Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވިއެޓްނާމް

ވިއެޓްނާމްގައި ސްޕީޑްބޯޓެއް ބަންޑުން ޖަހާލައި 15 އިންޑިއާ ފަތުރުވެރިއަކު މަރުވެއްޖެ

11 ޖުލައި 2026 | ހޮނިހިރު 13:18

ވިއެޓްނާމްގެ ފޫ ކުއޮކް ކައިރިން 32 ފަތުރުވެރިންނާއެކު ދަތުރުކުރި ސްޕީޑްބޯޓެއް ބަންޑުން ޖަހާލައި އިންޑިއާގެ 15 މީހަކު މަރުވެއްޖެއެވެ. މި ހާދިސާގައި ސަލާމަތްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އިންޑިއާ އެމްބަސީން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިކަން ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ. ބޯޓުގެ އެތެރޭގައި ގިނަ ބަޔަކު ތާށިވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރާއްޖެ އެމްވީ | 11 ޖުލައި 2026 | ހޮނިހިރު 13:18
ވިއެޓްނާމްގެ ފޫ ކުއޮކް ކައިރިން 32 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިންނާއެކު ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

ވިއެޓްނާމްގެ ފޫ ކުއޮކް ކައިރިން 32 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިންނާއެކު ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލުމުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ | ގެޓީ އިމޭޖަސް

ވިއެޓްނާމްގެ ދެކުނުގައި އޮންނަ ފޫ ކުއޮކް ރަށުގެ ކައިރިން ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ސްޕީޑްބޯޓެއް ބަންޑުން ޖަހާލި ހާދިސާގައި އިންޑިއާގެ 15 ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ކަމާބެހޭ އިދާރާތަކުން ހޮނިހިރު ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހާދިސާ ހިނގިއިރު އެ ބޯޓުގައި އިންޑިއާގެ 32 ފަތުރުވެރިންނާއި ހަތަރު ފަޅުވެރިން ތިއްބެވެ. މި ހާދިސާގައި ޖުމްލަ 21 މީހަކު ސަލާމަތްކޮށްފައިވާއިރު، އަނިޔާވި މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބޯޓު ބަންޑުން ޖަހާލަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު، ފަތުރުވެރިންގެ މެދުގައި މަގުބޫލު ހޮން މޭ ރޫޓް އެންގޯއީ ރަށުން ފުރައިގެން އަން ތޯއީ އިންޓަނޭޝަނަލް ޕޯޓަށް ދަތުރުކުރަނިކޮށެވެ. ބޯޓު ބަންޑުން ޖަހާލާފައިވަނީ އެ ރަށާ ގާތްގަނޑަކަށް 400 މީޓަރު (މޭލެއްގެ ހަތަރުބައިކުޅަ އެއްބައި) ދުރުންނެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މީހުން ސަލާމަތްކުރާ ފަރާތްތަކުން ވަނީ މޫދުން މީހުން ނަގައިގެން އެމީހުންނަށް ފުރަތަމަ އެހީ ދިނުމަށް މަސައްކަތް ކޮށްފައެވެ. "ވީއެން އެކްސްޕްރެސް" ނޫހަށް މައުލޫމާތު ދިން މީހުން ބުނި ގޮތުގައި، ވިއެޓްނާމްގެ ބޯޑަރ ގާޑުންނާއި، ނޭވީ އަދި ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވުމުގެ ކުރިން، ކައިރީގައި ހުރި އެހެން އުޅަނދުފަހަރުން ވަނީ އެ ސަރަހައްދަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފަ އެވެ.

"ވީއެން އެކްސްޕްރެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިނަ އަދަދެއްގެ މީހުން ބޯޓުގެ އެތެރޭގައި ތާށިވެފައި ތިބުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި އެވެ.

ހަނޯއީގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިއެޓްނާމްގެ ކަމާބެހޭ އިދާރާތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްގެންދާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވިއެޓްނާމްގެ ވެރިރަށް ހަނޯއީ އާއި ހޯޗީ މިން ސިޓީގައި ކޮންޓްރޯލް ރޫމްތަކެއް ގާއިމުކޮށްފައިވާ ކަމަށްވެސް އެމްބަސީން ބުނެފައިވެ އެވެ.

އެމްބަސީން އިތުރަށް ބުނެފައިވަނީ، މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުވެސް، ގަދަ ވަޔާއި ވިއްސާރައިގެ ތެރޭގައި ހާ ލޯންގް ބޭ ސަރަހައްދުގައި "ވޮންޑަރ ސީ" ނަމަކަށް ކިޔާ ފަތުރުވެރިން އުފުލާ ބޯޓެއް ބަންޑުން ޖަހާލައި 39 މީހުން މަރުވެފައިވެއެވެ. އެއީ ވިއެޓްނާމްގެ ތާރީޚުގައި ހިނގި ކަނޑުމަތީގެ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

ގަލްފް އޮފް ތައިލެންޑްގައި އޮންނަ ފޫ ކުއޮކް އަކީ ވިއެޓްނާމްގެ އެންމެ މަގުބޫލު އެއް މަންޒިލެވެ. އަދި މި ހާދިސާ ހިނގި ހޮން މޭ ރޫޓް ރަށަކީ ފޫ ކުއޮކްގެ ދެކުނުން 10 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. މި ދެ ސަރަހައްދަކީވެސް އެތަނުގެ ހުދު ދޮންވެލި ގޮނޑުދޮށްތަކާއި ސާފު ފެންގަނޑުގެ ސަބަބުން ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތްކުރާ ތަންތަނެވެ.

ވިއެޓްނާމްއިންޑިއާބޯޓު ބަންޑުން ޖެހުން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

11 ޖުލައި 2026

އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ

11 ޖުލައި 2026
އޭޝިއާ ސަރަހައްދުން އިގްތިސާދު އެންމެ ކުޑަކޮށް ކުރިއަރާނީ އަފްޣާނިސްތާނާއި ދިވެހިރާއްޖެ: އޭޑީބީ
09 ޖުލައި 2026

ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!

09 ޖުލައި 2026
ދިވެހިރާއްޖޭގެ ނޮން-ޕާފޯމިންގ ލޯނުގެ މިންގަނޑު ބޫޓާން އާއި އިންޑިއާ އަށް ވުރެ މަތީގައި!
03 ޖުލައި 2026

އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި

03 ޖުލައި 2026
އިންޑިއާގެ ޔޫޕީއައި ޚިދުމަތް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް އެޗްއެސްބީސީ އާއި ޖޭޕީ މޯގަންއާ އެކު ޕާޓްނަޝިޕެއް ގާއިމުކޮށްފި
02 ޖުލައި 2026

އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ކުއްލި ގޮތަކަށް ވެއްޓި މަރުވި ހާދިސާ، ފުލުހުން ދެކެނީ އެއީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރާވައިގެން ހިންގި ކަމެއްކަމަށް!

02 ޖުލައި 2026
އިންޑިއާގެ ޕޫނޭގައި ޒުވާނަކު އުސްތަނަކުން ކުއްލި ގޮތަކަށް ވެއްޓި މަރުވި ހާދިސާ، ފުލުހުން ދެކެނީ އެއީ އޭނާގެ ލޯބިވެރިޔާ އާއި އެހެން ފިރިހެނަކު ރާވައިގެން ހިންގި ކަމެއްކަމަށް!
01 ޖުލައި 2026

އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި

01 ޖުލައި 2026
އިންޑިއާއިން ބޭރުކުރާ ތެލުގެ އެކްސްޕޯޓް ޑިއުޓީއިން ރާއްޖެ އިސްތިސްނާކޮށްފި
30 ޖޫން 2026

އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ

30 ޖޫން 2026
އިންޑިއާގެ ޓާޓާ ގްރޫޕަށް ދިން ސައިބަރ ހަމަލާއަކުން އައިފޯން 18 ގެ މައުލޫމާތު ލީކުވެއްޖެ
29 ޖޫން 2026

ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި

29 ޖޫން 2026
ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވައިފި
28 ޖޫން 2026

ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ

28 ޖޫން 2026
ޖަލަށް ލާފައިވާ ވިއެޓްނާމުގެ ބިލިއަނަރެއްގެ އަގުބޮޑު ކާރުތަކާއި، ގަހަނާތައް ނީލަމުގައި ވިއްކާލުމަށް ތައްޔާރުވެއްޖެ
27 ޖޫން 2026

އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި

27 ޖޫން 2026
އެއާ އިންޑިއާގެ ފްލައިޓެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެވުނު މައްސަލައެއްގައި ޕައިލެޓް ވަޒީފާއިން ސަސްޕެންޑްކޮށްފި
21 ޖޫން 2026

"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި

21 ޖޫން 2026
"ކޮކްރޯޗް ޖަންތާ ޕާޓީ" ގެ ސަޕޯޓަރުން އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި ކޭމްޕް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް