Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރޭން ހަނގުރާމަ

ޔޫކްރޭނުން ދިން ޑްރޯން ހަމަލާއެއްގައި ރަޝިޔާގެ މާރުކޭޓެއްގައި 5 މީހުން މަރުވެއްޖެ

3 ޖުލައި 2026 | ހުކުރު 14:22

ރަޝިއާގެ ބާރުގެ ދަށުގައިވާ މި ސަރަހައްދުގެ މާރުކޭޓަކަށާއި މީހުން ދިރިއުޅޭ ގެތަކަށް އަމާޒުކޮށް ދިން މި ހަމަލާތަކަކީ ގަސްދުގައި އާންމު ރައްޔިތުންނަށް ދިން ހަމަލާތަކެއް ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ތުހުމަތު ކުރައްވާފައި. މީގެ އިތުރުން ރަޝިއާގެ ބެލްގޮރޮޑް ރީޖަނަށް ދިން މިސައިލް ހަމަލާއެއްގައި ވެސް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނޭ.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 14:22
ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޒަޕޮރޯޒިޔާ ރީޖަންގެ ޓޮކްމަކްގައި ހުރި މާރުކޭޓަކަށް، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ޔޫކްރޭނުން ދިން ޑްރޯން ހަމަލާއަކަށްފަހު އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް.

ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ޒަޕޮރޯޒިޔާ ރީޖަންގެ ޓޮކްމަކްގައި ހުރި މާރުކޭޓަކަށް، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ޔޫކްރޭނުން ދިން ޑްރޯން ހަމަލާއަކަށްފަހު އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް. | އާރުޓީ

ޒަޕޮރޯޒިޔާ ރީޖަންގެ ޓޮކްމަކްގައި ހުންނަ މާރުކޭޓަކަށް ހުކުރު ދުވަހު ޔޫކްރޭނުން ދިން ޑްރޯން ހަމަލާއެއްގައި މަދުވެގެން ފަސް މީހުން މަރުވެ، އިތުރު 18 މީހަކަށް އަނިޔާވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު އެވްގެނީ ބަލިޓްސްކީ ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، ކަމާބެހޭ އިދާރާތަކުން އަދިވެސް ކުއްލި ހާލަތުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާތީ، މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ގަވަރުނަރުގެ ފުރަތަމަ ރިޕޯޓުގައި ވިދާޅުވެފައިވަނީ، ޔޫކްރޭނުގެ ހަމަލާތައް ކުރިއަށްދިޔަ ވަގުތު، އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އަވަސްކަމާއެކު އެ ސަރަހައްދުގެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭން ސިފައިން މި ހަމަލާ އަމާޒުކޮށްފައިވަނީ ގަސްދުގައި ކާބޯތަކެތި ގަންނަން ގޮސް ތިބި އާންމު ރައްޔިތުންނަށެވެ. އަދި މިއީ އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ޔޫކްރޭނުން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ބަލިޓްސްކީ ވިދާޅުވެފައިވާ ގޮތުގައި، ރޭގަނޑުގެ ވަގުތުތަކުގައި ޔޫކްރޭނުން އެ ސަރަހައްދަށް ދިން އެކި ހަމަލާތަކުގައި ތިން މީހަކު މަރުވެ، އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ޑްރޯން ހަމަލާއެއް އަމާޒުވި ލޮރީއެއްގެ ޑްރައިވަރު ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަނެއް ދެ މީހުންނަކީ ހަމަލާގައި ސުންނާފަތިވި އަވަށެއްގެ ގެއެއްގެ ތެރެއިން ފެނުނު ދުވަސްވީ ދެމަފިރިންނެވެ.

ޒަޕޮރޯޒިޔާ ރީޖަންއަކީ ކުރިން ޔޫކްރޭނުގެ ބައެއްގެ ގޮތުގައި އޮތް ނަމަވެސް، 2022 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި ފެންނަ ނުފެންނަ ވޯޓަކަށްފަހު ރަޝިއާގެ ބައެއްގެ ގޮތުގައި ހަމަޖެހިފައިވާ ސަރަހައްދެކެވެ. ނަމަވެސް ޔޫކްރޭން ސަރުކާރުން އެ ވޯޓަކީ ސައްހަ އެއްޗެއް ނޫން ކަމަށް ބުނެ، ހަނގުރާމައިގެ ޒަރީއާއިން އެ ސަރަހައްދު އަނބުރާ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދުގެ ބައެއް ބައިތައް އަދިވެސް އޮތީ ޔޫކްރޭން ސިފައިންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު، ރަޝިއާގެ ބެލްގޮރޮޑް ރީޖަންގެ އެކްޓިން ގަވަރުނަރު އެލެގްޒެންޑަރ ޝުވަޔޭވް ރިޕޯޓް ކުރެއްވި ގޮތުގައި، ރޭގަނޑު ދިން މިސައިލް ހަމަލާއެއްގައި އަންހެނަކު މަރުވެ، އިތުރު މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މަސްދަރު: ރަޝިޔާ ޓީވީ

ޒަޕޮރިޒިއާޔޫކްރެއިން-ރަޝިޔާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 ޖޫން 2026

ޔޫކްރެއިންގެ ކޮމާންޑޯ އިން ތަމްރީނުކުރާ މަރުކަޒަކަށް ރަޝިޔާއިން ހަމަލާދީފި

28 ޖޫން 2026
ޔޫކްރެއިންގެ ކޮމާންޑޯ އިން ތަމްރީނުކުރާ މަރުކަޒަކަށް ރަޝިޔާއިން ހަމަލާދީފި
28 ޖޫން 2026

ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި

28 ޖޫން 2026
ޔޫކްރެއިނުން ރަޝިޔާގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާ އަކަށް ހަމަލާ ދީފި
26 ޖޫން 2026

ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް

26 ޖޫން 2026
ރަޝިޔާއިން ބުނަނީ އެއް ރޭގެ މަތިން ޔޫކްރެއިނުގެ 660 ޑްރޯން ވައްޓާލި ކަމަށް
18 ފެބުރުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ

18 ފެބުރުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާގެ ސުލްޙައިގެ މަޝްވަރާ ތަކުން ކުރިއެރުމެއް ނުލިބޭ
05 ފެބުރުއަރީ 2026

ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި

05 ފެބުރުއަރީ 2026
ޔޫކްރެއިން-ރަޝިޔާ ގެ ސުލްހައިގެ މަޝްވަރާތަކުގެ ދެވަނަ ދުވަހުގެ ބައްދަލުވުން އަބޫދާބީ ގައި ފަށައިފި
25 ޖެނުއަރީ 2026

ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ

25 ޖެނުއަރީ 2026
ޔޫކްރެއިން އާއި ރަޝިޔާ އަދި އެމެރިކާގެ މެދުގައި އަބޫދާބީގައި ބޭއްވި ތިން ފަރާތުގެ ފުރަތަމަ މަޝްވަރާތައް ނިމިއްޖެ
09 ޖެނުއަރީ 2026

ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް

09 ޖެނުއަރީ 2026
ތަޖުރިބާކާރުން ވިދާޅުވަނީ ގްރީންލޭންޑް ޓްރަމްޕް ހޯއްދަވާނެ ކަމަށާއި، ނެޓޯ ގެ ނިމުމަށް ވިލާތުން ތައްޔާރުވާން ޖެހޭ ކަމަށް
29 ޑިސެމްބަރު 2025

ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ

29 ޑިސެމްބަރު 2025
ޓްރަމްޕް އާއި ޒެލެންސްކީ ގެ ބައްދަލުވުން މާ ބޮޑު ކުރިއެރުމެއް ނުލިބި ނިމިއްޖެ
13 ޑިސެމްބަރު 2025

މިޞްރަށް ދަތުރު ކުރަމުން ދިޔަ ތުރުކީ ބޯޓަކަށް ރަޝިޔާ އިން ޑްރޯން ހަމަލާދީފި

13 ޑިސެމްބަރު 2025
މިޞްރަށް ދަތުރު ކުރަމުން ދިޔަ ތުރުކީ ބޯޓަކަށް ރަޝިޔާ އިން ޑްރޯން ހަމަލާދީފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް