Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އޮމާން ކަނޑުގައި މުދާ އުފުލާ ބޯޓަކަށް ހަމަލާ ދީފި

4 އޯގަސްޓު 2026 | އަންގާރަ 06:49

މި ހާދިސާއާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މިހާރު ތަހުގީގު ފަށާފައިވާ ކަމަށް ޔޫކޭއެމްޓީއޯ އިން ބުނޭ. މި ހަމަލާގައި ބޯޓަށް ލިބުނު ގެއްލުމުގެ ތަފުސީލެއް، ނުވަތަ ބޯޓުގައި ތިބި ފަޅުވެރިންނަށް އަނިޔާއެއް ލިބިފައިވާ ކަމެއް އެ އިދާރާ އިން މިހާތަނަށް ހާމަކޮށްފައި ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އޯގަސްޓު 2026 | އަންގާރަ 06:49
މީގެ ކުރިން އޮމާން ކަނޑު ހިމެނޭ ސަރަހަައްދުން ދަތުރު ކުރަމުން ދިޔަ ދެ ބޯޓެއް (ފައިލް ފޮޓޯ).

މީގެ ކުރިން އޮމާން ކަނޑު ހިމެނޭ ސަރަހަައްދުން ދަތުރު ކުރަމުން ދިޔަ ދެ ބޯޓެއް (ފައިލް ފޮޓޯ). | ރޮއިޓާސް

އޮމާންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް ނޭނގޭ އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހާމަކޮށްފި އެވެ.

ޔޫކޭއެމްޓީއޯ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އޮމާންގެ ޚަސަބްގެ އިރުއުތުރުން 20 ނޯޓިކަލް މޭލު (ގާތްގަނޑަކަށް 37 ކިލޯ މީޓަރު) ބޭރުންނެވެ. މި ހަމަލާ ދީފައި ވަނީ ކޮން އެއްޗަކުންކަން އަދި ކަށަވަރުވެފައި ނުވި ނަމަވެސް، ބޯޓަށް ވަނީ ނޭނގޭ އެއްޗެއް އަރާފައި އެވެ.

މި ހާދިސާއާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން މިހާރު ތަހުގީގު ފަށާފައިވާ ކަމަށް ޔޫކޭއެމްޓީއޯ އިން ބުނެ އެވެ. މި ހަމަލާގައި ބޯޓަށް ލިބުނު ގެއްލުމުގެ ތަފުސީލެއް، ނުވަތަ ބޯޓުގައި ތިބި ފަޅުވެރިންނަށް އަނިޔާއެއް ލިބިފައިވާ ކަމެއް އެ އިދާރާ އިން މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުން ސަމާލުވުމަށް ޔޫކޭއެމްޓީއޯ އިން ވަނީ އިލްތިމާސް ކޮށްފައި އެވެ. އަދި އެ ސަރަހައްދުން ދަތުރު ކުރާއިރު، ޝައްކު ކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ، ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށް ވެސް އުޅަނދު ފަހަރަށް ވަނީ އަންގާފައި އެވެ.

މި ފަހަކަށް އައިސް މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުތަކުގައި މުދާ އުފުލާ ބޯޓު ފަހަރަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފައި އެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާއި، ވިޔަފާރި އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަ ކުރެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން ހަނގުރާމައޮމާންޔޫކޭއެމްޓީއޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2026

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

04 އޯގަސްޓު 2026
ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ
04 އޯގަސްޓު 2026

ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"

04 އޯގަސްޓު 2026
ޓްރަމްޕް: އީރާނަށް މިއީ "ފަހު ފުރުސަތު"
03 އޯގަސްޓު 2026

އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް

03 އޯގަސްޓު 2026
އީރާނަށް އޮތް ގޮތަކީ އެއްބަސްވުމަކަށް އައުން ނުވަތަ މުޅިން އަމާންދިނުން: ޓްރަމްޕް
03 އޯގަސްޓު 2026

އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު

03 އޯގަސްޓު 2026
އީރާނުން އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ނުކުރަން: ތަރުޖަމާނު
03 އޯގަސްޓު 2026

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!

03 އޯގަސްޓު 2026
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިންމާނެ ގޮތެއް އެމެރިކާއަށް ނޭނގިފައި!
03 އޯގަސްޓު 2026

މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް

03 އޯގަސްޓު 2026
މައްސަލަ ހައްލު ނުވާނަމަ ގިނަ ބަޔަކު މަރުވެދާނެ، ގިނަ ބަޔަކު މަރުވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން: ޓްރަމްޕް
02 އޯގަސްޓު 2026

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

02 އޯގަސްޓު 2026
އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު
02 އޯގަސްޓު 2026

އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ

02 އޯގަސްޓު 2026
އީރާން އިން މިހާރު ވާހަކަދައްކަން ބޭނުން ވަނީ އެމެރިކާ އިން ދިން ހަމަލާތަކުގެ ސަބަބުން: ރޫބިއޯ
02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް