Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް

3 އޯގަސްޓު 2026 | ހޯމަ 16:15

އީރާނުގެ ވެރިންނަކީ މަކަރުވެރި ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ގައުމުން މަޝްވަރާތަކަށް އިންކާރު ކުރަމުންދާތީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. މީގެ އިތުރުން ހުރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އެމެރިކާގެ ބާރުގެ ދަށުގައި ކަމަށް ވިދާޅުވެ، އީރާނުން ދައްކާ ވާހަކަތަކަށް ޓްރަމްޕް ވަނީ ރައްދު ދެއްވާފައި.

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 16:15
21 ޖުލައި 2026 ގައި، ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ އެކު ބޭއްވެވި ދެ ގައުމުގެ ދެމެދުގައިވާ ރަސްމީ ބައްދަލުވުމުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

21 ޖުލައި 2026 ގައި، ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ އެކު ބޭއްވެވި ދެ ގައުމުގެ ދެމެދުގައިވާ ރަސްމީ ބައްދަލުވުމުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީޑިއާތަކުގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ | ގެޓީ އިމޭޖަސް

އީރާނަށް އޮތް ހަމައެކަނި އިޚްތިޔާރަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އީރާނުން އެއްވެސް މަޝްވަރާއަކަށް އެއްބަސްނުވާތީ ޓްރަމްޕް ވަނީ އެ ގައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން ބުނާ ގޮތުގައި އެ ގައުމުން މިހާރު މުއާމަލާތް ކުރަމުންދަނީ ހަމައެކަނި އޮމާނާއެކު ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އީރާނުގެ ވެރިންނަނަކީ ގަބޫލު ކުރަންދަތި މިންވަރަކަށް މަކަރުވެރި ބައެއް ކަމަށެވެ.

"އީރާނުގެ ލީޑަޝިޕަކީ ގަބޫލުކުރަން ދަތި މިންވަރަކަށް މަކަރުވެރި ބައެއް! އެމީހުން ބައްދަލުވުމަކަށް އެދޭ، ބައެއް މީހުން ބުނާ ގޮތުން ނަމަ އެކަމަށް އާދޭސްކުރޭ. އަދި މަޝްވަރާތައް ފެށި، ކުރިއަށް އޮތް ތަނުގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް ތާވަލުކުރެވިފައި ވަނިކޮށް، އެމީހުން ފާޅުގައި ފަޚުރުވެރިކަމާއެކު ބުނަނީ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށާއި، އެއްވެސް ކަމަކާ މެދު ވާހަކަ ނުދެކެވޭ ކަމަށް. އަދި އެމީހުން މުއާމަލާތް ކުރަނީ ހަމައެކަނި އޮމާނާއެކު ކަމަށް،" ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބަލަހައްޓާނީ އެމީހުންގެ ބާރުގެ ދަށުން ކަމަށް ބުނެ އީރާނުން އާންމުކޮށް ބޭކާރު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދަކީ މިހާރުވެސް އެމެރިކާގެ ކަނޑުގެ ސިފައިންނާއި އެމެރިކާގެ "ބްލޮކޭޑް" ނުވަތަ ބައެއް މީހުން ކިޔާ ގޮތުން ނަމަ "އެމެރިކާގެ ދަގަނޑު ފާރުގެ" ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ތަނެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އީރާންޑޮނަލްޑް ޓްރަމްޕްއޮމާންހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާއީރާން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

މޮރޮކޯގެ އެންމެ ބޮޑު ހައިވޭ އަށް ޓްރަމްޕްގެ ނަމުން ނަން ދީފި

03 އޯގަސްޓު 2026
މޮރޮކޯގެ އެންމެ ބޮޑު ހައިވޭ އަށް ޓްރަމްޕްގެ ނަމުން ނަން ދީފި
03 އޯގަސްޓު 2026

އިސްރާއީލަށް ޖާސޫސްކުރި ދެ މީހުން އީރާނުން ދަންޖައްސައި މަރާލައިފި

03 އޯގަސްޓު 2026
އިސްރާއީލަށް ޖާސޫސްކުރި ދެ މީހުން އީރާނުން ދަންޖައްސައި މަރާލައިފި
03 އޯގަސްޓު 2026

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ

03 އޯގަސްޓު 2026
އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ
03 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި

03 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު

03 އޯގަސްޓު 2026
އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު
03 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

03 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!
03 އޯގަސްޓު 2026

މޮރޮކޯ މަގުން ސްޕޭނުގެ ސިއުޓާއަށް ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެގަތް މައްސަލައިގައި، އިސްރާއީލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް އީރާނުން ތުހުމަތުކޮށްފި

މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް

03 އޯގަސްޓު 2026
މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް
02 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި

02 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް