Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ފަރާތުން ޖިންސީ ގޯނާކުރި ކަމަށްބުނެ ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި

9 އޯގަސްޓު 2026 | އާދީއްތަ 06:42

ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ބަލިމީހަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައި. ބަލިމީހުންގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަށް އިސްކަންދޭކަން ފާހަގަކޮށް، ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށް ވެސް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވޭ. ބަލިމީހުން ހުށަހަޅާ ކަންބޮޑުވުންތައް ސީރިއަސްކޮށް ބަލައި، ގާނޫނީ މިންގަނޑުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ މުއައްސަސާއިން ދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 9 އޯގަސްޓު 2026 | އާދީއްތަ 06:42
ހުޅުމާލެ ހޮސްޕިޓަލް. އެ ހޮސްޕިޓަލުން ވަނީ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައި

ހުޅުމާލެ ހޮސްޕިޓަލް. އެ ހޮސްޕިޓަލުން ވަނީ ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައި | ރާއްޖެއެމްވީ

ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދިޔަ މީހަކަށް، އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ ފަރާތުން ޖިންސީ ގޯނާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ. 

ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދިޔަ މީހަކަށް، އެ ހޮސްޕިޓަލުގެ ޑޮކްޓަރެއް ޖިންސީ ގޯނާކުރި ކަމަށްބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވާހަކަތަކާ ގުޅިގެން ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ، ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކެއް އެ ހޮސްޕިޓަލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. 

Advertisement - newsAdvertisement

ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ޚިދުމަތްތަކެއް ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް ނުވަތަ މައްސަލައަކީ ވެސް ނުހަނު ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ގާނޫނީ މިންގަނޑުތަކުގެ ތެރެއިން ފިޔަވަޅު އަޅަމުންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ބަލިމީހުންނަށް ދެވޭ ފަރުވާއާއި ސިއްހީ ޚިދުމަތުގެ ފަންނީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ދައުލަތުގެ މުއައްސަސާއެއް
ހޮސްޕިޓަލުގެ ބަޔާން

މީގެ އިތުރުން، ބަލިމީހާގެ ރުހުން ހޯދުމާއި ކްލިނިކަލް އުސޫލުތަކަށް އެންމެހާ މުވައްޒަފުން އަމަލުކުރުމަށް ބާރުއަޅާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަގީގަތް ބެލުމެއް ނެތި ފަތުރާ މައުލޫމާތުތަކުގެ ސަބަބުން ޚިދުމަތް ހޯދާ މީހުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ނަފްސާނީ ނުތަނަވަސްކަން ލިބޭތީ އެކަމާ ހޮސްޕިޓަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިފަދަ ކަންކަމުގެ ސަބަބުން ޚިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވެދާނެތީ، ކަށަވަރުނުވާ ހަގީގަތާ ޚިލާފު މައުލޫމާތު ނުފެތުރުމަށް ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެ އެވެ. 

ހުޅުމާލެ ހޮސްޕިޓަލްޖިންސީ ގޯނާ

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2026

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

05 ސެޕްޓެމްބަރު 2026
16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި
03 ސެޕްޓެމްބަރު 2026

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

03 ސެޕްޓެމްބަރު 2026
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
31 އޯގަސްޓު 2026

އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!

31 އޯގަސްޓު 2026
އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!
31 އޯގަސްޓު 2026

3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!

31 އޯގަސްޓު 2026
3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!
28 އޯގަސްޓު 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ

28 އޯގަސްޓު 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ
26 އޯގަސްޓު 2026

ހުޅުމާލެ ހޮސްޕިޓަލުގެ ސީޓީ ސްކޭން ކޮޓަރީގެ ބޭރުގައި އަމިއްލަ ކުންފުންޏެއްގެ އިސްތިހާރު ޖަހާފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

26 އޯގަސްޓު 2026
ހުޅުމާލެ ހޮސްޕިޓަލުގެ ސީޓީ ސްކޭން ކޮޓަރީގެ ބޭރުގައި އަމިއްލަ ކުންފުންޏެއްގެ އިސްތިހާރު ޖަހާފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
04 އޯގަސްޓު 2026

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

04 އޯގަސްޓު 2026
16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި
13 ޖުލައި 2026

ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ

13 ޖުލައި 2026
ރާއްޖޭގައި ހިމަބިހި ޖެހިގެން ޒުވާނަކު ނިޔާވެއްޖެ
15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
10 ޖޫން 2026

އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި

10 ޖޫން 2026
އަންހެން ދަރިއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް