިންގ ރެކޯޑްތަކެއް މުގުރާލާފައިވާ ހެންލީ ޕްރިންސްލޫއާއެކު، އާއިލާތަކަށާއި ފްރީޑައިވިންގްއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ދެ ރިޓްރީޓެއް އަންނަ ސެޕްޓެމްބަރު މަހު ބާ އަތޮޅުގެ ދެ ރިސޯޓެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި. މި ޕްރޮގްރާމްތަކުގައި ކަނޑުއަޑީގެ ތަފާތު ހަރަކާތްތަކާއި ތަމްރީނުތައް ކުރިއަށްދާއިރު، މީގެ މައިގަނޑު މަގްސަދަކީ ކަނޑުގެ މާހައުލަށް އަހުލުވެރިކުރުވުމާއި ތިމާވެށި ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުން

ރާއްޖެ އެމްވީ | 19 އޯގަސްޓު 2026 | ބުދަ 11:16
މި ދަތުރުގެ ތެރެއިން، ރިސޯޓާ ގާތްގަނޑަކަށް 15 މިނެޓު ދުރުގައި އޮންނަ ހަނިފަރު ބޭ އަށް ޒިޔާރަތްކުރުން ވެސް ހިމެނޭ

މި ދަތުރުގެ ތެރެއިން، ރިސޯޓާ ގާތްގަނޑަކަށް 15 މިނެޓު ދުރުގައި އޮންނަ ހަނިފަރު ބޭ އަށް ޒިޔާރަތްކުރުން ވެސް ހިމެނޭ | ބްރޭކިންގޓްރެވަލްނިއުސް

ދުނިޔޭގެ ފްރީޑައިވިންގ ރެކޯޑް 11 ފަހަރު މުގުރާލާފައިވާ، އަދި ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ހެންލީ ޕްރިންސްލޫ، ދެ ރިޓްރީޓެއްގައި ބައިވެރިވުމަށް އަނެއްކާވެސް ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ. 2025 ވަނަ އަހަރު އަވާނީ ޕްލަސް ފަރެސް މޯލްޑިވްސް ރިސޯޓުގައި ބޭއްވި ފްރީޑައިވިންގ ރިޓްރީޓަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، މައިނަރ ހޮޓެލްސްގެ ދެ ރިސޯޓެއްގައި ކުރިއަށްގެންދާ މި ޕްރޮގްރާމްތަކަށް ހެންލީ ބާ އަތޮޅަށް އެނބުރި އަންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

ހެންލީގެ މި ދަތުރު ފަށާނީ ސެޕްޓެމްބަރު މަހުގެ 7 އިން 10 އަށް އަވާނީ ޕްލަސް ފަރެސް މޯލްޑިވްސްގައި ބާއްވާ "ފެމިލީ ފްރީޑައިވިންގ ރިޓްރީޓް" އިންނެވެ. އޭގެ ފަހުން ސެޕްޓެމްބަރު 14 އިން 18 އަށް އެންއެޗް ކަލެކްޝަން މޯލްޑިވްސް ރީތި ރިސޯޓުގައި "އިންޓު ދަ ބްލޫ" ގެ ނަމުގައި ހަތަރު ރޭގެ ރިޓްރީޓެއް ކުރިއަށްދާނެ އެވެ. ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބާ އަތޮޅުގެ ކަނޑުއަޑީގެ ރީތިކަން ތަޖުރިބާކުރުމަށް މި ދެ ރިޓްރީޓުން ތަފާތު ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ މަޖާ ހަރަކާތްތަކާއި، އުމުރުން 16 އަހަރުން މަތީގެ ފްރީޑައިވިންގ އަށް އަލަށް ވަންނަ ފަރާތްތަކާއި ތަޖުރިބާކާރުންނަށް ހާއްސަ ފުން ޕްރޮގްރާމްތައް ހިމެނެ އެވެ.

އަވާނީ ޕްލަސް ފަރެސްގައި ކުރިއަށްދާ ހަރަކާތްތަކުގައި، ނޭވާ ހިފަހައްޓާނެ ގޮތާއި، ފެންމަތީގައި އޮންނާނެ ގޮތާއި، ސްނޯކްލިންގް އަދި ކަނޑުއަޑީގެ އެކި ކުޅިވަރުތަކުގެ އެހީގައި ހެންލީ ބެލެނިވެރިންނާއި ކުދިންނަށް ފްރީޑައިވިންގ ތައާރަފްކޮށްދޭނެ އެވެ. 

މި ފެމިލީ ފްރީޑައިވިންގ ރިޓްރީޓާއެކު، އެ ރިސޯޓުން ކޮންމެ އަހަރަކު ފާހަގަކުރާ "އޯޝަން އެވެއަރ މަންތް" ނުވަތަ ކަނޑުތަކަށް ހޭލުންތެރިކުރުވުމުގެ މަސް ފެށިގެންދާނެ އެވެ. ސެޕްޓެމްބަރު މަހު ކުރިއަށްދާ މި ޕްރޮގްރާމްގައި މުރަކަ އާލާކުރުމުގެ މަސައްކަތްތަކާއި، ކަނޑުއަޑީގެ ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ސެޝަންތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ އިތުރުން ޕަޑީ (PADI) ގެ ހާއްސަ ކޯސްތައް ހިމެނެ އެވެ. މީގެ އިތުރުން، ސެޕްޓެމްބަރު 17 ގައި ފާހަގަކުރާ ދުނިޔޭގެ މަޑީގެ ދުވަހާ ގުޅިގެން، ހަނިފަރު ބޭއަށް މަޑި ބަލަންދިއުމުގެ ދަތުރުތަކާއި ތަފާތު އާޓް ވޯކްޝޮޕްތައް ވެސް އަވާނީ ޕްލަސް ފަރެސްގައި އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

"ބާ އަތޮޅަކީ އަބަދުވެސް އަހަރެމެން އެނބުރި އަންނަން ބޭނުންވާ ތަނެއް،" ބްރޭކިން ޓްރެވަލް ނިއުސް އަށް ހެންލީ ޕްރިންސްލޫ ބުންޏެވެ. އޭނާ އިތުރަށް ބުނިގޮތުގައި، މިދިޔަ އަހަރު އަވާނީ ޕްލަސް ފަރެސްގައި ބޭއްވި ރިޓްރީޓަށްފަހު، މިއަހަރު މުޅި އާއިލާއަށް ބައިވެރިވެވޭ ޕްރޮގްރާމަކާއެކު އެނބުރި އައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި އެންއެޗް ކަލެކްޝަން މޯލްޑިވްސް ރީތި ރިސޯޓުގައި ކުރިއަށްދާ ރިޓްރީޓްގައި، ބައިވެރިންނަށް އެމީހުންގެ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް ގިނަ ވަގުތު ލިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރި އެވެ. މި ދެ ރިޓްރީޓްގެ ވެސް މައިގަނޑު ބޭނުމަކީ ކަނޑުގެ މާހައުލަށް އިތުބާރު އުފެއްދުމާއި، މި ނާޒުކު ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ދަސްކޮށްދިނުމެވެ.

އަވާނީ ޕްލަސް ފަރެސް މޯލްޑިވްސްގައި ބާއްވާ ތިން ރޭގެ "ފެމިލީ ފްރީޑައިވިންގ ރިޓްރީޓް" ގެ އަގުތައް ފެށެނީ މީހަކަށް 3,160 އެމެރިކާ ޑޮލަރަށެވެ. މި އަގުގެ ތެރޭގައި ރިސޯޓުގައި ހުރުމާއި، ކެއުމާއި، ސީޕްލޭން ދަތުރުތަކުގެ އިތުރުން ރިޓްރީޓްގެ ހުރިހާ ސެޝަންތަކެއް ހިމެނެ އެވެ.

ހެންލީ ޕްރިންސްލޫބ. އަތޮޅު - އަވާނީ ފަރެސް މޯލްޑިވްސްބ. އަތޮޅުފްރީޑައިވިންގހަނިފަރު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ތަރި މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް ފަރެސްގައި ދެވަނަ ފަހަރަށް ބާއްވަނީ

09 ފެބުރުއަރީ 2026
އިނގިރޭސި ފުޓްބޯޅައިގެ މަޝްހޫރު ތަރި މައިކަލް އޯވެންގެ ފުޓްބޯޅަ ކޭމްޕް ފަރެސްގައި ދެވަނަ ފަހަރަށް ބާއްވަނީ
24 ޖެނުއަރީ 2026

2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ

24 ޖެނުއަރީ 2026
2020 ވަނަ އަހަރުން ފެށިގެން ބ. އަތޮޅު ކައުންސިލަށް ލިބެން ޖެހޭ 2.1 މިލިއަން ރުފިޔާ އަދިވެސް ނުލިިބޭ
08 ޖެނުއަރީ 2026

ބައިނަލްއަގުވާމީ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ޔުއަރ ޕެރަޑައިސް" ރާއްޖެ އަށް!

08 ޖެނުއަރީ 2026
ބައިނަލްއަގުވާމީ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ޔުއަރ ޕެރަޑައިސް" ރާއްޖެ އަށް!
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
05 ނޮވެމްބަރު 2025

އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި

05 ނޮވެމްބަރު 2025
އޭދަފުށީގައި ބާއްވާ ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޞާލިހު ފުރާވަޑައިގެންފި
04 ނޮވެމްބަރު 2025

ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޞާލިހު އޭދަފުއްޓަށް ވަޑައިގަންނަވަނީ

04 ނޮވެމްބަރު 2025
ބ. އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށް ރައީސް ޞާލިހު އޭދަފުއްޓަށް ވަޑައިގަންނަވަނީ
19 އޮކްޓޯބަރު 2025

ބ. އަތޮޅު ދުނިޔޭގެ ރިކޯޑް ފޮތަށް

19 އޮކްޓޯބަރު 2025
ބ. އަތޮޅު ދުނިޔޭގެ ރިކޯޑް ފޮތަށް
15 ސެޕްޓެމްބަރު 2025

ރާއްޖޭގައި ރަސްކަމެއް ގާއިމްކުރުމުގެ ފުރުސަތެއް ނުދޭނަން: މެންބަރު މައުރޫފް

15 ސެޕްޓެމްބަރު 2025
ރާއްޖޭގައި ރަސްކަމެއް ގާއިމްކުރުމުގެ ފުރުސަތެއް ނުދޭނަން: މެންބަރު މައުރޫފް
12 ސެޕްޓެމްބަރު 2025

ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ

12 ސެޕްޓެމްބަރު 2025
ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް