Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އިސްރާއީލަށް ޖާސޫސްކުރި ދެ މީހުން އީރާނުން ދަންޖައްސައި މަރާލައިފި

3 އޯގަސްޓު 2026 | ހޯމަ 11:34

އިސްރާއީލުގެ މޮސާޑަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި ދެ މީހަކަށް އީރާނުން މަރުގެ އަދަބު ދީފި. އީރާނުގެ އަސްކަރީ މައުލޫމާތު ދުޝްމަނުންނަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި މަރުގެ އަދަބު ތަންފީޒުކުރާ މިންވަރު އިތުރުވެފައިވާއިރު، އެ ގައުމަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން މަރުގެ އަދަބު ދޭ ގައުމު ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ފާހަގަކުރޭ

ރާއްޖެ އެމްވީ | 3 އޯގަސްޓު 2026 | ހޯމަ 11:34
އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި ދެ މީހަކު އީރާނުން މިއަދު މަރާލާފައި

އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި ދެ މީހަކު އީރާނުން މިއަދު މަރާލާފައި | އެކްސް

އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ކުށް ސާބިތުވި ދެ މީހަކު އީރާނުން ހޯމަ ދުވަހު ދަންޖައްސައި މަރާލައިފި ކަމަށް އެ ގައުމުގެ ޝަރުއީ ދާއިރާއިން ހާމަކޮށްފި އެވެ. މިއީ ޖާސޫސްކުރުމުގެ ތުހުމަތުގައި އެ ގައުމުން ފަހަކަށް އައިސް މީހުން މަރަމުންދާ ސިލްސިލާގެ ތެރެއިން އެންމެ ފަހުން ތަންފީޒުކުރި ދެ މަރުގެ އަދަބެވެ.

މިދިޔަ ފެބްރުއަރީ މަހު އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން، ތެހެރާނުން ވަނީ މަރުގެ އަދަބު ދޭ މިންވަރު އިތުރުކޮށްފަ އެވެ. މީގެ ތެރެއިން ގިނަ މީހުންގެ މައްޗަށް އުފުލާފައިވަނީ އިސްރާއީލުގެ ޖާސޫސީ އިދާރާއަށް މަސައްކަތް ކޮށްދިނުމުގެ ތުހުމަތެވެ.

އީރާނުގެ ޝަރުއީ ދާއިރާގެ މީޑިއާ އައުޓްލެޓް ކަމަށްވާ "މީޒާން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމީދު ބެހްޒާދު އަދި ޕޫރިއާ ސަފްވަތު މިއަދު ހެނދުނު ދަންޖައްސާފައިވަނީ، އީރާނުގެ އަސްކަރީ އަދި ސަލާމަތީ ގޮތުން ނާޒުކު ސަރަހައްދުތަކުގެ މައުލޫމާތު އިސްރާއީލުގެ ޚާރިޖީ ޖާސޫސީ އިދާރާ ކަމަށްވާ މޮސާޑްގެ އެޖެންޓުންނަށް ފޯރުކޮށްދިން ކަމުގެ ކުށުގަ އެވެ.

މި ދެ މީހުން ހައްޔަރުކުރީ ކޮން އިރަކު ކަމެއް ނުވަތަ ޝަރީއަތް ހިންގީ ކޮން ދުވަހަކު ކަމެއް މީޒާން އިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުވީ "ޒަޔަނިސްޓް ރެޖީމާ" ގުޅިގެން ޖާސޫސްކުރުމުގެ ކުށުގައި ކަމަށް ބުނެފައިވެ އެވެ.

"ހަނގުރާމައިގެ ދުވަސްވަރު އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކުގެ މައުލޫމާތު ފޯރުކޮށްދީގެން، ޖާސޫސީ އިދާރާތަކުގެ މަގްސަދުތައް ހާސިލްކުރުމަށް އެ ދެ މީހުން ވަނީ އެހީތެރިވެދީފައި،" މީޒާން އިން އިތުރަށް ބުނެފައިވެ އެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަވުމާ ގުޅިގެން ފެށުނު ހަނގުރާމައަށްފަހު، އީރާނުގައި މަރުގެ އަދަބު ދޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ހިމެނޭހެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، ޗައިނާ ފިޔަވައި ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރާ ގައުމަކީ އީރާނެވެ.

ނޯވޭގައި ހުންނަ "އީރާން ހިއުމަން ރައިޓްސް" އާއި ޕެރިހުގައި ހުންނަ "ޓުގެދަރ އެގެއިންސްޓް ދަ ޑެތު ޕެނަލްޓީ" (އީ.ސީ.ޕީ.އެމް) އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު އެކަނިވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މަދުވެގެން 1,639 މީހުންނަށް މަރުގެ އަދަބު ދީފަ އެވެ. މިއީ 1989 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި ރެކޯޑް މިންވަރަކަށް މަރުގެ އަދަބު ތަންފީޒުކުރި އަހަރެކެވެ.

ފާއިތުވި ފިނިމޫސުމުގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވި ދެ މީހަކު ދަންޖައްސައި މަރާލިކަން އީރާނުން އިއުލާނުކުރުމާ ގުޅިގެން، މަރުގެ އަދަބު ދިނުން އިތުރުވަމުންދާ ދިއުން ކުށްވެރިކުރާ ކަމަށް އަންގާރަ ދުވަހު އެމްނެސްޓީން ވަނީ ބުނެފަ އެވެ.

އީރާންމަރުގެ އަދަބުއެމްނެސްޓީ އިންޓަނޭޝަނަލްއީރާން-އިސްރާއީލު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އޯގަސްޓު 2026

މޮރޮކޯ މަގުން ސްޕޭނުގެ ސިއުޓާއަށް ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެގަތް މައްސަލައިގައި، އިސްރާއީލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް އީރާނުން ތުހުމަތުކޮށްފި

03 އޯގަސްޓު 2026
މޮރޮކޯ މަގުން ސްޕޭނުގެ ސިއުޓާއަށް ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ހިޖުރަވެރިން ވަދެގަތް މައްސަލައިގައި، އިސްރާއީލާއި އެމެރިކާގެ ބައިވެރިވުން އޮތް ކަމަށް އީރާނުން ތުހުމަތުކޮށްފި
02 އޯގަސްޓު 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި

02 އޯގަސްޓު 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އެއްބަސްވި ވާހަކަ ދޮގުކޮށްފި
01 އޯގަސްޓު 2026

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

01 އޯގަސްޓު 2026
ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި
01 އޯގަސްޓު 2026

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

01 އޯގަސްޓު 2026
އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ
01 އޯގަސްޓު 2026

އީރާނުން ކުވެއިތައް ހަމަލާދީފި، ވޮޝިންޓަނުގެ "ދިފާއީ އައްޑަނައެއްގެ" ގޮތުގައި މަސައްކަތްކުރާ ކޮންމެ ގައުމެއް "ހަނގުރާމައިގެ އަލިފާނުގެ ތެރޭގައި އަނދައިގެންދާނެ" ކަމަށް އީރާނުން ބުނެފި

އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި

01 އޯގަސްޓު 2026
އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި
31 ޖުލައި 2026

ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު

31 ޖުލައި 2026
ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު
31 ޖުލައި 2026

މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން

31 ޖުލައި 2026
މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން
30 ޖުލައި 2026

އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި

30 ޖުލައި 2026
އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި
29 ޖުލައި 2026

އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

29 ޖުލައި 2026
އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގަށް ދިން ވައިގެ ހަމަލާތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް