އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!
5 އޯގަސްޓު 2026 | ބުދަ 11:13އޭނާ ވިދާޅުވީ ހަނގުރާމައިގައި އީރާން ބަލިވެފައިވާ ކަމަށް 106 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް. އަދި އީރާން އާއެކު އަވަސް މުސްތަޤުބަލެއްގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް. އަދި ޓްރަމްޕްގެ މި ބަޔާންތަކުން ދޭހަވަނީ އެމެރިކާގެ ސިޔާސަތުތަކުގެ ތަފާތުކަން ކަމަށާއި، އެކަމުގައި އެއްވެސް ސާފު ކަމެއް ނެތް ކަމަށް


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް
އީރާން އާއި އެމެރިކާއާ ދެމެދު ކުރަމުން އަންނަ މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވަނީ ވަރަށް ތަފާތު ސިޔާސަތެއް ކަމަށާއި، އެއީ އިތުބާރު ކުރެވޭ ސިޔާސަތެއް ނޫން ކަމަށް، އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ޤައުމީ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރަކު ވިދާޅުވެއްޖެ އެވެ.
އީރާންގެ ބްރޯޑްކާސްޓަރު އައިއާރުއައިބީ އަށް ދެއްވި އިންޓަވިޔުއެއްގައި އިރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރު އިސްމާއީލް ކައުސަރީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ހުޅުވިފައިވާ ކަމަށް ޓްރަމްޕް 70 ފަހަރު އިއުލާން ކުރައްވާފައިވާއިރު، ހަގީގަތުގައި އެ ކަނޑުއޮޅު ހުޅުވިފައިނުވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ހަނގުރާމައިގައި އީރާން ބަލިވެފައިވާ ކަމަށް 106 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ. އަދި އީރާން އާއެކު އަވަސް މުސްތަޤުބަލެއްގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއާ އެކު އޭނާ ވިދާޅުވީ، ޓްރަމްޕްގެ މި ބަޔާންތަކުން ދޭހަވަނީ އެމެރިކާގެ ސިޔާސަތުތަކުގެ ތަފާތުކަން ކަމަށާއި، އެކަމުގައި އެއްވެސް ސާފު ކަމެއް ނެތް ކަމަށެވެ.
އެންމެ ފަހުން އަންގާރަ ދުވަހުގެރޭ ޓްރަމްޕް ވިދާޅުވެފައި ވަނީ، އީރާން އާއެކު ގަޑިއިރުތަކެއްގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. ނަމަވެސް، އީރާން އިން ބުނެފައި ވަނީ އެމެރިކާ އާއެކު އެއްވެސް މަޝްވަރާތަކެއް ކުރަމުންނުދާ ކަމަށެވެ. އަދި އެމެރިކާ އިން ބޭނުންވާ ގޮތަކަށް ކަންކަން ވާން ފުރުސަތު ނުދޭނެ ކަމަށް ވެސް، އީރާން އިން އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން އީރާންގެ އިސްވެރިން ބުނަމުން އަންނަނީ، އެމެރިކާ އާއެކު ކުރަމުން އަންނަ މަޝްވަރާތަކުގައި އީރާންގެ ޙައްގުތައް ރައްކާތެރި ކުރާނެ ކަަމަށާއި، އީރާންގެ މަސްލަޙަތު ގެއްލޭ ގޮތަށް އެއްވެސް ވާހަކައެއް ނުދައްކާނެ ކަމަށެވެ. އީރާން އިން ބުނަމުން އަންނަނީ މީގެ ކުރިން އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތައް އުވާލައި، އީރާންގެ ސިޔާދަތަށް އިހުތިރާމް ކުރުމަކީ މަޝްވަރާތައް ފެށުމުގެ ކުރިން ހަމަޖެހިފައި އޮންނަން ޖެހޭނެ ކަންކަން ކަމަށެވެ.
މަސްދަރު: އަލް ޖަޒީރާ










