Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ

4 އޯގަސްޓު 2026 | އަންގާރަ 13:15

އީރާނާއެކު މަޝްވަރާކޮށްގެން ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާއިން ބުނި ނަމަވެސް، އީރާނުން ވަނީ އެފަދަ އެއްބަސްވުމެއް ނެތް ކަމަށް ބުނެ އެކަން ދޮގުކޮށްފައި. މި ނުތަނަވަސްކަމުގެ ތެރޭގައި އެ ސަރަހައްދުން ދަތުރުކުރި ބޯޓަކަށް ހަމަލާއެއް އަމާޒުވެފައިވާއިރު، ކަނޑުއޮޅި ހުޅުވިއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ހަމައަކަށް އެޅޭނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ވިދާޅުވި

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 13:15
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، 2026 ޖުލައި 30 ގައި ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ބޭރުގައި މީޑިއާތަކާ ވާހަކަދައްކަވަނީ

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް، 2026 ޖުލައި 30 ގައި ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގެ ބޭރުގައި މީޑިއާތަކާ ވާހަކަދައްކަވަނީ | ގެޓީ އިމޭޖަސް

އީރާނާއެކު އެއްބަސްވުމަކަށް އާދެވި، ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހުގެ ކުރިން އަލުން ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މީގެ ސަބަބުން ހަކަތައިގެ ބާޒާރުގައި އަގުތައް ހަމައަކަށް އެޅިގެންދާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ސީ.އެން.ބީ.ސީ އަށް ދެއްވި އިންޓަވިއުއެއްގައި ބެސެންޓް ވިދާޅުވީ، އެމެރިކާއިން އީރާނާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އެއްބަސްވުމަކަށް އާދެވި، ހުރްމުޒް ކަނޑުއޮޅި ހުޅުވާލައި، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ލިބި އާންމު ހާލަތަކަށް ރުޖޫއަވުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގެ ދަށުން، ކަނޑުއޮޅި ބޭނުންކުރާ އުޅަނދުފަހަރުގެ އަތުން އީރާނަށް ފީއެއް ނެގުމުގެ ފުރުސަތު އޮންނާނެތޯ ސުވާލުކުރުމުން ބެސެންޓް ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއްބަސްވުމުގެ ދަށުން އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ބެސެންޓްގެ މި ވާހަކަތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ދެއްކެވި ވާހަކަފުޅުތަކާ އެއްގޮތް ވާހަކަތަކެކެވެ. އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާއެއް ދޭނެ ކަމަށް ވިދާޅުވެ ކުރިން ދެއްވި އިންޒާރުތައް އަނބުރާ ގެންދެވުމަށްފަހު، ޓްރަމްޕް ވިދާޅުވީ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ކަނޑުއޮޅި އަލުން ހުޅުވާލެވިދާނެ ކަމަށެވެ.

ނަމަވެސް، ވޮޝިންގޓަނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެ އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި އަންގާރަ ދުވަހު، އެމެރިކާއާއި އީރާނުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް، ކޮން އެއްޗެއްކަން ނޭނގޭ ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ.

ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން އީރާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ހަކަތައިގެ އަގުތަކަށް އަންނާނެ ހެޔޮ ބަދަލާ މެދު ބެސެންޓް ހުންނެވީ އުންމީދާއެކުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުވެސް އެ ސަރަހައްދުން ބޭރަށް ނުދެވި ސަތޭކައަށްވުރެ ގިނަ އުޅަނދުފަހަރު ވަނީ މަޑުކޮށްގެންނެވެ.

ވޭތުވެދިޔަ މަދު ދުވަސްތަކުގައި އެ ސަރަހައްދުގެ ހާލަތު ނުރައްކާތެރިކޮށް އޮތް ނަމަވެސް، މިހާރުވެސް ބައެއް އުޅަނދުފަހަރު އެ ސަރަހައްދުން ނުކުންނަމުންދާކަން ފާހަގަކުރެވޭ ކަމަށް ބެސެންޓް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހަކަތައިގެ އަގުތައް އަލުން ދަށްވެ ހަމައަކަށް އެޅޭނެ ކަމަށް ބެލެވޭ ކަމަށާއި، މިއީ މުޅި ދުނިޔެއަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ.

އީރާން-އެމެރިކާސްކޮޓް ބެސެންޓްހުރްމުޒް ކަނޑުއޮޅިޑޮނަލްޑް ޓްރަމްޕްހަކަތައިގެ އަގުތައް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ބޭނުންކޮށް ގާތްގަނޑަކަށް ހުސްވެއްޖެ: ރިޕޯޓް

04 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ބޭނުންކޮށް ގާތްގަނޑަކަށް ހުސްވެއްޖެ: ރިޕޯޓް
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
04 އޯގަސްޓު 2026

ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ

04 އޯގަސްޓު 2026
ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ
04 އޯގަސްޓު 2026

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

04 އޯގަސްޓު 2026
މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!
04 އޯގަސްޓު 2026

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ

04 އޯގަސްޓު 2026
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ
04 އޯގަސްޓު 2026

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

04 އޯގަސްޓު 2026
ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ
04 އޯގަސްޓު 2026

ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"

04 އޯގަސްޓު 2026
ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"
03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
03 އޯގަސްޓު 2026

އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް

03 އޯގަސްޓު 2026
އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް
03 އޯގަސްޓު 2026

މޮރޮކޯގެ އެންމެ ބޮޑު ހައިވޭ އަށް ޓްރަމްޕްގެ ނަމުން ނަން ދީފި

03 އޯގަސްޓު 2026
މޮރޮކޯގެ އެންމެ ބޮޑު ހައިވޭ އަށް ޓްރަމްޕްގެ ނަމުން ނަން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް