Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

ފީފާގެ ރައީސް އިންފަންޓީނޯއާ ދެކޮޅަށް އޮތް ހައިޖާނު: ފީފާގެ ރައީސް ކަމަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުން!

3 އޯގަސްޓު 2026 | ހޯމަ 04:43

ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ) އިން އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާ ނޮވެމްބަރު 18 ގެ ކުރިން އޭނާއާ ދެކޮޅަށް ނުކުންނާނެ ކަމަށް ބެލެވޭ ފަސް ބޭފުޅެއްގެ ނަން އަލްޖަޒީރާ އިން ވަނީ ފާހަގަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2026 | ހޯމަ 04:43
ފީފާާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން

ފީފާާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ޔުއެފާގެ ރައީސް އެލެކްސެންޑަރ ޗެފެރިން | ދި ޓެލެގްރާފް

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާގެ މުހިންމު މުބާރާތްތަކުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަހެޅުއްވި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) މަޝްރޫއާ ގުޅިގެން އުފެދުނު ބޮޑު ހަމަނުޖެހުންތަކާ އެކު، އޭނާގެ މަގާމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ އެވެ.

ފީފާގެ މުބާރާތްތަކުގެ ހިއްސާ ވިއްކާލުމުގެ ހުށަހެޅުން މިހާރު އަނބުރާ ގެންގޮސްފައިވީ ނަމަވެސް، އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލި، 2027 ވަނަ އަހަރުގެ މާޗު މަހު ބާއްވާ ފީފާގެ އިންތިޚާބުގައި އޭނާއާ ވާދަކުރާނެ ވަރުގަދަ ކެންޑިޑޭޓުންތަކެއްގެ ނަންތައް މިހާރު ވަނީ ފެންމަތިވާން ފަށާފައި އެވެ.

މި މައްސަލައިގައި އިންފަންޓީނޯގެ ސީނިއާ އެޑްވައިޒަރު ކާލޯސް ކޯޑޭރޯ އިސްތިއުފާ ދެއްވާފައިވާއިރު، ފީފާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކެވިން ލަމޫރު ވަނީ އިންފަންޓީނޯ މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފައި އެވެ. ޔޫރަޕުގެ ފުޓުބޯޅަ އިދާރާ (ޔުއެފާ) އިން އިންފަންޓީނޯ އަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާ ނޮވެމްބަރު 18 ގެ ކުރިން އޭނާއާ ދެކޮޅަށް ނުކުންނާނެ ކަމަށް ބެލެވޭ ފަސް ބޭފުޅެއްގެ ނަން އަލްޖަޒީރާ އިން ވަނީ ފާހަގަ ކޮށްފައި އެވެ.

މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ރައީސް އަދި ޤަތަރުގެ ވިޔަފާވެރިޔާ ނާޞިރު އެލް ޚެލައިފީ އެވެ. އުމުރުން 52 އަހަރުގެ ޚެލައިފީ އަކީ ބީއިން މީޑިއާ ގްރޫޕުގެ ޗެއާމަންގެ އިތުރުން، ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ވެސް މެއެވެ. އޭނާގެ ރައީސް ކަމުގައި ޕީއެސްޖީ އިން ވަނީ 2025 އަދި 2026 ވަނަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައި އެވެ. މީގެ އިތުރުން ކޮންކާކަފްގެ ރައީސް ވިކްޓަރ މޮންޓަގްލިއާނީ އަކީ ވެސް ވަރުގަދަ ކެންޑިޑޭޓެކެވެ. ކެނެޑާ އަށް ނިސްބަތްވާ މޮންޓަގްލިއާނީ އަކީ 2026 ގެ ވޯލްޑް ކަޕް އުތުރު އެމެރިކާގައި ބޭއްވުމުގެ މޭސްތިރި އެވެ.

އޭޝިއާގެ ފުޓުބޯޅަ އިދާރާ (އޭއެފްސީ) ގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ އަކީ އިންފަންޓީނޯގެ ހުށަހެޅުމަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅާ އެވެ. ބަހްރައިންގެ ޝާހީ އާއިލާ އަށް ނިސްބަތްވެވަޑައިގަންނަވާ ސަލްމާން ވަނީ ފީފާގެ ހުށަހެޅުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައި އެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިންފަންޓީނޯއާ ދެކޮޅަށް ސަލްމާން ނުކުންނެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ހަމައެއާ އެކު، ޔުއެފާގެ ރައީސް އަލެކްސެންޑަރ ޗެފެރިން އަކީ ވެސް މި މަގާމަށް ނުކުމެދާނެ ކަމަށް ބެލެވޭ ބޭފުޅެކެވެ. ޗެފެރިން ވިދާޅުވީ ވޯލްޑް ކަޕް އަކީ ވިއްކާލެވޭނެ އެއްޗެއް ނޫން ކަމަށާއި، އިންފަންޓީނޯގެ ސިޔާސަތުގެ ސަބަބުން ފީފާ އަށް އޮތް އިތުބާރު އަލުން ބިނާކުރަން ޖެހިފައިވާ ކަމަށެވެ. މި މައްސަލައިގެ ސަބަބުން އިންފަންޓީނޯ އާއި ޗެފެރިންއާ ދެމެދު އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައި އެވެ. 

މި ރޭހުގައި ދެން ހިމެނޭ ބޭފުޅަކީ އެފްރިކާގެ ފުޓުބޯޅަ އިދާރާ (ކާފް) ގެ ރައީސް ޕެޓްރިސް މޮޓްސެޕޭ އެވެ. ދެކުނު އެފްރިކާގެ ބިލިއަނަރު މޮޓްސެޕޭގެ ދަށުން އެފްރިކާގެ ފުޓުބޯޅަ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، އެންމެ ފަހުން ބޭއްވި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން އޭނާ އަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައި އެވެ.

އިންފަންޓީނޯއާ ދެކޮޅަށް މި ބޭފުޅުންގެ ތެރެއިން ކެންޑިޑޭޓަކު ނުކުންނާނެ ކަމަށް ބެލެވެނީ، ފީފާގެ 211 މެންބަރު ޤައުމުގެ ތެރެއިން ގިނަ ޤައުމުތަކެއްގެ ތާއީދު މިހާރު އިންފަންޓީނޯ އަށް ގެއްލެމުންދާތީ އެވެ.

ފީފާނާޞިރު އެލް ޚެލައިފީއަލެކްސަންޑަ ޗެފެރިން ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!

03 އޯގަސްޓު 2026
އިންފަންޓީނޯގެ އިސްތިއުފާ އަށް ގޮވާލެއްވި ޤައުމެއްގެ ފުރަތަމަ ލީޑަރަކަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބާންހަމް!
03 އޯގަސްޓު 2026

އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ

03 އޯގަސްޓު 2026
އިންފަންޓީނޯގެ މަޤާމު ދެމެހެއްޓޭނެ ގޮތެއް ނެތް: ޔޫރަޕުގެ ލީގުތަކުގެ އިސްވެރިޔާ
02 އޯގަސްޓު 2026

އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ

02 އޯގަސްޓު 2026
އިންފަންޓީނޯއާ ދެކޮޅަށް ބައްދަލުވުމެއް ބޭއްވުމަށް ފީފާ ކައުންސިލްގެ މެންބަރުން މަސައްކަތް ކުރަނީ
01 އޯގަސްޓު 2026

ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި

01 އޯގަސްޓު 2026
ފީފާގެ ރައީސް އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިއްޖެ ކަމަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނެފި
01 އޯގަސްޓު 2026

ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި

01 އޯގަސްޓު 2026
ފީފާ ވޯލްޑްކަޕްގެ ހިއްސާ ވިއްކުމުގެ މަޝްރޫއު ހުއްޓާލައިފި
31 ޖުލައި 2026

މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ

31 ޖުލައި 2026
މިއުޅެނީ ފުުޓުބޯޅަ ވިިއްކާލާކަށް ނޫން، ދުވަހަކު ވެސް ފުޓުބޯޅަ ވިއްކާ ނުލާނަން: ފީފާ
31 ޖުލައި 2026

އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ

31 ޖުލައި 2026
އިންފަންޓީނޯއާ ދެކޮޅަށް ފީފާާގެ ރައީސް ކަމަށް ޕީއެސްޖީގެ ރައީސް ޚެލައިފީ ނުކުންނަން ޔުއެފާ އިން އެދިއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ

30 ޖުލައި 2026
އިންފަންޓީނޯގެ ޕްލޭން އަށް، އޭއެފްސީގެ ރައީސް ވެސް ފާޑުވިދާޅުވެއްޖެ
30 ޖުލައި 2026

އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި

30 ޖުލައި 2026
އިންފަންޓީނޯގެ ވިސްނުން ބަދަލު ނުކުރާނަމަ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ޔުއެފާ އިން ނިންމައިފި
30 ޖުލައި 2026

ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް

30 ޖުލައި 2026
ވޯލްޑް ކަޕް އަކީ ވިޔަފާރި މުދަލެއް ނޫން ކަމަށް ވިދާޅުވެ، ބްލެޓާގެ ފާޑު ކިޔުން އިންފަންޓީނޯ އާއި ޓްރަމްޕް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް