Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ

ރޮހިންޖާ މުސްލިމުންނަށް ފާޑުކިޔުމުން މިޔަންމާގެ ރީތީގެ ރާނީގެ ލަޤަބު އަތުލައިފި

ޝްވޭ ވަނީ ރޮހިންޖާ މުސްލިމުންގެ ހަމްދަރުދީ ހޯދުމަށް މީޑިއާ ކެމްޕޭނެއް ހިންގަމުންދާ ކަމަށް ބުނެފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2017 | އަންގާރަ 19:44
އުމުރުން 19 އަހަރުގެ މިސް ގްރޭންޑް މިޔަންމާ، ޝްވޭ އެއައިން ސީ

އުމުރުން 19 އަހަރުގެ މިސް ގްރޭންޑް މިޔަންމާ، ޝްވޭ އެއައިން ސީ

ރޮހިންޖާ މުސްލިމުންނާއި ގުޅޭގޮތުން ތައްޔާރުކުރި ވީޑިއޯ އަކާއި ގުޅިގެން މިޔަންމާގެ ރީތީގެ ރާނީއެއްގެ ލަޤަބު އަތުލައިފިއެވެ.

އުމުރުން 19 އަހަރުގެ މިސް ގްރޭންޑް މިޔަންމާ، ޝްވޭ އެއައިން ސީ، ގެ ލަޤަބު އަތުލި ސަބަބެއްކަމުގައި ޝޯ އިންތިޒާމް ކުރި ފަރާތުން ބުނެފައިވަނީ، އޭނާ ކޮންޓްރެކްޓާއި ޚިލާފުވެ، ރޯލް މޮޑެލްއެއްގެ ފަރާތުން ފެނިގެން ނުވާނެ އަހުލާގު ދެއްކުމެވެ.

ޝްވޭގެ ލަޤަބު އަތުލާފައިވާއިރު، ނިމިގެންދިޔަ ހަފްތާގައި އޭނާ ވަޏީ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ ޖަމާޢަތެއް ކަމަށްވާ އަރާކަން ރޮހިންޖާ ސެލްވޭޝަން އާމީ (އަރްސާ) އަކީ އަމިއްލަ ޚިލާފަތެއް ޤާއިމް ކޮށްގެން އުޅޭ ބައެއް ކަމަށް ބުނެފައެވެ. އަދި ރަހައިން ސްޓޭޓްގައި އަރްސާއިން ޓެރަރިޒަމްގެ އަނިޔާވެރި އަމަލުތައް ހިންގުމަށްފަހު، އެމީހުންނަކީ އަނިޔާ ލިބެމުންދާ މީހުން ކަމަށް ދެއްކުމަށް މީޑިއާ ކެމްޕެއިނެއް ހިންގައި ދުނިޔޭގެ ހަމްދަރުދީ ހޯދަމުންދާ ކަމަށްވެސް އޭނާ ވަނީ ތުޙުމަތު ކޮށްފައެވެ.

އޭނާގެ ވީޑިއޯގައި މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާއި، ނަސްލު ނައްތާލުމުގެ އަމަލުތަކަށް އެއްވެސް ވަރަކަށް އަލިއަޅުވާލާފައި ނުވާއިރު، މަދު ބައެއް ފިޔަވާ މުޅި ދުނިޔެއިން ވެސް ދަނީ މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.

ރީތީގެ ރާނީ ކަމުގެ ލަޤަބު އަތުލި ސަބަބުތަކުގެ ތެރޭގައި މި ވީޑިއޯގެ ވާހަކަ ސީދާ ބަޔާން ކޮށްފައި ނުވި ނަމަވެސް، ލަޤަބު އަތުލުމާއި ގުޅިގެން ފޭސްބުކްގައި އާންމު ކުރި ބަޔާނެއްގައި ޝްވޭ ބުނީ، އޭނާ އަރްސާ އާއި ގުޅިގެން ދެއްކި ވާހަކަތަކަކީ ލަޤަބު އަތުލާ ވަރުގެ ވާހަކަތަކެއް ނޫން ކަމަށާ، ލިބިފައިވާ މަޝްޙޫރުކަމުގެ ބޭނުން ޤައުމީ ކަންކަމަށް ބޭނުން ކުރުމަކީ ޙައްޤެއް ކަމަށެވެ.

ނިމިގެންދިޔަ އޯގަސްޓް މަހުގެ 25 ވަނަ ދުވަހުއްސުރެ، މިޔަންމާ އަސްކަރިއްޔާއިން ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ރޮހިންޖާ ދަރިކޮޅުގެ ބައި މިލިއަނަށް ވުރެ ގިނަ މުސްލިމުން ވަނީ ބަންގާޅަށް ހިޖުރަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

07 ޖޫން 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު