ޖާޒާންގައި ހުންނަ އަރަމްކޯގެ ތެޔޮ ރިފައިނަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
9 އޯގަސްޓު 2026 | އާދީއްތަ 05:17އަރަމްކޯގެ ސިނާއީ ސަލާމަތީ ޓީމުތަކުން ބުނެފައި ވަނީ، އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކޮށްފައިވާ ކަމަށް. އަދި މިހާރު ކުރަމުން އަންނަނީ މި ހާދިސާއާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވޭ

ސައުދީ އަރަމްކޯގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން | ސޯޝަލް މީޑިއާ
ސައުދީ އަރަބިއްޔާގެ ހުޅަނގު ދެކުނު ސަރަހައްދުގައި ހުންނަ އަރަމްކޯގެ ޖާޒާން ރިފައިނަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އާދީއްތަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާއާ ގުޅިގެން، އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ ފަރާތްތަކުންް ވަނީ އަލިފާންގަނޑު ނިއްވާލައިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް، ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައި އެވެ.
އަރަމްކޯގެ ސިނާއީ ސަލާމަތީ ޓީމުތަކުން ބުނެފައި ވަނީ، އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ މި ހާދިސާއާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް ވެސް ބުނެފައިވެ އެވެ.
ސައުދީ އަރަމްކޯގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން
ޖާޒާން ރިފައިނަރީއަކީ ދުވާލަކު ހަތަރު ލައްކަ ބެރަލް ވަށައިގެން ތެޔޮ ޕްރޮސެސް ކުރާ ވަރަށް ބޮޑު ތަނެކެވެ. މި ރިފައިނަރީ އިން ޕެޓްރޯލް އަދި ސަލްފަރު ޑީސަލް ފަދަ ރިފައިންޑް އުފައްދަ އެވެ.
ސައުދީ އަރަބިއްޔާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އުފައްދާ ޤައުމެވެ. އަރަމްކޯ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުންޏެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވެސް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ތަހުގީގު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު މައުލޫމާތު ލިބުމުން އާންމު ކުރާނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.
މަސްދަރު: ރޮއިޓާސް










