Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

މިދިޔަ އަހަރު ލަންޑަންގައި މަރުވެފައި އޮއްވާ ފެނުނު ސައުދީގެ ޒުވާން އަމީރު މަރުވީ، ޑްރަގްސް އާއި އަލްކޮހޯލް ބޭނުންކޮށްގެންކަން ހާމަވެއްޖެ

25 ޖުލައި 2026 | ހޮނިހިރު 10:50

އުމުރުން 29 އަހަރުގެ އަމީރު އަބްދުﷲ ބިން ފަހަދު ބިން އަބްދުﷲ ބިން އަބްދުލް އަޒީޒް ބިން ޖަލާވީ އަލް ސައުދު މަރުވެފައި އޮއްވާ ފެނުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ލަންޑަނުގެ ކެންސިންގްޓަންގައި ހުންނަ މެރިއޮޓް ހޮޓަލުގެ ކޮޓަރިއެއްގެ ފާޚާނާ ތެރެއިން. އޭނާ ފެނުނީ އެ ކޮޓަރި ސާފު ކުރަން ވަތް މުވައްޒަފަކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2026 | ހޮނިހިރު 10:50
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންޑަންގައި މަރުވެފައި އޮއްވާ ފެނުނު އަމީރު އަބްދުﷲ ބިން ފަހަދު ބިން އަބްދުﷲ ބިން އަބްދުލް އަޒީޒް ބިން ޖަލާވީ އަލް ސައުދު

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންޑަންގައި މަރުވެފައި އޮއްވާ ފެނުނު އަމީރު އަބްދުﷲ ބިން ފަހަދު ބިން އަބްދުﷲ ބިން އަބްދުލް އަޒީޒް ބިން ޖަލާވީ އަލް ސައުދު | ރޮއިޓާސް

ލަންޑަންގެ މުއްސަނދި ސަރަހައްދެއްގައި ހުންނަ ލަގްޒަރީ ހޮޓަލެއްގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ޒުވާން އަމީރަކު މަރުވެފައި އޮއްވާ ފެނުނީ، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބާރުގަދަ ބޭސްތަކެއް އެއްފަހަރާ ބޭނުން ކުރުމުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ކަމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ބޭއްވި އިންކުއެސްޓަކުން ކަނޑައަޅައިފި އެވެ.

އުމުރުން 29 އަހަރުގެ އަމީރު އަބްދުﷲ ބިން ފަހަދު ބިން އަބްދުﷲ ބިން އަބްދުލް އަޒީޒް ބިން ޖަލާވީ އަލް ސައުދު މަރުވެފައި އޮއްވާ ފެނުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު، ލަންޑަނުގެ ކެންސިންގްޓަންގައި ހުންނަ މެރިއޮޓް ހޮޓަލުގެ ކޮޓަރިއެއްގެ ފާޚާނާ ތެރެއިންނެވެ. އޭނާ ފެނުނީ އެ ކޮޓަރި ސާފު ކުރަން ވަތް މުވައްޒަފަކަށެވެ.

އެ ސަރަހައްދަށް ޕެރަމެޑިކުން ގޮސް އަމީރު ސަލާމަތްކުރުމަށް މަސައްކަތް ކުރި ނަމަވެސް، އޭނާ މަރުވެފައިވާ ކަމަށް އެ ތަނުގައި ވަނީ ކަނޑައަޅާފައެވެ.

ލަންޑަންގެ ކޯޓުގައި ބޭއްވި އިންކުއެސްޓްގައި ހާމަވި ގޮތުގައި، އަމީރު މަރުވިއިރު އޭނާގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ ބާރުގަދަ މާއްދާތަކެއް ހުއްޓެވެ. އެގޮތުން އިނގިރޭސިވިލާތުގައި ދުއްވާ އެއްޗެހި ދުއްވުން މަނާ މިންގަނޑަށް ވުރެ ތިން ގުނަ އިތުރަށް އޭނާގެ ލޭގައި އަލްކޮހޯލް ހުރި ކަމަށް ތަހުލީލުތަކުން ދައްކަ އެވެ. މީގެ އިތުރުން ޕާޓީ ޑްރަގެއް ކަމަށްވާ ޖީއެޗްބީ އާއި، ހާސް ކަމަށް ބޭނުންކުރާ ބާރުގަދަ ބޭހެއް ކަމަށްވާ ޒެނެކްސްގެ އަސަރު ވެސް އޭނާގެ ހަށިގަނޑުން ފެނިފައިވެ އެވެ.

މި ހާދިސާ ހިނގުމުގެ ތިން މަސް ކުރިން، އަމީރު ވަނީ މަސްތުވާތަކެއްޗާއި، ބޭހަށް ދެވި ހިފާފައިވާ މިންވަރު ކުޑަ ކުރުމަށް ލަންޑަންގެ މަޝްހޫރު ޕްރަޔަރީ ކްލިނިކުގައި ފަރުވާ ހޯއްދަވާފައި އެވެ. އެ ކްލިނިކުގައި ހަފުތާއަކު 47،000 އެމެރިކާ ޑޮލަރު ފަރުވާ އަށް ހޭދަވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެތަނުގެ ކޮންސަލްޓަންޓް ސައިކޭޓްރިސްޓް ޑރ. ވިކްޓޯރިއާ ޗަމޯރޯ ވިދާޅުވި ގޮތުގައި، އަމީރު އެތަނުގައި ފަރުވާ ހޯއްދެވީ އަލްކޮހޯލް އާއި ބެންޒޯޑިއަޒެޕިން ފަދަ ބޭސްތަކުން ސަލާމަތް ވުމަށެވެ. ފަރުވާ ނިންމަވާފައި ދިޔައިރު އޭނާގެ ފަރާތުން އަމިއްލަ އަށް މަރުވުމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށް ވެސް ޑޮކްޓަރު ފާހަގަކުރެއްވި އެވެ.

ޕްރަޔަރީ ކްލިނިކަށް ފަހު، އަމީރު ވަނީ މާސީސައިޑްގައި ހުންނަ ރެއިންފޯޑް ހޯލް ކްލިނިކުގައި ވެސް އިތުރު ފަރުވާ ހޯއްދަވާފައި އެވެ. އެތަނުން އޭނާ ދޫކޮށްލީ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ. އަމީރު އެންމެ ފަހުން ސީސީޓީވީ ފޫޓޭޖުން ފެނިފައި ވަނީ ހޮޓަލުން ބޭރަށް ސިނގިރޭޓެއް ބޯން ނުކުމެ އުޅެނިކޮށެވެ. އިނގިރޭސީ ކަމާ ބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ އަމިއްލަ އަށް މަރުވުމަށް ކުރި ކަމެއް ނޫނެވެ. ނަމަވެސް މިއީ ބޭނުން ކުރެވުނު މާއްދާތަކެއްގެ ސަބަބުން ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށް ބުނެފައިވެ އެވެ. 

މަސްދަރު: ނިޔު ޔޯކް ޕޯސްޓް

ސައޫދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

18 ޖޫން 2026

ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް

18 ޖޫން 2026
ޝަހާދަތުގެ ކަލިމަ ލިޔެފައިވާތީ ސައުދީގެ ދިދަ ބިން މަތީގައި ނުބާއްވާ، ޚާއްޞަ އުސޫލެއް
17 ޖޫން 2026

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ކެބިނެޓު ބައްދަލުވުމުން، އީރާން އާއި އެމެރިކާގެ އެއްބަސްވުމަށް މަރުޙަބާ ކިޔައިފި

17 ޖޫން 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ކެބިނެޓު ބައްދަލުވުމުން، އީރާން އާއި އެމެރިކާގެ އެއްބަސްވުމަށް މަރުޙަބާ ކިޔައިފި
10 މެއި 2026

ސައުދީ އަރަމްކޯގެ ފައިދާ 25 އިންސައްތަ އިތުރުވެއްޖެ

10 މެއި 2026
ސައުދީ އަރަމްކޯގެ ފައިދާ 25 އިންސައްތަ އިތުރުވެއްޖެ
22 މާރިޗު 2026

އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި

22 މާރިޗު 2026
އީރާން އިން ސައުދީ އަށް ދިން ހަމަލާތައް ފަލަސްޠީނުން ކުށްވެރި ކޮށްފި
19 މާރިޗު 2026

އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި

19 މާރިޗު 2026
އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ސައުދީގެ ފޮރިން މިނިސްޓަރު ދެއްވައިފި
11 މާރިޗު 2026

ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް

11 މާރިޗު 2026
ވަލީ އަހުދު މުޙައްމަދު ރިޔާސަތު ބެލެހެއްޓެވި ސައުދީގެ ކެބިނެޓުން ވެސް ނިންމީ އީރާން ކުށްވެރި ކުރާ ކަމަށް، އެމެރިކާ އާއި އިޒްރޭލްގެ ވާހަކައެއް ނެތް
11 މާރިޗު 2026

ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި

11 މާރިޗު 2026
ޕްރިން ސުލްޠާން އެއާ ބޭސް އަށް އަމާޒު ކުރި ހަ ބެލިސްޓިކް މިސައިލް ސައުދީ އިން ނައްތާލައިފި
10 މާރިޗު 2026

ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ

10 މާރިޗު 2026
ސައުދީގެ އަލް-ޒުލްފީ އަށް ޑްރޯން ތަކެއް ވެއްޓި ގެއްލުން ތަކެއް ލިބިއްޖެ
28 ފެބުރުއަރީ 2026

އީރާން އިން ސައުދީ އަަށް ހަމަލާ އަމާޒު ކުރި ކަމަށް އެ ޤައުމުން ބުނެފި

28 ފެބުރުއަރީ 2026
އީރާން އިން ސައުދީ އަަށް ހަމަލާ އަމާޒު ކުރި ކަމަށް އެ ޤައުމުން ބުނެފި
26 ފެބުރުއަރީ 2026

ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި

26 ފެބުރުއަރީ 2026
ޔަމަންގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށް ސައުދީ އިން އެއް ބިލިއަން ރިޔާާލްގެ އެހީ ދޭން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް