ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ
28 އޯގަސްޓު 2026 | ހުކުރު 14:06އއ. ތޮއްޑޫގައި 7 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރިޕޯޓްކުރުމުން، އެ ރަށު ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ރަޖިސްޓްރީނުކޮށް ލަސްކުރި ކަމަށް ބުނެ އިހުމާލުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ. މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ކުއްޖާގެ އާއިލާއިން މިހާރު ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައި


ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ | ސޯޝަލް މީޑިއާ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖެ އެމްވީއަށް އެ ކުއްޖާގެ މަންމަ ބުނީ ތޮއްޑޫގައި 7 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނަށް 1 ޖުލައި 2026 ގައި ހުށަހަޅާފައިވާ ކަމަށާއި ހަމަ އެ ދުވަހު ބަޔާން ދީފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުލިބިގެން 4 ޖުލައިގައި ޕޮލިސް ސްޓޭޝަނަށް ދިޔުމުން ޖަވާބުގައި ޕޮލިހުން ވަނީ މައްސަލަ ޖައްސަން ބޭނުންވޭތޯ ސުވާލުކޮށްފައި ކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. އަދި ކުރިން ވެސް މައްސަލަ ރައްދުވާ މީހާއާ ދެކޮޅަށް ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލައެއް ހުށަހެޅި ފަރާތުން ނަގާފައިވުމުން، ޔަގީން ނުވާތީ މައްސަލަ ރަޖިސްޓްރީ ނުކުރީ ކަމަށް ފުލުހުން ބުނި ކަމަށް ބުނެ ބެލެނިވެރިޔާ ވަނީ މިއީ އޭނަ ބަލަން ޖެހޭ ކަމެއްތޯ ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
މައްސަލަ ރަޖިސްޓްރީކޮށްދިނީ މައްސަލަ ހުށަހެޅިތާ 3 ދުވަސް ފަހުން ކަމަށް ވެސް ކުއްޖާގެ މަންމަ ބުންޏެވެ. އަދި މިކަމާއި ގުޅޭ ގޮތުން ޖެންޑަރ މިނިސްޓްރީއަށް ގުޅުމުން މިކަންް އެނގިފައިނުވާ ކަމަށް ބުނި ކަމަށް ކުއްޖާގެ މަންމަ މައުލޫމާތު ދިނެވެ.
މީގެ އިތުރުން، މި މައްސަލަ ބަލައިދީ އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ޕްރޮސިކުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.










