Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކެނެޑާ

އެމެރިކާއާ ދެކޮޅަށް، އައިސީސީ އަށް ދެމުންދާ އެއްބާރުލުން ކެނެޑާ އިން ދަމަހައްޓާނަން: ބޮޑު ވަޒީރު ކާނީ

6 އޯގަސްޓު 2026 | ބުރާސްފަތި 08:38

ބޮޑު ވަޒީރު ކާނީ ވިދާޅުވީ، ކެނެޑާ އަކީ އައިސީސީގެ ފަޚުރުވެރި މެންބަރެއް ކަމަށާއި، މާލީ ގޮތުންނާއި އިންސާނީ ވަސީލަތްތަކުގެ ގޮތުން ވެސް އެ ކޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް. އަދި ކެނެޑާގެ އުސޫލުތަކާއި އަމަލުތަކުން ވެސް އެ ކޯޓަށް ތާއީދު ކުރާކަން ހާމަވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ ސިޔާސަތު ބަދަލު ނުވާނެ ކަމަށް އޭނާ ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2026 | ބުރާސްފަތި 08:38
ކެނެޑާގެ ބޮޑު ވަޒީރު މާާކް ކާނީ އާއި އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކެނެޑާގެ ބޮޑު ވަޒީރު މާާކް ކާނީ އާއި އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު (އައިސީސީ) އަށް އެމެރިކާ އިން ފިއްތުންތައް ކުރިމަތި ކުރަމުންދާ ދަނޑިވަޅެއްގައި، އެ ކޯޓަށް ކެނެޑާ އިން ދެމުންދާ އެއްބާރުލުން ދަމަހައްޓާނެ ކަމުގެ ޔަޤީންކަން، ކެނެޑާގެ ބޮޑު ވަޒީރު މާާކް ކާނީ ދެއްވައިފި އެވެ.

ބޮޑު ވަޒީރު ކާނީ ވިދާޅުވީ، އައިސީސީގެ މެންބަރު ކަމުން ވަކިވުމަށާއި، އެ ކޯޓަށް ދޭ ފަންޑު ހުއްޓާލުމަށް އެމެރިކާ އިން އެކުވެރި ޤައުމުތަކަށް ބާރު އަޅަމުން ދިޔަ ނަމަވެސް، ކެނެޑާ އިން އެ މުއައްސަސާ އަށް ފުރިހަމަ އަށް ތާއީދު ކުރާނެ ކަމަށެވެ. 

މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ކާނީ ވިދާޅުވީ، ކެނެޑާ އަކީ އައިސީސީގެ ފަޚުރުވެރި މެންބަރެއް ކަމަށާއި، މާލީ ގޮތުންނާއި އިންސާނީ ވަސީލަތްތަކުގެ ގޮތުން ވެސް އެ ކޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ކެނެޑާގެ އުސޫލުތަކާއި އަމަލުތަކުން ވެސް އެ ކޯޓަށް ތާއީދު ކުރާކަން ހާމަވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ ސިޔާސަތު ބަދަލު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ މަސްރަހު ނުތަނަވަސްވަމުންދާ މިންވަރަކަށް އައިސީސީގެ ދައުރު އިތުރަށް މުހިންމު ވަމުންދާކަން ވެސް ބޮޑު ވަޒީރު ކާނީ ފާހަގަ ކުރެއްވި އެވެ.

އައިސީސީ އަށް ދެމުން އަންނަ އެއްބާރުލުން ދަމަހައްޓާނެ ކަމަށް ވިދާޅުވެ، ކެނެޑާގެ ބޮޑު ވަޒީރު ކާނީ ވިދާޅުވުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އައިސީސީ އަށް އަމާޒުކޮށް ފާޑު ކިޔުންތައް އިތުރު ކޮށްފައި ވަނީ، ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން، އެ ޤައުމުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރު އެ ކޯޓުން ނެރުމާ ގުޅިގެންނެވެ. އައިސީސީ އުފެއްދި ރޯމް މުއާހަދާގައި އެމެރިކާ އިން ބައިވެރިވެފައި ނުވެ އެވެ.

ޣައްޒާގައި ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން 2024 ވަނަ އަހަރު ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރު ނެރުއްވި އައިސީސީގެ ކުރީގެ ޕްރޮސިކިއުޓަރު ކަރީމް ޚާން، ދާދި ފަހުން ވަނީ ސުލޫކީ މައްސަލަތަކެއްގައި މަޤާމުން ވަކި ކޮށްފައި އެވެ.

މީގެ އިތުރުން، އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންނާ ގުޅޭ މައްސަލައެއް ބެއްލެވުމާ ގުޅިގެން، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އެމެރިކާ އިން ވަނީ އައިސީސީގެ ކެނެޑާ ފަނޑިޔާރު ކިމްބާލީ ޕްރޯސްޓް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅާފައި އެވެ. ޕްރޯސްޓް އަކީ އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތައް އަމާޒުވި އައިސީސީގެ ހަތަރު އޮފިޝަލުންގެ ތެރެއިން އެކަކެވެ. މިފަދަ ފިއްތުންތަކާ އެކު ވެސް، ކެނެޑާ އިން ދެމި އޮތީ ބައިނަލްއަޤުވާމީ އިންސާފު ގާއިމުކުރުމުގައި އައިސީސީ އާއެކު ކަމަށް ބޮޑު ވަޒީރު ކާނީގެ ވާހަކަތަކުން ސާފު ވެގެންދެ އެވެ.

އައިސީސީ އަށް ދެމުން އަންނަ އެއްބާރުލުން ދަމަހައްޓާނެ ކަމަށް ކާނީ ވިދާޅުވުމާ ގުޅިގެން، އެމެރިކާ އާއި ކެނެޑާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެގެން ދާނެ ކަމަށް ބެލެވެ އެވެ. މީގެ ކުރިން ވެސް ގްރީންލޭންޑުގެ މައްސަލަ އާއި އެހެނިހެން މައްސަލަތަކުގައި ޓްރަމްޕް ވަނީ ކެނެޑާ އާއި އެ ޤައުމުގެ ބޮޑު ވަޒީރު ކާނީ އަށް ވަރަށް ބޮަޑަށް ފާޑު ވިދާޅުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)މާކް ކާނީޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

ޓްރަމްޕް މިފަހަރު ކުރެއްވީ އީރާން އަށް ތައުރީފު!

06 އޯގަސްޓު 2026
ޓްރަމްޕް މިފަހަރު ކުރެއްވީ އީރާން އަށް ތައުރީފު!
06 އޯގަސްޓު 2026

އިންފަންޓީނޯ އަށް އޮތް އިތުބާރު މުޅިން ގެއްލިއްޖެ: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

06 އޯގަސްޓު 2026
އިންފަންޓީނޯ އަށް އޮތް އިތުބާރު މުޅިން ގެއްލިއްޖެ: ކެނެޑާގެ ބޮޑު ވަޒީރު ކާނީ
06 އޯގަސްޓު 2026

އީރާނު ހަނގުރާމައަށް ބޭނުންވާ އެމެރިކާގެ ހަތިޔާރު މަދުވި މައްސަލައިގައި އޮޅުވާލިކަމަށް ވިދާޅުވެ ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ ހަނގުރާމަ އާ ބެހޭ ވަޒީރުއާ ކުރިމަތިލައްވައިފި

06 އޯގަސްޓު 2026
އީރާނު ހަނގުރާމައަށް ބޭނުންވާ އެމެރިކާގެ ހަތިޔާރު މަދުވި މައްސަލައިގައި އޮޅުވާލިކަމަށް ވިދާޅުވެ ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ ހަނގުރާމަ އާ ބެހޭ ވަޒީރުއާ ކުރިމަތިލައްވައިފި
05 އޯގަސްޓު 2026

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

05 އޯގަސްޓު 2026
އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!
05 އޯގަސްޓު 2026

ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި

05 އޯގަސްޓު 2026
ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި
05 އޯގަސްޓު 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް، "ކުރިއަށް އަދި އޮތީ!"

05 އޯގަސްޓު 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް، "ކުރިއަށް އަދި އޮތީ!"
04 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ

04 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
04 އޯގަސްޓު 2026

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

04 އޯގަސްޓު 2026
މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!
03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް