Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްވާ އަޝްރާ

ލަވަކިޔުންތެރިޔާ އަޝްރާއާއި ލޯބިވެރިޔާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރު ކޮށްފި

3 އޮކްޓޯބަރު 2017 | އަންގާރަ 11:14

އަޑުއެހުން ސިއްރުކުރީ ނަޒީހުގެ ފަރާތުން ހުށަހެޅުމުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 3 އޮކްޓޯބަރު 2017 | އަންގާރަ 11:14
ހައްވާ އަޝްރާއާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހު

ހައްވާ އަޝްރާއާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހު

ލަވަކިޔުންތެރިޔާ ހައްވާ އަޝްރާއާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހުގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރު ކޮށްފި އެވެ.

އަޝްރާއާއި ނަޒީހުގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެވެ.

Advertisement - newsAdvertisement

އެ ޝަރީއަތުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުން ފެށުމާއެކު ނަޒީހުގެ ގާނޫނީ ވަކީލު ވަނީ އަަޑުއެހުން ސިއްރު ކޮށްދީގެން ބައެއް ކަންކަން ހުށަހަޅަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަޑުއެހުމަށް ވެދެ ތިބި މީހުން ނެރުމަށް ފަހު ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓަށް ފަހު އަނެއްކާ ވެސް އަޑުއެހުމަށް މީހުން ވެއްދި އެވެ.

އަޑުއެހުމަށް މީހުން ވެއްދުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ނަޒީހުގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ރިއާޔަތްކޮށް ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ ދަށުން މި މައްސަލަ މީގެ ފަހުން ސިއްރު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާ ކަމަށެވެ. އަދި ނަޒީހުގެ ފަރާތުން ހުށަހެޅި ކަންތައްތަކަށް ދައުލަތުގެ ފަރާތުން އިއުތިރާޒް ކޮށްފައި ވެސް ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެއާއެކު މައްސަލަ އަޑުއެހުމަށް ވަދެ ތިބި މީހުން ނެރެލި އެވެ.

އަޝްރާއާއި ނަޒީހުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ނަޒީހު ދިރިއުޅޭ ކޮޓަރި ތެރެއިން މަސްތުވާތަކެތި ފެނިފައިވާ މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭގެ ޖުމްލަ 39.3948 ގްރާމްގެ ތަކެތި އެ ކޮޓަރިން ވަނީ ފެނިފަ އެވެ. އޭގެތެރޭގައި 74 ގުޅަ ހިމެނޭ ކަމަށާއި އެ ކޮޓަރި ބަލައިފާސްކުރަމުން ދަނިކޮށް ނަޒީހް އެނދުގެ ބާލީސް ދަށަށް އެއްޗެއް ލާ ތަން ފެނިގެން އެތަން ބެލިއިރު ވެސް މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދައުވާގައި ބުނެ އެވެ.

އެ ކޮޓަރިން 1256 އެމެރިކާ ޑޮލަރާއި 7،800 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ. އެ ފައިސާއަކީ މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާ ކަމަށް ބެލެވޭތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް