Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުރްމުޒް ކަނޑުއޮޅި

އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި

2 އޯގަސްޓު 2026 | އާދީއްތަ 12:40

ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތައް އެ ގައުމުގެ އަސްކަރިއްޔާއިން ދޮގުކޮށްފި. އެމެރިކާގެ ދުޝްމަންކަމުގެ އަމަލުތައް ހުރިހާ ހިނދަކު ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރެވޭނީ ހަމައެކަނި އައި.އާރް.ޖީ.ސީގެ ހުއްދަ ލިބިގެން ކަމަށް އީރާނުން ބުނޭ.

ރާއްޖެ އެމްވީ | 2 އޯގަސްޓު 2026 | އާދީއްތަ 12:40
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ ތެޔޮު ޓޭންކަރެއް

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދާ ތެޔޮު ޓޭންކަރެއް | އެލަމީ

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށާއި، އެ ސަރަހައްދާ ގުޅޭގޮތުން އެ ގައުމުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އިސްރާއީލުގެ ނޫސްވެރިއެއް ކަމަށްވާ ބަރަކް ރަވިޑްއާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން މީގެކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ސަރަހައްދީ ކަނޑުގެ ސަރަހައްދުން ފާރިސް ކަނޑުއޮޅިއަށް އުޅަނދުފަހަރު ވަދެ، އޮމާންގެ ސަރަހައްދީ ކަނޑުގެ ތެރެއިން ނުކުމެވޭ ގޮތަށް ހުށަހެޅި ހުށަހެޅުމަކަށް އީރާނުން ވަނީ އެއްބަސްވެފަ އެވެ.

ނަމަވެސް، އީރާނުގެ ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވާ ޓީމާ ގާތް ގުޅުމެއް އޮންނަ މަސްދަރަކާ ހަވާލާދީ ފާރްސް ނިއުސް އެޖެންސީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ މަސްދަރުން ބުނި ގޮތުގައި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅޭގޮތުން އީރާނުން އެއްވެސް އެއްބަސްވުމަކަށް އައިސްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅޭގޮތުން ފަތުރަމުންދާ ރިޕޯޓުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކެވެ.

ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ އަސްކަރީ މަސްދަރަކުން ވެސް ވަނީ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.

އެ އަސްކަރީ މަސްދަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ދުޝްމަންކަމުގެ އަމަލުތަކާއި ނުބައި ރޭވުންތައް ކުރިއަށްދާހާ ހިނދަކު، ހުރްމުޒް ކަނޑުއޮޅި އޮންނާނީ ބަންދުކޮށްފަ އެވެ.

އަދި އެ ސަރަހައްދުން ދަތުރުކުރެވޭނީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި މަގަކުން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ނޭވީއާ ގުޅިގެން، ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ހޯދުމަށްފަހު ކަމަށްވެސް އެ މަސްދަރުން ބުންޏެވެ. އެ ނޫން ގޮތްގޮތަށް ދަތުރުކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި، އެހެން މަގުތައް ބޭނުންކުރަން އުޅޭ އުޅަނދުފަހަރަށް ނުރައްކާތެރި ހާދިސާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން، ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމުގެ އެއްވެސް ރޭވުމަކަށް އީރާނުން އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓުތަކަކީ "އަސާސެއް ނެތް" ވާހަކަތަކެއް ކަމަށާއި، އެ އިސްތިރާތީޖީ ކަނޑުއޮޅިއާ ގުޅޭގޮތުން އެއްވެސް ނިންމުމެއް ނުވަތަ ސިޔާސަތަކަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެ މަސްދަރުން ބުންޏެވެ.

މި ޚަބަރުތައް ފެންމަތިވެފައި މިވަނީ، އެމެރިކާ ނުވަތަ އިސްރާއީލުން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމަށް ތެހެރާނުން އިންޒާރު ދީފައިވަނިކޮށް، އީރާނަށް ދޭން ނިންމި ހަމަލާތަކެއް ކެންސަލް ކުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރައީސް ޓްރަމްޕް ހޮނިހިރު ދުވަހު "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާ އޮތީ އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ. އަދި އެ ހަމަލާއަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ ނުދެކޭ ފަދަ ވަރުގަދަ އަސްކަރީ ބާރެއް ބޭނުންކޮށްގެން ދޭނެ ހަމަލާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއިލުން ދޭން ފެށި ހަމަލާތައް ފެށުނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ ދުވަހު އެމެރިކާ އާއި އިސްރާއީލުގެ ފައުޖުތަކުން ވަނީ އީރާނުގެ ސަރަހައްދުތަކަށް ބޮޑެތި ހަމަލާތަކެއް ދީފަ އެވެ.

އެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިސްރާއީލުގެ އަމާޒުތަކަށް ކޮންމެ ދުވަހަކު މިސައިލާއި ޑްރޯން ހަމަލާތައް ދީ، ހުރްމުޒްކަނޑުއޮޅި ބަންދުކޮށްފަ އެވެ.

މި ހަނގުރާމަ ހުއްޓާލުމަށްޓަކައި އީރާނާއި އެމެރިކާއިން ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު "އިސްލާމްއާބާދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ" (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފަ އެވެ.

ނަމަވެސް، ފާއިތުވި ހަފުތާތަކުގައި އެމެރިކާއިން އަލުން އީރާނަށް އަސްކަރީ ހަމަލާތައް ދޭން ފެށުމާ ގުޅިގެން، ތެހެރާނުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒުތަކަށް އަލުން މިސައިލާއި ޑްރޯން ހަމަލާތައް ދޭން ފަށައި، ހުރްމުޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފަ އެވެ.

ހުރްމުޒް ކަނޑުއޮޅިއީރާން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

02 އޯގަސްޓު 2026

އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި

02 އޯގަސްޓު 2026
އީރާނަށް ދޭން ރާވާފައިވާ ހަމަލާތައް ޓްރަމްޕް ކެންސަލްކުރައްވައިފި
02 އޯގަސްޓު 2026

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

02 އޯގަސްޓު 2026
އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން
01 އޯގަސްޓު 2026

އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި

01 އޯގަސްޓު 2026
އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި
01 އޯގަސްޓު 2026

އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި

01 އޯގަސްޓު 2026
އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި
31 ޖުލައި 2026

މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން

31 ޖުލައި 2026
މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން
30 ޖުލައި 2026

އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި

30 ޖުލައި 2026
އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި
29 ޖުލައި 2026

އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

29 ޖުލައި 2026
އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
29 ޖުލައި 2026

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

29 ޖުލައި 2026
ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި
28 ޖުލައި 2026

ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ

28 ޖުލައި 2026
ހަމަލާތައް ހުއްޓާލާފައި އޮންނަތާ ތިން ރޭ ހަމަވުމާއެކު އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމުގެ އުއްމީދު ބޮޑުވެއްޖެ
28 ޖުލައި 2026

އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި

28 ޖުލައި 2026
އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް