Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާއިން ވަރުގަދަ އިހުތިޖާޖެއް ކޮށްފި

14 ޖުލައި 2026 | އަންގާރަ 10:02

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް ދިން ހަމަލާތަކުގައި އިންޑިއާގެ ފަޅުވެރިއަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެ ސަރަހައްދުގެ އުޅަނދުފަހަރަށް ދޭ ހަމަލާތައް ހުއްޓާލުމަށް އިންޑިއާ ސަރުކާރުން ގޮވާލައިފި. މި ހަމަލާތަކާ ގުޅިގެން މަސްރަހު ގޯސްވެފައިވާއިރު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ މެދު އެމެރިކާ އާއި އީރާނާ ދެމެދު ބަހުގެ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައި.

ރާއްޖެ އެމްވީ | 14 ޖުލައި 2026 | އަންގާރަ 10:02
2026 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިރުމަތީ އައްސޭރިފަށުގައިވާ ޚޯރް ފައްކާން ސަރަހައްދުން، ހުރްމުޒް ކަނޑުއޮޅި ކައިރިން ބައެއް އުޅަނދުފަހަރު ދަތުރުކުރަނީ.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިރުމަތީ އައްސޭރިފަށުގައިވާ ޚޯރް ފައްކާން ސަރަހައްދުން، ހުރްމުޒް ކަނޑުއޮޅި ކައިރިން ބައެއް އުޅަނދުފަހަރު ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި އިންޑިއާގެ ފަޅުވެރިއަކު މަރާލި މައްސަލައިގައި، އިންޑިއާގައި ހުންނަވާ އީރާނުގެ ޑެޕިއުޓީ އެމްބަސެޑަރު ހާޒިރުކޮށް އިންޑިއާގެ ފޮރިން މިނިސްޓްރީން އަންގާރަ ދުވަހު ވަރުގަދަ އިހުތިޖާޖެއް  .

އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ހަމަލާދިން ވަގުތު އެ ސަރަހައްދުން ދަތުރުކުރި "އެމްޓީ އަލް ބަހްޔާ" އަދި "އެމްޓީ މޮމްބާސާ" ނަމަކަށް ކިޔާ ދެ އުޅަނދުގައި ޖުމްލަ 46 ފަޅުވެރިން ތިއްބެވެ. މީގެ ތެރޭގައި އިންޑިއާގެ 30 ރައްޔިތުން ހިމެނޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ހަމަލާތަކުގައި އިންޑިއާގެ އިތުރު 10 ފަޅުވެރިއަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މި ހަމަލާތަކާ ގުޅިގެން އިންޑިއާއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ސަރަހައްދުގެ މަދަނީ އުޅަނދުފަހަރަށާއި އާންމު އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މި މަހުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އީރާނުގެ އުޅަނދުފަހަރު ހުއްޓުވުމަށް އަލުން ފިޔަވަޅު އަޅުއްވައި، އެ ސަރަހައްދު ބެލެހެއްޓުމުގެ ފީއެއްގެ ގޮތުގައި 20 އިންސައްތަ ނެގުމަށް ހުށަހަޅުއްވާފަ އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު މި ހަމަނުޖެހުންތައް ފެށުމުގެ ކުރިން، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅީގެ މުސްތަގުބަލު ކަނޑައެޅުމުގައި އެމެރިކާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އީރާނުގެ ވެރިރަށް ތެހެރާނުން ބުނެ އެވެ.

މީގެ އިތުރުން، މިދިޔަ އާދީއްތަ ދުވަހު އެ ކަނޑުއޮޅިން ދަތުރުކުރި "ޖީއެފްއެސް ގެލެކްސީ" ނަމަކަށް ކިޔާ ކޮންޓެއިނަރު އުފުލާ ބޯޓަށް ދިން ހަމަލާއަކަށްފަހު، އިންޑިއާގެ އިތުރު ރައްޔިތަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

އީރާނުން ބުނެފައިވަނީ އެ އުޅަނދަށް ހަމަލާދިނީ، އިންޒާރު ދިނުމުންވެސް ހުއްދަ ނެތް މަގަކުން ދަތުރުކުރަން އުޅުމުން ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ހުރްމުޒް ކަނޑުއޮޅިއިންޑިއާއީރާންއީރާން-އިންޑިއާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2026

ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި

14 ޖުލައި 2026
ބަހުރޭނުން އީރާނުގެ ވައިގެ ހަމަލާތައް ނާކާމިޔާބުކޮށްލައިފި
14 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ

14 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޔޫއޭއީގެ ދެ ތެޔޮ ބޯޓަކަށް އީރާނުން ދިން މިސައިލް ހަމަލާތަކެއްގައި އިންޑިއާ މީހަކު މަރުވެއްޖެ
14 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި

14 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަލުން ފަށައިފިކަން ރައީސް ޓްރަމްޕް ކޮންގްރެސް އަށް ރަސްމީކޮށް އަންގަވައިފި
14 ޖުލައި 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި

14 ޖުލައި 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގައި ދެ ތެޔޮ ޓޭންކަރަކަށް ހަމަލާދީފި
14 ޖުލައި 2026

ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި

14 ޖުލައި 2026
ޔަމަނުގެ ހޫޘީން ގެ ހަމަލާ އާ ގުޅިގެން ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެމިއޮންނާނެ ކަމަށް އެމެރިކާ އިން ބުނެފި
14 ޖުލައި 2026

ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ

14 ޖުލައި 2026
ތެލުގެ އަގު 9 އިންސައްތަ މައްޗަށް ހިނގައްޖެ
14 ޖުލައި 2026

އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި

14 ޖުލައި 2026
އީރާންގެ މިސައިލް އާއި ޑްރޯން އުފައްދާ މަރުކަޒު ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފައިވާ ކަމަށް އެމެރިކާާ އިން ބުނެފި
13 ޖުލައި 2026

ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި

13 ޖުލައި 2026
ބާބުލް މަންދަބު ބަންދުކޮށް ތެލުގެ އަގު 200 ޑޮލަރަށް މައްޗަށް ޖައްސާނެ ކަމުގެ އިންޒާރު ޔަމަނުން ދީފި
13 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި

13 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ފީ އެއް ނަގާނެ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އދ. ގެ ޝިޕިން އޭޖެންސީ އިން އެކަމާ ދެކޮޅުކަން ހާމަކޮށްފި
13 ޖުލައި 2026

އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ

13 ޖުލައި 2026
އީރާން ގެ ބޯޓުފަހަރަށް ހުރަސް އެޅުމަށް އެމެރިކާ އިން އަލުން ބްލޮކޭޑް ތަންފީޒު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް