Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

ޓްރަމްޕް މިފަހަރު ކުރެއްވީ އީރާން އަށް ތައުރީފު!

6 އޯގަސްޓު 2026 | ބުރާސްފަތި 08:30

ފޮކްސް ފައިވްގެ ލަސްވޭގަސްގެ ނޫސްވެރިޔާ ޓޮމް ޑޫރިއަން އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އިން ބޭނުންވީ މަޝްވަރާ ކުރަން ކަމަށާއި، މިހާރު އެ މަސައްކަތް ވަރަށް އުންމީދީ ގޮތެއްގައި ކުރިއަށްދާ ކަމަށް. ބުދަ ދުވަހުގެ ރޭ އާންމު ކުރި މި އިންޓަވިޔުގައި ޓްރަމްޕް ވަނީ، އިންސާނުން މަރައި، ހުރިހާ ތަނެއް ސުންނާފަތި ކުރުމަަކީ އޭނާ ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ވިދާޅުވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 އޯގަސްޓު 2026 | ބުރާސްފަތި 08:30
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އީރާން އާއެކު ކުރިއަށްގެންދާ މަޝްވަރާތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކަމަށް ސިފަ ކުރައްވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އެ ޤައުމަށް ތައުރީފު ކުރައްވައިފި އެވެ. 

އީރާން އާއެކު ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ކުރިއަށްދާ މަޝްވަރާތަކުގެ ތަފްސީލުތަކަށް ވަޑައިނުގެން، ޓްރަމްޕް ވިދާޅުވީ އެ މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށް އޭނާ އަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. 

ފޮކްސް ފައިވްގެ ލަސްވޭގަސްގެ ނޫސްވެރިޔާ ޓޮމް ޑޫރިއަން އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން އިން ބޭނުންވީ މަޝްވަރާ ކުރަން ކަމަށާއި، މިހާރު އެ މަސައްކަތް ވަރަށް އުންމީދީ ގޮތެއްގައި ކުރިއަށްދާ ކަމަށެވެ. ބުދަ ދުވަހުގެ ރޭ އާންމު ކުރި މި އިންޓަވިޔުގައި ޓްރަމްޕް ވަނީ، އިންސާނުން މަރައި، ހުރިހާ ތަނެއް ސުންނާފަތި ކުރުމަަކީ އޭނާ ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށް ވިދާޅުވެފައި އެވެ. 

ނަމަވެސް، މަޝްވަރާތައް ފެށުމުގެ ކުރިން މަސްރަހު އޮތީ އެފަދަ ނުރައްކާތެރި މިސްރާބަކަށް ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ، ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކަށް ގެއްލުންވުމަކީ އޭނާ ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ވިދާޅުވެފައި އެވެ. 

ލަސްވޭގަސްގައި ބޭއްވި އިތުރު ހަރަކާތެއްގައި އީރާންއާ ގުޅޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކައެއް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމަ އަށް ހަ މަސް ދުވަސް ވެފައިވާއިރު، ދާއިމީ ސުލްހައަކަށް އައުމަށް ދެ ފަރާތުން ކުރާ މަސައްކަތްތަކުން އަދި އެއްވެސް ނަތީޖާއެއް ފެނިފައި ނުވެ އެވެ. އެހެން ނަމަވެސް، ހަނގުރާމަ ފެށުމާ އެކު އީރާން އިން ބަންދު ކޮށްފައިވާ ހުރްމުޒް ކަނޑު އޮޅި ހުޅުވުމުގެ އެއްބަސްވުމާ ގާތަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. 

ލަސްވޭގަސްގައި ބޭއްވި އިތުރު ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދޭނެ އެންމެ ވަރުގަދަ ހަމަލާ އީރާން އަށް ދިނުމަށް އެމެރިކާ އޮތީ ތައްޔާރުވެފައި ކަމަށެވެ. ނަމަވެސް، އެ ހަމަލާ ދިނުމުގެ ކުރިން އީރާން އިން ގުޅި ކަމަށާއި، ހަމަލާ ނުދިނުމަށާއި މަޝްވަރާ ކުރުމަށް އެ ޤައުމުން އެދުނު ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ ފާއިތުވި މަސްތަކުގައި އީރާން އަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ. 

މީގެ ކުރިން އެކި ފަހަރު މަތިން ޓްރަމްޕް ވަނީ އީރާން އަށް ދޭން ރޭވި ހަމަލާތައް ކެންސަލް ކުރެއްވި ކަމަށް ވިދާޅުވެފައި އެވެ. އަދި އެއީ އީރާން އިން މަޝްވަރާ ކުރަން ބޭނުންވާތީ، މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމެވި ނިންމުމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން ހަނގުރާމައީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2026

އީރާނު ހަނގުރާމައަށް ބޭނުންވާ އެމެރިކާގެ ހަތިޔާރު މަދުވި މައްސަލައިގައި އޮޅުވާލިކަމަށް ވިދާޅުވެ ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ ހަނގުރާމަ އާ ބެހޭ ވަޒީރުއާ ކުރިމަތިލައްވައިފި

އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅީގެ މަގުތަކުގެ ކޯޑިނޭޓްތަކަށް އެއްބަސްވެއްޖެ

06 އޯގަސްޓު 2026
އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅީގެ މަގުތަކުގެ ކޯޑިނޭޓްތަކަށް އެއްބަސްވެއްޖެ
05 އޯގަސްޓު 2026

އީރާން-އޮމާން މަޝްވަރާތަކުން ހުރްމުޒް ވަގުތުން ނުހުޅުވޭނެ، ޓްރަމްޕް ދައްކަވަނީ ރަނގަޅު ވާހަކަ އެއް ނޫން

05 އޯގަސްޓު 2026
އީރާން-އޮމާން މަޝްވަރާތަކުން ހުރްމުޒް ވަގުތުން ނުހުޅުވޭނެ، ޓްރަމްޕް ދައްކަވަނީ ރަނގަޅު ވާހަކަ އެއް ނޫން
05 އޯގަސްޓު 2026

އެމެރިކާ، އީރާން އަދި އޮމާން އިން ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގާތަށް، މިއިން ކޮންމެ ބަޔަކު ބޭނުންވަނީ ކޮންކަމެއް؟

05 އޯގަސްޓު 2026
އެމެރިކާ، އީރާން އަދި އޮމާން އިން ހުރްމުޒް ކަނޑުއޮޅި ހުޅުވުމާ ގާތަށް، މިއިން ކޮންމެ ބަޔަކު ބޭނުންވަނީ ކޮންކަމެއް؟
05 އޯގަސްޓު 2026

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

05 އޯގަސްޓު 2026
އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!
05 އޯގަސްޓު 2026

ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި

05 އޯގަސްޓު 2026
ބްރެޒިލުން އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ވިސާ، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބާތިލްކޮށްފި
05 އޯގަސްޓު 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް، "ކުރިއަށް އަދި އޮތީ!"

05 އޯގަސްޓު 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރުތަކެއް އީރާން އަށް، "ކުރިއަށް އަދި އޮތީ!"
04 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން އާންމުން ހާލުގައި ޖެހުނުއިރު ބޮޑެތި ތެޔޮ ކުންފުނިތަކަށް ބިލިއަނުން ފައިދާވެއްޖެ

04 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން އާންމުން ހާލުގައި ޖެހުނުއިރު ބޮޑެތި ތެޔޮ ކުންފުނިތަކަށް ބިލިއަނުން ފައިދާވެއްޖެ
04 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ

04 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ
04 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ބޭނުންކޮށް ގާތްގަނޑަކަށް ހުސްވެއްޖެ: ރިޕޯޓް

04 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ބޭނުންކޮށް ގާތްގަނޑަކަށް ހުސްވެއްޖެ: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް