Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓަލީ ޤައުމީ ޓީމު

ގަޓޫސޯ އިޓަލީގެ ކޯޗުކަން ދޫކޮށްލަނީ

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މި ނާކާމިޔާބާ އެކު އިޓަލީގެ ކޯޗުކަމުން ގަޓޫސޯ ވަކިވާނެ. އެކަމާ ގުޅުން ހުރި ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައި. ބޮސްނިއާގެ މެޗަށް ފަހު ގަޓޫސޯ ވަނީ، އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އެ ޤައުމުގެ އެންމެހާ ސަޕޯޓަރުންގެ ކިބައިން މައާފަށް ވެސް އެދިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 އެޕްރީލު 2026 | ބުރާސްފަތި 06:36
އިޓަލީ ޤައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދެމުން އަންނަ ޖެނާރޯ ގަޓޫސޯ

އިޓަލީ ޤައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދެމުން އަންނަ ޖެނާރޯ ގަޓޫސޯ | ރޮއިޓާސް

އިޓަލީގެ ޤައުމީ ފުޓުބޯޅަ ޓީމަށް އިރުޝާދު ދެމުން އަންނަ ޖެނާރޯ ގަޓޫސޯ، އެ ޓީމުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ.

އުމުރުން 48 އަހަރުގެ ގަޓޫސޯ، އިޓަލީގެ ކޯޗަކަށް ހަމަޖެއްސީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ އޭނާ އަށްވުރެ ކުރިން މަގާމުގައި ހުރި ލޫސިއާނޯ ސްޕަލެޓީ މަގާމުން ވަކި ކުރުމަށް ފަހު އެވެ. އިޓަލީ އިން ގަޓޫސޯ އަށް ހަވާލު ކުރި އެންމެ ބޮޑު ޒިންމާ އަކީ މިއަހަރުގެ ފީފާ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައި ކޮށްދިނުމެވެ.

ނަމަވެސް، ވޯލްޑް ކަޕްގެ ޕްލޭ އޮފްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ އިޓަލީ އަށް ވަނީ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލިފަ އެވެ. ބޮސްނިއާ އިން އިޓަލީގެ މައްޗަށް ކުރި ހޯދާފައި ވަނީ ޕެނަލްޓީ އިންނެވެ. އެއާ އެކު، އިޓަލީ ފަހަތަށް ޖައްސާލައި ވޯލްޑް ކަޕްގެ ޖާގަ ހޯދީ ބޮސްނިއާ އިންނެވެ.

މި ބައްޔާ އެކު، މިއަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ ވޯލްޑް ކަޕްގެ ޖާގަ އިޓަލީ އަށް ގެއްލިފައިވާއިރު، ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް އިޓަލީ މި ވަނީ ވޯލްޑް ކަޕަށް ކޮލިފައި ނުވެފަ އެވެ. 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕާއި، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފައިވެފައި ނުވެ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، މި ނާކާމިޔާބާ އެކު އިޓަލީގެ ކޯޗުކަމުން ގަޓޫސޯ ވަކިވާނެ އެވެ. އެކަމާ ގުޅުން ހުރި ވާހަކަތައް ދެކެވެމުން އަންނަ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ބޮސްނިއާގެ މެޗަށް ފަހު ގަޓޫސޯ ވަނީ، އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން އެ ޤައުމުގެ އެންމެހާ ސަޕޯޓަރުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.

ގަޓޫސޯގެ އިރުޝާދުގެ ދަށުން އިޓަލީ އިން ކުޅެފައި ވަނީ އެންމެ އަށް މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ ހަ މެޗުންނެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ނަމަވެސް ވޯލްޑް ކަޕަށް އިޓަލީ ކޮލިފައި ނުވުމަކީ ގަޓޫސޯ އަށް ބޮޑު ނާކާމިޔާބަކަށް ވާނެ އެވެ.

ގަޓޫސޯ އަކީ މީގެ ކުރިން އިޓަލީގެ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ފުޓުބޯޅަ ކެރިއަރުގައި އޭނާ ވަނީ އިޓަލީ ޤައުމީ ޓީމަށް 73 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. އިޓަލީގެ ޤައުމީ ޓީމާ އެކު އޭނާ ވަނީ 2006 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ.

އިޓަލީގެ ގައުމީ ޓީމުޖެނާރޫ ގަޓޫސޯ

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ

01 އެޕްރީލު 2026
ބޮސްނިއާ އަތުން ބަލިވެ، އިޓަލީ އަށް ވޯލްޑް ކަޕްގެ ފުރުސަތު މިފަހަރު ވެސް ގެއްލިއްޖެ
06 ސެޕްޓެމްބަރު 2025

އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް

06 ސެޕްޓެމްބަރު 2025
އެސްޓޯނިއާ އަތުން އިޓަލީ އަށް ފަސް ލަނޑުގެ މޮޅެއް
18 ނޮވެމްބަރު 2024

އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް

18 ނޮވެމްބަރު 2024
އިޓަލީ ބަލިކޮށް، ފްރާންސް އެއް ވަނަ އަށް
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
25 ޖޫން 2024

ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް

25 ޖޫން 2024
ފަހު ވަގުތު ލަނޑު ޖަހައިގެން، ޗެމްޕިއަން އިޓަލީ ގަދަ 16 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު