Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

3 އޯގަސްޓު 2026 | ހޯމަ 04:32

ފިރިހެން އަދި އަންހެން ހިމެނޭހެން ޕްރޮފެޝަނަލް 53 ލީގު ތަމްސީލު ކުރާ އޯގަނައިޒޭޝަންގެ ވެރިޔާ ކްލޯޑިއުސް ޝެފާ އާދީއްތަ ދުވަހު ވިދާޅުވީ، އިންފަންޓީނޯގެ ޕްލޭން އަށް ސަރަހައްދީ އެސޯސިއޭޝަންތަކުގެ ބޮޑު ކުރިމަތިލުމަކަށް ގޮސްފައިވާއިރު، އެކަމުގައި އޮތީ އެންމެ ނަތީޖާއެއް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2026 | ހޯމަ 04:32
ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ ކްލޯޑިއުސް ޝެފާ

ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ ކްލޯޑިއުސް ޝެފާ | ރޮއިޓާސް

ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ވިޔަފާރި ވިއްކުމަށް ހުށަހެޅި ޕްލޭން ފެއިލްވެފައިވާއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް ކަމަށް ޔޫރަޕުގެ ޕްރޮފެޝަނަލް ފުޓުބޯޅަ ލީގުތަކުގެ ވެރިޔާ ވިދާޅުވެއްޖެ އެވެ. 

ފިރިހެން އަދި އަންހެން ހިމެނޭހެން ޕްރޮފެޝަނަލް 53 ލީގު ތަމްސީލު ކުރާ އޯގަނައިޒޭޝަންގެ ވެރިޔާ ކްލޯޑިއުސް ޝެފާ އާދީއްތަ ދުވަހު ވިދާޅުވީ، އިންފަންޓީނޯގެ ޕްލޭން އަށް ސަރަހައްދީ އެސޯސިއޭޝަންތަކުގެ ބޮޑު ކުރިމަތިލުމަކަށް ގޮސްފައިވާއިރު، އެކަމުގައި އޮތީ އެންމެ ނަތީޖާއެއް ކަމަށެވެ. 

ސްވިޒަލެންޑުގެ މީޑިއާއަކަށް ދެއްވި އިންޓަވިޔުއެއްގައި މުޅި މި މައްސަލަ ހިނގައި ދިޔަ ގޮތާއި، ފީފާގެ މުހިންމު ގުނަވަންތަކުން މިކަމުގައި ބައިވެރި ނުވުމުން ފެންނަނީ ވެސް އެންމެ ނަތީޖާއެއް ކަމަށެވެ. އެއާ އެކު ޝެފާ ވިދާޅުވީ، މިއީ ފީފާގެ ރައީސް ކަމުގައި އިންފަންޓީނޯ ދެމި ހުންނަން އެސޯސިއޭޝަންތަކުން ބޭނުން ނުވާ ކަމުގެ ހެއްކެއް ކަމަށް ވެސް ބުނެވިދާނެ ކަމަށެވެ. 

ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، އެންމެ ފަހުން ފީފާ އިން ވަނީ އެ ޕްލޭން ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އެ މައްސަލައިގެ ތެރޭގައި އިންފަންޓީނޯ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ޔުއެފާ އާއި ކޮންކާކަފް އިން ވެސް ވަނީ އިންފަންޓީނޯގެ އިތުބާާރު ގެއްލިފައިވާ ކަމަށް ބުނެފައި އެވެ. 

ސްވިސް ފުޓުބޯޅަ ލީގުގެ ވެރިޔާގެ ގޮތުގައި ވެސް ހުންނެވި ޝެފާ ވިދާޅުވީ، އެ ހުށަހެޅުމުން ދައްކުވައި ދެނީ ފީފާގެ މައިގަނޑު މަޤުސަދަކީ ކުރިއަށް އޮތް ތަނުގައި އިތުރު އަދި ބޮޑެތި މުބާރާތްތައް ބޭއްވުމަށް ފަހު، ތިން ވަނަ ފަރާތަކަށް ފައިދާ އިތުރު ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ފައިސާގެ ފައިދާ އަށް ވިސްނައިގެން ކޮށްފައިވާ ކަމެއް ކަމަށާއި، މިކަމުގައި އިތުރު އެހެން ކަމެއް ފެންނަން ނެތް ކަމަށެވެ. 

މީގެ އިތުރުން ޝެފާ ވިދާޅުވީ، އިންފަންޓީނޯގެ އެ ޕްލޭންގެ ވާހަކަ އެއްވެސް މީހަކަށް ނޭނގޭ ކަމަށެވެ. ފީފާގެ ގަވަނިން ބޮޑީ ކަމަށްވާ ފީފާ ކައުންސިލަށް ވެސް އެކަމުގެ މައުލޫމާތު ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުގެ ތެރޭގައި އިންފަންޓީނޯ އެކަނި ހުންނެވުމަކީ ވެސް ހައިރާންވާން ޖެހޭ ކަމެއް ކަމަށް ޝެފާ ވިދާޅުވި އެވެ. 

އިންފަންޓީނޯ އަށް ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ފީފާގެ ކައުންސިލް އިން އެކްސްޓްރާއޯޑިނަރީ ބައްދަލުވުމެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުގައި ވަނީ ބުނެފައި އެވެ.

ފީފާޔޫރަޕިއަން ލީގްސް ކްލޯޑިއުސް ޝެފާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
01 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި

01 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
01 އޯގަސްޓު 2026

ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި

01 އޯގަސްޓު 2026
ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި
31 ޖުލައި 2026

މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ

31 ޖުލައި 2026
މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ

30 ޖުލައި 2026
އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި

30 ޖުލައި 2026
އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި
30 ޖުލައި 2026

ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް

30 ޖުލައި 2026
ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް
30 ޖުލައި 2026

ފީފާގެ ޕްލޭން އަށް ތާއީދު ކުރާ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފި

30 ޖުލައި 2026
ފީފާގެ ޕްލޭން އަށް ތާއީދު ކުރާ މެންބަރު ޤައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރު ދޭން ހުށަހަޅައިފި
30 ޖުލައި 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ

30 ޖުލައި 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކަން ފީފާ އިން ގެންގުޅޭ ވިސްނުމާ ދެކޮޅަށް ޔުއެފާ އިން ތެދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް