Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޮރޮކޯ

މޮރޮކޯގެ އެންމެ ބޮޑު ހައިވޭ އަށް ޓްރަމްޕްގެ ނަމުން ނަން ދީފި

3 އޯގަސްޓު 2026 | ހޯމަ 15:55

މޮރޮކޯގެ ސިޔާދަތީ ބާރު ހުޅަނގު ސަހަރާގެ މައްޗަށް އޮތްކަމަށް އެމެރިކާއިން ބަލައިގަތުމާ ގުޅިގެން، އެ ގައުމުގެ ސްޓްރެޓީޖިކް މައި ހައިވޭއަކަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން ދީފި. ރަސްގެފާނު މުޙައްމަދު ހަވަނަ މި ނިންމެވުން ނިންމެވީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތްޕުޅަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން. މި މަގަކީ މޮރޮކޯގެ އުތުރާއި ދެކުނު ގުޅުވައިދޭ އެއް ބިލިއަން ޑޮލަރުގެ ބޮޑު މަގެއް. ޓްރަމްޕް ވިދާޅުވަނީ އުއްމީދު ކުރައްވަނީ މި މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށްލެވުން ކަމަށް

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 15:55
މޮރޮކޯގެ ބާރުގެ ދަށުގައި އޮންނަ ހުޅަނގު ސަހާރާގެ މައި ސިޓީ ކަމަށްވާ އަލް-ޢަޔޫންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް ވިހި ކިލޯމީޓަރު ދުރުގައި އޮންނަ އަލް-މަރްސާ ކޮމިއުންގައި ހިމެނޭ، "ޕޯޓް އަލް-މަރްސާ" ގެ ނަމުން މަޝްހޫރުވެފައިވާ އަލް-ޢަޔޫން ބަނދަރަށް ވަދެ ނިކުމެ ހެދުމަށް ބޭނުންކުރާ މައި ހައިވޭ

މޮރޮކޯގެ ބާރުގެ ދަށުގައި އޮންނަ ހުޅަނގު ސަހާރާގެ މައި ސިޓީ ކަމަށްވާ އަލް-ޢަޔޫންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް ވިހި ކިލޯމީޓަރު ދުރުގައި އޮންނަ އަލް-މަރްސާ ކޮމިއުންގައި ހިމެނޭ، "ޕޯޓް އަލް-މަރްސާ" ގެ ނަމުން މަޝްހޫރުވެފައިވާ އަލް-ޢަޔޫން ބަނދަރަށް ވަދެ ނިކުމެ ހެދުމަށް ބޭނުންކުރާ މައި ހައިވޭ | ގެޓީ އިމޭޖަސް

މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަވަނަ ފޮނުއްވި ސިޓީފުޅަކާއެކު، އެ ގައުމުގެ މައި ހައިވޭއަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުން ނަންދީފައިވާކަން ކަށަވަރުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ މި ޝަރަފު އެރުވިކަމަށްޓަކައި ރަސްގެފާނަށް ޝުކުރު އަދާކުރައްވާފަ އެވެ. ނަމަވެސް އެ ވަގުތާ ހަމައަށް މޮރޮކޯގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅޭ ރަސްމީ އެިއުލާނެއް ކޮށްފައެއް ނުވެ އެވެ.

އެހެންނަމަވެސް، މޮރޮކޯގެ ދައުލަތުގެ މީޑިއާއިން މިހާރު ވަނީ ރަސްގެފާނު ރައީސް ޓްރަމްޕަށް ފޮނުއްވި ސިޓީފުޅެއް ޝާއިއުކޮށްފަ އެވެ. އެ ސިޓީފުޅުގައި ރަސްގެފާނު ވިދާޅުވެފައިވަނީ، ހައިވޭގެ ނަން ބަދަލުކުރެއްވީ ރައީސް ޓްރަމްޕަށް ކުރައްވާ މަތިވެރި އިހުތިރާމް އަމިއްލަފުޅަށް ހާމަކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.

ކުރިން "ތިޒްނިތް-ދާޚްލާ" ހައިވޭގެ ނަމުން ނަންދެވިފައިވާ މި މަގަކީ، މޮރޮކޯއިން އަތްގަދަކޮށް، އެ ގައުމުގެ މިލްކުވެރިކަން އޮތް ކަމަށް ދައުވާކުރާ ހުޅަނގު ސަހާރާގެ ތެރެއަށް ވަދެގެންދާ މަގެކެވެ. ނަމަވެސް އެ ސަރަހައްދުގެ ބައެއް ކޮންޓްރޯލް ކުރަނީ، އެތަނުގެ އަސްލު ވަޒަންވެރިން ކަމަށްވާ ސަހްރާވީންގެ މިނިވަންކަމަށް މަސައްކަތްކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ "ޕޮލިސާރިއޯ ފްރަންޓް" އިންނެވެ.

2020 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އިސްރާއީލާއެކު ގުޅުން ގާއިމުކުރުމަށް މޮރޮކޯއިން އެއްބަސްވި އެއްބަސްވުމުގެ އިނާމެއްގެ ގޮތުގައި، އެމެރިކާއިން ވަނީ މައްސަލަ ޖެހިފައިވާ އެ ސަރަހައްދުގެ މިލްކުވެރިކަން މޮރޮކޯއަށް އޮތްކަމަށް ބަލައިގަނެފަ އެވެ.

ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ތާރީޚުގައި ފޮނުއްވި ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި އާންމުކުރި ސިޓީފުޅުގައި، ރަސްގެފާނު މުޙައްމަދު ވަނީ "މޮރޮކޯގެ ސަހާރާގެ މައްޗަށް އެ ގައުމުގެ ސިޔާދަތީ ބާރު އޮތްކަމަށް އެމެރިކާގެ ރައީސްގެ ތާރީޚީ ބަލައިގަތުން" ފާހަގަކުރައްވާފަ އެވެ. އަދި އެ ނިންމުމަކީ ޖީލުން ޖީލަށް މޮރޮކޯގެ ރައްޔިތުންގެ ހަނދާނުގައި އަބަދަށް ދެމި ހުންނާނެ ކަމެއް ކަމަށްވެސް ރަސްގެފާނު ވިދާޅުވި އެވެ.

"ދެ ގައުމުގެ ގުޅުމަކީ އަބަދުވެސް ގާތް އެކުވެރިކަމާއި ވަފާތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ނަމަވެސް، މަނިކުފާނުގެ ރިޔާސީ ދެ ދައުރުގައި މި ގުޅުން ވަރުގަދަވެ، ނަތީޖާ ފެނުނު މިންވަރަށް މީގެ ކުރިން ދުވަހަކުވެސް ފެނިފައެއް ނުވޭ،" ރަސްގެފާނުގެ ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވެ އެވެ.

ރަސްގެފާނު ސިފަކުރެއްވި ގޮތުގައި 1،055 ކިލޯމީޓަރު (655 މޭލު) ގެ މި ހައިވޭއަކީ މޮރޮކޯގެ އުތުރާއި ދެކުނު ގުޅުވައިދޭ "ސްޓްރެޓީޖިކް މައިނާރެކެވެ". މޮރޮކޯއިން ހުޅަނގު ސަހާރާއަށް ނިސްބަތްކޮށް ކިޔަނީ އެ ގައުމުގެ "ދެކުނު ޕްރޮވިންސްތައް" މިހެންނެވެ.

ކުރިން ސްޕެއިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ހުޅަނގު ސަހާރާއަކީ އދ. އިން "އަމިއްލަ ވެރިކަމެއް ނެތް ސަރަހައްދެއް" ގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. މިއީ އެފްރިކާގައި އެންމެ ގިނަ ދުވަސްވީ އެއް ހަމަނުޖެހުން ކަމަށްވާއިރު، މި ސަރަހައްދުގެ މިލްކުވެރިކަމާ މެދު ފާއިތުވި ފަސް ދަހަރުގެ ތެރޭގައި ވަނީ ބޮޑެތި ހަނގުރާމަތަކެއް ކޮށްފައެވެ.

އދ. އިން މެދުނުކެނޑި މަސައްކަތް ކުރަމުންދަނީ ފެންނަ ނުފެންނަ ވޯޓެއް ނެގުން ހިމެނޭ ގޮތަށް މި މައްސަލައަށް ހައްލެއް ހޯދުމަށެވެ. ނަމަވެސް އެ ސަރަހައްދުގެ އަސްލު ވަޒަންވެރިންނަށް އެމީހުންގެ މުސްތަގުބަލާ މެދު ގޮތް ނިންމުމަށް ވޯޓުލުމުގެ ފުރުސަތެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އެފްރިކަން ޔޫނިއަނުން ހުޅަނގު ސަހާރާގެ މިނިވަންކަން ބަލައިގަނެ އެވެ.

ޔޫރަޕްގެ ގައުމުތަކުން މިހާތަނަށް މި މައްސަލައިގައި ވަކި ފަރާތަކަށް ޖެހުމުން ދުރުހެލިވެފައި އޮތް ނަމަވެސް، އިނގިރޭސިވިލާތާއި ސްޕެއިން ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން މިހާރު ވަނީ މޮރޮކޯގެ ހުށަހެޅުމަށް ތާއީދުކޮށްފަ އެވެ. އެއީ ހުޅަނގު ސަހާރާއަށް އަމިއްލަ އިޚްތިޔާރުގެ ބައެއް ބާރުތައް ދިނުމަށްފަހު، ފުރިހަމަ މިނިވަންކަން ނުދިނުމުގެ ސިޔާސަތެވެ.

ހައިވޭގެ ނަން ބަދަލުކުރުމާ ގުޅޭގޮތުން ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓުގައި އެ މަގާ ބެހޭ ވީޑިއޯއެއްވެސް ހިމަނާފައިވެ އެވެ. އެ ވީޑިއޯގައި ބުނާ ގޮތުން އެ މަގު ހެދުމަށް ގާތްގަނޑަކަށް 1 ބިލިއަން އެމެރިކާ ޑޮލަރު (740 މިލިއަން ޕައުންޑް) ހޭދަވެފައިވެ އެވެ.

"އުންމީދަކީ ވަރަށް އަވަހަށް، ކޮންމެވެސް ދުވަހަކުން މި ބޮޑު ހައިވޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރުކޮށްލުން،" ރައީސް ޓްރަމްޕް ލިޔުއްވާފައިވެ އެވެ.

ޑޮނަލްޑް ޓްރަމްޕްހުޅަނގު ސަހާރާމުޙައްމަދު ހަވަނަޕޮލިސާރިއޯ ފްރަންޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ

03 އޯގަސްޓު 2026
އީރާނަށް އަދަބުދިނުމަށްޓަކައި "އައު އަދި އާދަޔާޚިލާފު" ޚިޔާލުތައް ހުށަހެޅުމަށް އެމެރިކާގެ އަސްކަރިއްޔާއިން ސިފައިންގެ ކިބައިން އެދިއްޖެ
03 އޯގަސްޓު 2026

ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ

03 އޯގަސްޓު 2026
ހަފްތާ ބަންދުގައި ޓްރަމްޕް ކުރެއްވި ކަމަކީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އޭނާގެ ޒާތްޒާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރެއްވުން، އެލްވިސް ޕްރެސްލީ އާއި ހަނގުރާމަވެރި ޖެނެރަލެއްގެ ސިފައިގައި އޭނާ ހުރި ފޮޓޯތައް މީގައި ހިމެނޭ
02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
31 ޖުލައި 2026

ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ

31 ޖުލައި 2026
ޣައްޒާ އިން އިސްރާއީލު ސިފައިން ފައިބާނަމަ ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެއްޖެ
31 ޖުލައި 2026

ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ

31 ޖުލައި 2026
ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި އެފްރިކާގެ ގައުމުތަކުގެ ޗާޓު ނުބައިކޮށް ދެއްކުނު މައްސަލައިގައި ސްޓޭޓް ޑިޕާޓްމަންޓުން މާފަށް އެދިއްޖެ
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
31 ޖުލައި 2026

ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

31 ޖުލައި 2026
ހަމާސް އިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
29 ޖުލައި 2026

ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟

29 ޖުލައި 2026
ވޯލްޑް ކަޕް ވިއްކާލުމުގެ މަޝްރޫއަކީ އިންފަންޓީނޯއަށް ހެއްދެވޭ ބޮޑު ގޯހެއް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް