Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން އާންމުން ހާލުގައި ޖެހުނުއިރު ބޮޑެތި ތެޔޮ ކުންފުނިތަކަށް ބިލިއަނުން ފައިދާވެއްޖެ

4 އޯގަސްޓު 2026 | އަންގާރަ 18:28

އީރާނު ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ނާޖާއިޒު ފައިދާ ނަގައި، ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކުން ރެކޯޑް މިންވަރަކަށް ފައިދާ ހޯދަމުންދާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އެގްޒޯން މޮބިލް އާއި ޝެވްރޮން ފަދަ ކުންފުނިތަކުން ލިބޭ ފައިދާގެ ބައެއް ރައްޔިތުންނަށް ދީ، ތެލުގެ އަގު ހެޔޮކުރުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފަ

ރާއްޖެ އެމްވީ | 4 އޯގަސްޓު 2026 | އަންގާރަ 18:28
ސޫރިޔާގެ ބަނިޔާސްގައި ހުންނަ ބަނިޔާސް އޮއިލް ޓާމިނަލަށް، ޢިރާގުން އައިސްފައިވާ ތެޔޮ ބަރުކޮށްފައިވާ ލޮރީތަކުން ތެޔޮ ހުސްކުރުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ

ސޫރިޔާގެ ބަނިޔާސްގައި ހުންނަ ބަނިޔާސް އޮއިލް ޓާމިނަލަށް، ޢިރާގުން އައިސްފައިވާ ތެޔޮ ބަރުކޮށްފައިވާ ލޮރީތަކުން ތެޔޮ ހުސްކުރުމުގެ މަސައްކަތުގައި މީހަކު ހަރަކާތްތެރިވަނީ | ރޮއިޓާސް

މެދުއިރުމަތީގެ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި، ތެލުގެ އަގުތައް މައްޗަށް ދާތާ މަސްތަކެއް ވެއްޖެ އެވެ. މީގެ ސަބަބުން މުޅި ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

ޕާޝިއަން ގަލްފާ އެތައް ހާސް މޭލެއް ދުރުގައި ހުރި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި އާންމު ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލިފައިވާއިރު، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކުން ދަނީ އާދަޔާޚިލާފު ބޮޑު ފައިދާއެއް ނަގަމުންނެވެ. އެގްޒޯން މޮބިލް، ޝެވްރޮން، ޝެލް އަދި ބީޕީ ފަދަ ކުންފުނިތަކުން ވަނީ މި ހަލަބޮލިކަމުގެ ތެރެއިން ބިލިއަނުން ފައިދާ ހޯދާފަ އެވެ. ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގި ދިގުލައިގެން ގޮސް، ރަތްކަނޑަށް ހަމަނުޖެހުންތައް ފެތުރެމުންދާއިރު، މި ކުންފުނިތަކުގެ ފައިދާ ދަނީ އިތުރުވަމުންނެވެ.

އީރާނު ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކަށް ލިބުނީ ކިހާ ފައިދާއެއް؟ 

އުފައްދާ އަދި ސަޕްލައިކުރާ ތެލުގެ ބޮޑު ބައެއް ހުރްމުޒް ކަނޑުއޮޅިއާ ދުރު ސަރަހައްދުތަކަށް ނިސްބަތްވާ މި ކުންފުނިތަކުން ދަނީ ބޮޑެތި ފައިދާތަކެއް ޖަމާކުރަމުންނެވެ.

އެގްޒޯން މޮބިލް: އެމެރިކާގެ އެންމެ ބޮޑު ތެޔޮ ކުންފުނިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 14.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. އަދި އެޖަސްޓެޑް އާނިންގްސްގެ ގޮތުގައި 14.7 ބިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ކުންފުންޏަށް ކުއާޓަރެއްގައި ލިބުނު އެންމެ ބޮޑު ފައިދާ އެވެ.

ގަތަރުގައި ތެޔޮ އުފެއްދުމަށް ދިމާވި ބައެއް ހުރަސްތަކުގެ ސަބަބުން ވޯލް ސްޓްރީޓްގެ އުންމީދުތަކާ ހަމައަށް ފައިދާ ނުދިޔަ ނަމަވެސް، އީރާނު ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމާއި ރިފައިނިންގް މާޖިން ވަރުގަދަވުމަކީ އެ ކުންފުނީގެ ފައިދާ އިތުރުވި މައިގަނޑު ސަބަބެވެ.

ޝެވްރޮން: އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ކުންފުނިން ވަނީ ދެވަނަ ކުއާޓަރުގައި 12 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާކަން ހާމަކޮށްފަ އެވެ. މިއީ ފާއިތުވި ހަ އަހަރު ތެރޭގައި އެ ކުންފުންޏަށް ކުއާޓަރެއްގައި ލިބުނު އެންމެ ބޮޑު ފައިދާ އެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެ ކުންފުނީގެ އަޕްސްޓްރީމް އަދި ޑައުންސްޓްރީމް މަސައްކަތްތަކަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފަ އެވެ. އެގޮތުން އަޕްސްޓްރީމް ފައިދާ އަހަރުން އަހަރަށް 200 އިންސައްތަ އިތުރުވެ 8.2 ބިލިއަން ޑޮލަރަށް އެރިއިރު، ޑައުންސްޓްރީމް ފައިދާ ވަނީ 4.9 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިއީ 2010 ގެ ކުރީކޮޅަށްފަހު ޝެވްރޮންއިން ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.

ޝެލް: ޔޫރަޕްގެ އެންމެ ބޮޑު ތެޔޮ ކުންފުނި ކަމަށްވާ ބްރިޓިޝް-ޑަޗް ގްރޫޕް، ޝެލްގެ ދެވަނަ ކުއާޓަރުގެ ފައިދާ ވަނީ ދެގުނައަށްވުރެ އިތުރުވެފަ އެވެ. މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގައި ތެޔޮ އުފެއްދުމަށް ހުރަސްތަކެއް ހުރި ނަމަވެސް، ތެލާއި ގޭހުގެ އަގު އުފުލުމާއި އެލް.އެން.ޖީގެ ވިޔަފާރި ވަރުގަދަވުމުގެ ސަބަބުން އެ ކުންފުންޏަށް ވަނީ ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފަ އެވެ.

ޓޯޓަލް އެނާޖީސް: ފްރާންސްގެ މި ކުންފުނީގެ ފައިދާ ދެވަނަ ކުއާޓަރުގައި 67 އިންސައްތަ އިތުރުވެފައިވާއިރު، މިއީ ފާއިތުވި ތިން އަހަރު ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ އެވެ. އެލް.އެން.ޖީ އިން ލިބުނު ފައިދާ ކުޑަވި ނަމަވެސް، ތެލުގެ އަގު މަތިވުމާއި ރިފައިނިންގް ކެމިކަލްސްއިން ލިބުނު ބޮޑު ފައިދާގެ ސަބަބުން މި ނަތީޖާ ވަނީ ހާސިލްކުރެވިފަ އެވެ.

ބީޕީ: އިނގިރޭސިވިލާތުގެ މި ކުންފުންޏަށް ދެވަނަ ކުއާޓަރުގައި 5.73 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.35 ބިލިއަން ޑޮލަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު އަދަދެކެވެ.

ސައުދީ އަރާމްކޯ: މި ބޮޑު ފައިދާ ލިބިފައިވަނީ ހަމައެކަނި ހުޅަނގުގެ ކުންފުނިތަކަކަށް ނޫނެވެ. ދުނިޔޭގެ އެންމެ ބޮޑު ސަރުކާރު ހިއްސާވާ ތެޔޮ ކުންފުނި، ސައުދީ އަރާމްކޯގެ ފައިދާވެސް ވަނީ އަހަރުން އަހަރަށް 44 އިންސައްތަ އިތުރުވެ، 32.69 ބިލިއަން ޑޮލަރަށް އަރާފަ އެވެ. ސައުދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިންގެ ސަބަބުން، ތެޔޮ އެކްސްޕޯޓް ކުރުމުގައި ހުރްމުޒް ކަނޑުއޮޅިއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވުމަކީ އެ ކުންފުންޏަށް ލިބުނު ފަސޭހައެކެވެ.

މިހާ ބޮޑު ފައިދާއެއް ލިބެން މެދުވެރިވި ސަބަބަކީ ކޮބާ؟

ކްލެޕާގެ ސީނިއާ ކްރޫޑް އޮއިލް އެނަލިސްޓް މުޔޫ ޒޫ އަލްޖަޒީރާ އަށް މައުލޫމާތު ދެއްވި ގޮތުގައި، 2026 ވަނަ އަހަރުގެ ފަހު ހަ މަސް ދުވަހު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އެވްރެޖް އަގު ހުރީ 96.68 ޑޮލަރުގަ އެވެ. މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރި 78.38 ޑޮލަރާއި ދެވަނަ ކުއާޓަރުގައި ހުރި 66.71 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ މާނައަކީ ހުރްމުޒް ކަނޑުއޮޅީގެ މައްސަލަތަކުގެ އަސަރު ނުކުރާ ތެޔޮ އުފައްދާ ފަރާތްތަކަށް، ތެލުގެ އަގު މަތިވުމުގެ ފައިދާ ވަރަށް ބޮޑަށް ކުރި ކަމެވެ. ވަކިން ހާއްސަކޮށް މެދުއިރުމަތީގެ ތެލުގެ ބަދަލުގައި އެހެން ގައުމުތަކުން ތެޔޮ ހޯދަން މަސައްކަތް ކުރި ކުރުމުގެ ފައިދާ މި ކުންފުނިތަކަށް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން، ހުޅަނގުގެ ގައުމުތަކުގައި ރިފައިނިންގް ވަސީލަތްތައް ހުރި ކުންފުނިތަކަށްވެސް ބޮޑު ފައިދާއެއް ލިބުނެވެ. އެއީ މެދުއިރުމަތީގެ އެކްސްޕޯޓަށް ބުރޫއެރުމުގެ ސަބަބުން ސާފުކުރި ތެލުގެ ބާވަތްތަކުގެ އަގު އުފުލި، ސަޕްލައި މަދުވުމުންނެވެ.

އެމެރިކާގެ އޮއިލް ފިއުޗާސްގެ އަގުތައް އޭޕްރީލް މަހުން ޖޫން މަހުގެ ނިޔަލަށް އެވްރެޖްކޮށް ހުރީ ފީފާއެއް 92 ޑޮލަރުގަ އެވެ. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތަ މަތީ އަދަދެކެވެ.

ފެކްޓްސެޓްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޯލް ސްޓްރީޓްގެ އެސް.އެންޑް.ޕީ 500 އިންޑެކްސްގައި ހިމެނޭ މަދުވެގެން އަށް ދާއިރާއަކުން 2026 ގެ ދެވަނަ ކުއާޓަރުގައި ވަނީ ދެލަނކަ އަކުރުގެ ކުރިއެރުމެއް ހޯދާފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ހަކަތައިގެ ދާއިރާއިންނެވެ. އެ ދާއިރާގެ ފައިދާ އަހަރުން އަހަރަށް 135.3 އިންސައްތަ އިތުރުވެފައިވާއިރު، މިއީ އެހެން ހުރިހާ ދާއިރާއަކަށްވުރެ މާ ބޮޑު ކުރިއެރުމެކެވެ.

މި ކުރިއެރުމުން ހާމަވަނީ އީރާނު ހަނގުރާމައިގެ ތެރޭގައި ތެލުގެ އަގު އުފުލިގެން ދިޔުމުން، ތެލާއި ގޭސް ކުންފުނިތަކަށް ލިބުނު ބޮޑު ފައިދާ އެވެ.

އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، ތެލުގެ އަގު މަތިވުމުން މި ދާއިރާގެ އެވްރެޖް އާމްދަނީ އިތުރުވި ނަމަވެސް، ފައިދާ އިތުރުވެފައިވަނީ އާމްދަނީއަށްވުރެ މާ ހަލުވި މިނެއްގަ އެވެ. އެއީ އޮޕަރޭޓިންގް ލެވަރޭޖާއި ރިފައިނިންގް މާޖިން ވަރުގަދަވުމުގެ ސަބަބުންނެވެ.

މީގެ ނަތީޖާއަކަށްވީ މި ދާއިރާގެ އެންމެ ބޮޑެތި ކުންފުނިތަކަށް އާދަޔާޚިލާފު ބޮޑު ފައިދާއެއް ލިބިގެންދިޔުމެވެ.

މީގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރީ ކޮން އަސަރެއް؟

އީރާނު ހަނގުރާމައާއި ތެލުގެ އަގު އުފުލުމުގެ ނޭދެވޭ އަސަރު ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.

އެމެރިކާގެ އޮޓޯމޮބައިލް އެސޯސިއޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގު އެވްރެޖްކޮށް ހުރީ ގެލަނަކަށް 4 ޑޮލަރަށްވުރެ މަތީގަ އެވެ. މިއީ ހަނގުރާމައިގެ ކުރީގެ އަގުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ ބޮޑު އަދަދެކެވެ.

އިނގިރޭސިވިލާތުގައި ހޯމަ ދުވަހު ޕެޓްރޯލްގެ އަގު ވަނީ އިތުރަށް އުފުލި، ލީޓަރެއް 160.85 ޕެންސް (2.17 ޑޮލަރު) އަށް އަރައި އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. މީގެ އިތުރުން ޑީސަލް ލީޓަރެއްގެ އަގުވެސް ވަނީ 180 ޕެންސް (2.43 ޑޮލަރު) އަށްވުރެ މައްޗަށް ގޮސްފަ އެވެ.

އީ.ވައި އެކައުންޓިންގް އެޑްވައިޒަރީ ސާވިސްއިން ހޯމަ ދުވަހު އިންޒާރު ދީފައިވާ ގޮތުގައި، އަންނަ އަހަރުގެ މެދުތެރެއާ ހަމައަށް ހުރްމުޒް ކަނޑުއޮޅި ހުޅުވައި ނުދެވިއްޖެނަމަ، 2027 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިގްތިސާދު ހީނަރުވުމުގެ ފުރުސަތު ބޮޑެވެ.

މި ބޮޑު ފައިދާއާ ގުޅިގެން ޓްރަމްޕް ވިދާޅުވީ ކީކޭ؟

ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކަކީ ވޮޝިންގްޓަންގައި ސިޔާސީ ގޮތުންނާއި ލޮބީ ކުރުމުގައި ވަރަށް ބޮޑު ނުފޫޒެއް އޮންނަ ބައެކެވެ.

މި ކުންފުނިތަކުން ބިލިއަނުން ފައިދާ ހޯދަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހު ވައިޓް ހައުސްގައި ހުންނަވައި ވަރަށް ބޮޑަށް ކޯފާވެ ވާހަކަދައްކަވާފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އެގްޒޯން މޮބިލް އަދި ޝެވްރޮން ފަދަ ކުންފުނިތަކުން ދަނީ ތެޔޮ ލިބުން ދަތިވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން "މާ ބޮޑު ފައިދާއެއް" ހޯދަމުންނެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ، މިކަމާ އަޅުގަނޑު އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ،" ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

"ޝެވްރޮންއަށް މާ ބޮޑު ފައިދާއެއް، އެގްޒޯން މޮބިލްއަށް މާ ބޮޑު ފައިދާއެއް. އެމީހުން އެ ފައިދާގެ ބައެއް ރައްޔިތުންނަށް އަނބުރާ ދޭންޖެހޭނެ. އަދި ތެލުގެ އަގު ހެޔޮކުރަންޖެހޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، އެއް ކުންފުންޏަކުން ކުރީ އަހަރަށްވުރެ 12 ގުނަ އިތުރަށް ފައިދާ ހޯދާފައިވާއިރު، އެ ފައިދާގެ ބައެއް އާންމު ރައްޔިތުންނަށް ދީ، ކަސްޓަމަރުންނަށް ވިއްކާ އަގު ހެޔޮކުރުމަކީ އެ ކުންފުނިތަކުން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

ހުރްމުޒް ކަނޑުއޮޅިއީރާން ހަނގުރާމައެކްސޯން މޮބިލްޝެވްރޮންތެލުގެ އަގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ

04 އޯގަސްޓު 2026
ހުރްމުޒް ކަނޑުއޮޅި ބުދަ ދުވަހާ ހަމައަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަން: އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ
04 އޯގަސްޓު 2026

އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ބޭނުންކޮށް ގާތްގަނޑަކަށް ހުސްވެއްޖެ: ރިޕޯޓް

04 އޯގަސްޓު 2026
އީރާން ހަނގުރާމައިގައި އެމެރިކާގެ ދުރު ރާސްތާ މިސައިލް ސްޓޮކް ބޭނުންކޮށް ގާތްގަނޑަކަށް ހުސްވެއްޖެ: ރިޕޯޓް
04 އޯގަސްޓު 2026

ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ

04 އޯގަސްޓު 2026
ހުރްމުޒް ބަންދުކުރުން - ތާރީޚުގައި ތެލުގެ ސަޕްލައި އަށް ކުރިމަތިވި އެންމެ ބޮޑު ލޮޅުން: އަރަމްކޯ
04 އޯގަސްޓު 2026

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

04 އޯގަސްޓު 2026
މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!
04 އޯގަސްޓު 2026

އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ

04 އޯގަސްޓު 2026
އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ މެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެ
04 އޯގަސްޓު 2026

އޮމާން ކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

04 އޯގަސްޓު 2026
އޮމާން ކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި
04 އޯގަސްޓު 2026

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

04 އޯގަސްޓު 2026
ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ
04 އޯގަސްޓު 2026

ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"

04 އޯގަސްޓު 2026
ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"
03 އޯގަސްޓު 2026

އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް

03 އޯގަސްޓު 2026
އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް
03 އޯގަސްޓު 2026

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ

03 އޯގަސްޓު 2026
އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް