Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއޮމާން

އޮމާން ކައިރިން ދަތުރުކުރި މުދާއުފުލާ ދެ އުޅަނދަކަށް ޓާގެޓްކޮށް ހަމަލާތަކެއް ދީފި

1 އޯގަސްޓު 2026 | ހޮނިހިރު 07:26

އޮމާންގެ އައްސޭރިފަށުން ދަތުރުކުރި ޓޭންކަރަކަށް ވަކިނޭނގޭ އެއްޗަކުން ދިން ހަމަލާއެއްގައި އުޅަނދުގެ އިންޖީނު ރޫމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ. ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، މަސްރަހު ނުތަނަވަސްވުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި

ރާއްޖެ އެމްވީ | 1 އޯގަސްޓު 2026 | ހޮނިހިރު 07:26
ހުރްމުޒް ކަނޑުއޮޅިއާއި އަރަބި ކަނޑު ގުޅުވައިދޭ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުން، އޮމާން ކަނޑުއޮޅި ތެރޭގައި ތެޔޮ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރަމުންދާ މަންޒަރު

ހުރްމުޒް ކަނޑުއޮޅިއާއި އަރަބި ކަނޑު ގުޅުވައިދޭ ކަނޑުގެ ދަތުރުފަތުރުގެ މަގުތަކުން، އޮމާން ކަނޑުއޮޅި ތެރޭގައި ތެޔޮ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރަމުންދާ މަންޒަރު | އޭޕީ

އޮމާންގެ ޚަސަބްގެ އިރުއުތުރުން 21 ނޯޓިކަލް މައިލް ބޭރުން ކަނޑުމަތީގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ހޮނިހިރު ދުވަހު ބުނެފިއެވެ. އެ އިދާރާއިން ބުނި ގޮތުގައި، އެ ސަރަހައްދުން ދަތުރުކުރި ޓޭންކަރެއްގެ ކެޕްޓަނަށް ވަނީ އެ އުޅަނދާ ވަރަށް ކައިރިން ބޮޑު ގޮވުމެއްގެ އަޑު އިވި، ފެންގަނޑު މައްޗަށް ބުރައިގެން ދިޔަ މަންޒަރު ފެނިފައެވެ.

މި ހާދިސާގައި އެއްވެސް އުޅަނދަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް ޔޫކޭއެމްޓީއޯ އިން މައުލޫމާތުދެއެވެ.

ޔޫކޭއެމްޓީއޯ އިން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އޮމާންގެ އައްސޭރިފަށުން ދަތުރުކުރި އެހެން ޓޭންކަރަކަށް "ގޮތްނޭނގޭ އެއްޗަކުން" ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ.

އެ އުޅަނދުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން އުޅަނދުގެ އިންޖީނު ރޫމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އޮމާންގެ ލީމާ އައްސޭރިފަށުން 12.5 މައިލް ބޭރުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ އެޖެންސީން ބުނެ އެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ކޮންޓްރޯލް އީރާނުން ވަނީ ވަރުގަދަކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ހުއްދަ ހޯދުމަށާއި، ޓްރާންސިޓް ފީ ދެއްކުމަށް އީރާނުން ދަނީ މަޖުބޫރު ކުރަމުންނެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ބައެއް އުޅަނދުފަހަރަށް ހަމަލާދީ ހުއްޓުވާފަ އެވެ. އަދި އެ ކަނޑުއޮޅީގެ "ފުރިހަމަ ކޮންޓްރޯލް" އޮތީ އީރާނަށް ކަމަށް އެ ގައުމުން ފަހަކަށް އައިސް ދަނީ ބުނަމުންނެވެ.

ކަނޑުމަތީގެ ވިޔަފާރި މޮނިޓަރ ކުރާ ކެޕްލާ ކުންފުނިން ހުކުރު ދުވަހު ބުނި ގޮތުގައި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

"އެމެރިކާ އާއި އީރާނުގެ ސިޔާސީ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށް ކަމަށްވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ސަރަހައްދީ ކަނޑުގެ ދަތުރުފަތުރުގެ ރޫޓުތަކަށް އަތުވެދާނެ ބަދަލުތަކަށް އުޅަނދުފަހަރު ދުއްވާ ފަރާތްތަކުން ދަނީ ވަރަށް ގާތުން ފާރަވެރިވަމުން،" އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކުންފުނިން ބުނެފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

އޮމާންޔޫކޭއެމްޓީއޯހުރްމުޒް ކަނޑުއޮޅިއީރާންއީރާން-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 ޖުލައި 2026

ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު

31 ޖުލައި 2026
ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ އަސްކަރީ ސާމާނުގެ ތެރޭގައި މިހާރު ސަންދޯއް ހިމެނޭ: އީރާން އިސް ކޮމާންޑަރު
31 ޖުލައި 2026

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި

31 ޖުލައި 2026
އީރާނުން ކުވައިތުގެ އެމެރިކާގެ އަހުމަދު އަލް ޖާބިރު އެއާބޭހަށް ހަމަލާދީފި
31 ޖުލައި 2026

މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން

31 ޖުލައި 2026
މިސްރުގެ ބަނަދަށް ދިން ހަމަލާ އީރާނުގެ ބޮލުގައި އަޅުވަން އުޅެނީ ސުލްހަ ނަގާލުމަށް އިސްރާއީލުން ރާވާ ރޭވުމެއްގެ ދަށުން
30 ޖުލައި 2026

އީރާނު ހަނގުރާމައިގެ މަގްސަދާ ބެހޭ ގޮތުން ސަރުކާރުގެ އިސްވެރިންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެން ޓްރަމްޕް ވަރަށް ބޮޑަށް ކޯފާވެ، ހަޑިހުތުރު ބަހުން މުޚާތަބު ކުރައްވައި އަޑުގަދަކުރައްވައިފި

އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

30 ޖުލައި 2026
އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި
30 ޖުލައި 2026

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

30 ޖުލައި 2026
އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ
30 ޖުލައި 2026

އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި

30 ޖުލައި 2026
އެމެރިކާ އާއި އީރާން އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް ގަދަ އަޅާ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕާކިސްތާން އިން ބުނެފި
30 ޖުލައި 2026

އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި

30 ޖުލައި 2026
އީރާން އިން ފޮނުވާލި ފަސް މިސައިލެއް އުރުދުން އިން ވައްޓާލައިފި
30 ޖުލައި 2026

އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖުލައި 2026
އެމެރިކާއިން އީރާނަށް އަނެއްކާވެސް ބޮން އަޅާ، ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް