Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް، "ކުރިއަށް އަދި އޮތީ!"

5 އޯގަސްޓު 2026 | ބުދަ 05:21

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް އެ ސަރަހައްދު ހުޅުވާލާނެ ކަމަށް. އަދި އެކަން އެގޮތަށް ނުވެއްޖެ ނަމަ، އީރާން އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، އެ ހަމަލާތަކަށް ފަހު ކަނޑުއޮޅި ހުޅުވިގެން ދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އޯގަސްޓު 2026 | ބުދަ 05:21
އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އިރާން އާއެކު ކުރިއަށްދާ މަޝްވަރާތައް ނާކާމިޔާބުވެ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާ ނަމަ، އީރާން އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ޓްރަމްޕް ވިދާޅުވީ އިރާން އަށް ދުވަހަކު ވެސް ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެކަން މިހާރު ވެސް އޮތީ އެމަގުން ކަމަށް ވިޔަސް، ކުރިއަށް އޮތް ތަނުގައި އެކަން ރަސްމީ އުސޫލަކަށް ވެގެންދާނެ ކަމަށެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް އެ ސަރަހައްދު ހުޅުވާލާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެއްޖެ ނަމަ، އީރާން އަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، އެ ހަމަލާތަކަށް ފަހު ކަނޑުއޮޅި ހުޅުވިގެން ދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެއާ އެކު ޓްރަމްޕް ވަނީ އީރާން އިން މަޝްވަރާގެ މޭޒަށް އައީ އެމެރިކާ އިން އަޅަމުން ގެންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ވެސް ވިދާޅުވެފައި އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ ތެރެއިން

މީގެ ކުރިން އީރާން އަށް ދޭން އުޅުނު ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދެވޭނެ އެންމެ ވަރުގަދަ ހަމަލާއަށް ވާނެ ކަމަށެވެ. ނަމަވެސް އެ ހަމަލާ ދޭން އުޅެނިކޮށް އީރާންގެ ފަރާތުން ވަރަށް އަދަބުވެރިކަމާއެކު ގުޅައި، މަޝްވަރާ ކުރުމަށް އެދުނު ކަމަށް ޓްރަމްޕް ހާމަކުރެއްވި އެވެ. އެހެންކަމުން އެ ފުރުސަތު ދެއްވީ މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ނިޔަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާން އިން އަނެއްކާ ވެސް މަޝްވަރާތަކުން ވަކިވެއްޖެ ނަމަ، އެ ގައުމަށް ވަރަށް ނުރައްކާތެރި ހަމަލާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފަ އެވެ. އެމެރިކާ އިން މިހާރު ވެސް އީރާން އަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެންމެ ވަރުގަދަ ހަމަލާތައް އަދި ކުރިއަށް އޮތީ ކަމަށެވެ. ނަމަވެސް އެފަދަ ބާރެއް ބޭނުން ކުރަން ނުޖެހި މައްސަލަ ހައްލު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ

04 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
04 އޯގަސްޓު 2026

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

04 އޯގަސްޓު 2026
މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!
03 އޯގަސްޓު 2026

ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި

03 އޯގަސްޓު 2026
ޕްރެޝަރު ބޮޑުވެ އެންމެފަހުން އިންފަންޓީނޯ ޓްރަމްޕްގެ އެހީތެރިކަމަށް އެދިވަޑައިގެންފި
03 އޯގަސްޓު 2026

އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް

03 އޯގަސްޓު 2026
އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް
03 އޯގަސްޓު 2026

މޮރޮކޯގެ އެންމެ ބޮޑު ހައިވޭ އަށް ޓްރަމްޕްގެ ނަމުން ނަން ދީފި

03 އޯގަސްޓު 2026
މޮރޮކޯގެ އެންމެ ބޮޑު ހައިވޭ އަށް ޓްރަމްޕްގެ ނަމުން ނަން ދީފި
03 އޯގަސްޓު 2026

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ

03 އޯގަސްޓު 2026
އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް