Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީ ޤައުމީ ޓީމު

ގާޑިއޯލާ އިޓަލީއާ ހަވާލު ނުވީ، އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ: މަލްޑިނީ

10 އޯގަސްޓު 2026 | ހޯމަ 04:18

އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށް ކޮރިއޭލާ އަށް ދިން އިންޓަވިޔުއެއްގައި މަލްޑިނީ ބުނީ، އިޓަލީއާ ހަވާލުވުމަށް ގާޑިއޯލާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ދިޔައީ ވަރަށް ކާމިޔާބު ކަމާ އެކު ކަމަށް. އެގޮތުން އިޓަލީގެ ކުރީގެ ކޯޗަށް ދެމުން ދިޔަ މުސާރައާ އެއްވަރުގެ މުސާރަ އަކަށް ގާޑިއޯލާ އެއްބަސްވި ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއި ޓީމު އަތުރާނެ ގޮތްތަކާ މެދު ވެސް ގާޑިއޯލާ ވިސްނަން ފެށި ކަމަށް މަލްޑިނީ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 އޯގަސްޓު 2026 | ހޯމަ 04:18
އިޓަލީގެ ޤައުމީ ޓީމުގެ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަން މަޤާމުން ދާދި ފަހުން އިސްތިއުފާ ދެއްވި ޕައޮލޯ މަލްޑިނީ އާއި އިޓަލީ އިން ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރި ޕެޕް ގާޑިއޯލާ

އިޓަލީގެ ޤައުމީ ޓީމުގެ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަން މަޤާމުން ދާދި ފަހުން އިސްތިއުފާ ދެއްވި ޕައޮލޯ މަލްޑިނީ އާއި އިޓަލީ އިން ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރި ޕެޕް ގާޑިއޯލާ | ރޮއިޓާސް

އިޓަލީ ޤައުމީ ޓީމުގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލު ނުވީ، އާއިލާ އަށް ވަގުތު ދޭން އޭނާ ބޭނުންވާތީ ކަމަށް އިޓަލީގެ ޤައުމީ ޓީމުގެ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަން މަޤާމުން ދާދި ފަހުން އިސްތިއުފާ  ދިން ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

އިޓަލީގެ ކުރީގެ ކެޕްޓަން މަލްޑިނީ، ޤައުމީ ޓީމުގައި އޭނާ ހުރި މަޤާމުން އިސްތިއުފާ ދީފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ. އެއީ އިޓަލީގެ ކޯޗަކަށް އެ ޤައުމުގެ ކުރީގެ ކުޅުންތެރިޔާ އަންދްރެއާ ޕިރްލޯ ހަމަޖައްސަން ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެންނެވެ. އޭގެ ކުރިން އިޓަލީ އިން މަސައްކަތް ކުރީ ގާޑިއޯލާ އެ ޓީމަށް ގެނައުމަށެވެ. 

އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށް ކޮރިއޭލާ އަށް ދިން އިންޓަވިޔުއެއްގައި މަލްޑިނީ ބުނީ، އިޓަލީއާ ހަވާލުވުމަށް ގާޑިއޯލާ އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށެވެ. އެގޮތުން އިޓަލީގެ ކުރީގެ ކޯޗަށް ދެމުން ދިޔަ މުސާރައާ އެއްވަރުގެ މުސާރައަކަށް ގާޑިއޯލާ އެއްބަސްވި ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއި ޓީމު އަތުރާނެ ގޮތްތަކާމެދު ވެސް ގާޑިއޯލާ ވިސްނަން ފެށި ކަމަށް މަލްޑިނީ ބުނި އެވެ. 

ނަމަވެސް، މަޝްވަރާތައް ކުރިއަށް ދަނިކޮށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާޑިއޯލާ ވަނީ އޭނާގެ ނިންމުން ބަދަލުކޮށްފައި ކަމަށް މަލްޑިނީ ބުނި އެވެ. އެގޮތުން ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރުމުން، އެ މަޤާމަށް ގާޑިއޯލާ ނޫނެކޭ ބުނި ކަމަށް މަލްޑިނީ ހާމަ ކުރި އެވެ. މަލްޑިނީ ބުނީ، އިޓަލީއާ ހަވާލުވާން ގާޑިއޯލާ ބޭނުން ނުވީ އޭނާގެ އާއިލާ އަށް ވަގުތު ދޭން ބޭނުންވާތީ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން މަލްޑިނީ އިތުރަށް ބުނެފައި ވަނީ، ގާޑިއޯލާގެ ނިންމުމަށް އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަން އިން ފުރިހަމަ އަށް އިހުތިރާމް ކުރާ ކަމަށެވެ. އައު ކޯޗެއް ހޯދުމަށް ކުރަމުން އައި މަސައްކަތުގައި އިޓަލީ އިން އެންމެ ފަހުން ކޯޗަކަށް ހަމަޖެއްސީ ރޮބާޓް މަންޗިނީ އެވެ. އޭނާ އަކީ 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތް އިޓަލީ އަށް ކާމިޔާބު ކޮށްދިން ކޯޗެވެ.

އިޓަލީގެ ގައުމީ ޓީމުޕެޕް ގާޑިއޯލާޕައޮލޯ މަލްޑިނީ

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 މެއި 2026

10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!

26 މެއި 2026
10 އަހަރަށް ފަހު ގާޑިއޯލާ ސިޓީއާ ދުރަށް، އޭނާ ބުނީ މިއީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް!
20 މެއި 2026

ގާޑިއޯލާގެ ބަދަލުގައި ސިޓީ އިން ގެންނަނީ މަރެސްކާ

20 މެއި 2026
ގާޑިއޯލާގެ ބަދަލުގައި ސިޓީ އިން ގެންނަނީ މަރެސްކާ
18 މެއި 2026

އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ

18 މެއި 2026
އުފާ ފާޅު ކުރަން ސިޓީ އަށް ވަގުތެއް ނެތް: ގާޑިއޯލާ
13 މެއި 2026

ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

13 މެއި 2026
ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ
11 މެއި 2026

ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

11 މެއި 2026
ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން
06 މެއި 2026

ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ

06 މެއި 2026
ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ
02 އެޕްރީލު 2026

ގަޓޫސޯ އިޓަލީގެ ކޯޗުކަން ދޫކޮށްލަނީ

02 އެޕްރީލު 2026
ގަޓޫސޯ އިޓަލީގެ ކޯޗުކަން ދޫކޮށްލަނީ
01 އެޕްރީލު 2026

ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

01 އެޕްރީލު 2026
ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ
22 މާރިޗު 2026

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ
14 މާރިޗު 2026

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

14 މާރިޗު 2026
ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް