Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމެރިކާ

އެމެރިކާގެ ދިމުޤްރާޠީ ނިޒާމުގެ ކޯޅުން: އިޚްތިޔާރެއް ނެތް މަޖުބޫރީ ވޯޓު

2 އޯގަސްޓު 2026 | އާދީއްތަ 13:01

އެމެރިކާގެ ދެ ޕާޓީގެ ނިޒާމުގެ ސަބަބުން ޤައުމު ބައިބައިވެ، އާންމުންގެ އިތުބާރު ކުޑަވަމުންދާކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ވަކިން ޚާއްސަކޮށް ޒުވާނުން މި ނިޒާމާމެދު މާޔޫސްވެފައިވާއިރު، އިންތިޚާބީ ނިޒާމު ބަދަލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޤަވާއިދުތައް ހެދިފައިވާ ގޮތުން މުޅި ނިޒާމު ދެ ޕާޓީގެ ކޮންޓްރޯލްގެ ދަށުގައި އޮތުން. އެހެންކަމުން، މިއީ ރައްޔިތުންގެ ބަސް އިއްވޭނެ ނިޒާމަކަށް ހެދުމަކީ މުސްތަޤުބަލަށް އޮތް ބޮޑު ސުވާލެއް

އަލް - ހުރަވީ
އަލް - ހުރަވީ | 2 އޯގަސްޓު 2026 | އާދީއްތަ 13:01
އެމެރިކާގެ ކެޕިޓޮލް

އެމެރިކާގެ ކެޕިޓޮލް | އަލް- ޖަޒީރާ

340 މިލިއަނަށްވުރެ ގިނަ އާބާދީއެއް އޮތް އެމެރިކާގައި، ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ރައްޔިތުންނަށް އޮންނަނީ އެންމެ ދެ އިޚްތިޔާރެކެވެ. ރަތް ކުލަ ނުވަތަ ނޫ ކުލަ އެވެ. ރިޕަބްލިކަން ނުވަތަ ޑިމޮކްރެޓިކް ޕާޓީ އެވެ. ނަމަވެސް، ދިމުޤްރާޠީ ނިޒާމަކީ "އިޚްތިޔާރު" ކަމަށް ވާއިރު، މި ނިޒާމުގެ ތެރެއިން ޙަޤީޤީ އިޚްތިޔާރެއް ނުލިބޭކަމުގެ ޝަކުވާ އެމެރިކާގެ އެތެރޭގައި ދަނީ ގަދަވަމުންނެވެ.

އަލް ޖަޒީރާ އިން ގެނެސްދިން ރިޕޯޓް

ތާރީޚީ އިންޒާރާއި، މިއަދުގެ ޙަޤީޤަތް

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަން ވަނީ، ސިޔާސީ ޕާޓީތަކުގެ ސަބަބުން ޤައުމު ބައިބައިވެ، ބަދަލުހިފުމުގެ ރޫހު އުފެދި، ޤައުމީ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރެވިގެންދާނެކަމުގެ އިންޒާރު ކުރީއްސުރެ ދެއްވާފަ އެވެ. ނަމަވެސް 250 އަހަރު ފަހުން މިއަދު ފެންނަނީ، ޕާޓީތައް ހަމައެކަނި ދެމިއޮތީ ނޫންކަމާއި، އެ ޕާޓީތަކަކީ މުޅި ނިޒާމުކަމުގައި ވެފައިވާ މަންޒަރެވެ.

އިންތިޚާބީ ނިޒާމުގެ މައްސަލަ: "ވިނަރ ޓޭކްސް އޯލް"

އަލްޖަޒީރާގެ ރިޕޯޓުގައި ސިފަކޮށްފައިވާ ގޮތުގައި އެމެރިކާގެ އިންތިޚާބުތަކަކީ ހަމައެކަނި ރަން މެޑަލް ދޭ އޮލިމްޕިކްސްއެއް ފަދަ ނިޒާމެކެވެ. ރިހި ނުވަތަ ލޯ މެޑައްޔެއް ނޯވެ އެވެ. އެގޮތުން މި "ވިނަރ ޓޭކްސް އޯލް" ނުވަތަ މޮޅުވާ މީހަކަށް ހުރިހާ ބާރެއް ލިބޭ އުޞޫލުގެ ސަބަބުން، އާންމުންނަށް ވޯޓުލާން މަޖުބޫރުވަނީ ތިމާ ޤަބޫލުކުރާ ސިޔާސަތަކަށް ތާއީދުކުރުމުގެ ބަދަލުގަ އެވެ. އަދި އޭގެ ބަދަލުގައި ގިނަ މީހުން ވޯޓުލަނީ ތިމާ އެންމެ ބިރުގަންނަ ނުވަތަ ނަފްރަތުކުރާ ޕާޓީ އިންތިޚާބުވިޔަ ނުދިނުމަށެވެ. މިއީ "ޑެމޭޖް ކޮންޓްރޯލް" ނުވަތަ ގެއްލުން ކުޑަކުރުމުގެ ގޮތުން ލާ ވޯޓެކެވެ.

ޕާޓީތަކުގެ ތަފާތުތަކާއި ޒުވާނުންގެ މާޔޫސްކަން

ޓެކްސް، މޫސުމީ ބަދަލުތައް، އިމިގްރޭޝަން، ޚާރިޖީ ސިޔާސަތު، އަދި ސަރުކާރުގެ ދައުރާ ގުޅޭގޮތުން ދެ ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް، އާންމު ރައްޔިތުން، ޚާއްޞަކޮށް ޒުވާން ޖީލު ދެކޭގޮތުގައި މި ނިޒާމުން އެމީހުންގެ އަޑެއް ނާހަ އެވެ. ޒުވާނުން ސިފަކުރާ ގޮތުގައި، މިހާރު ވޯޓުލުމަކީ ދެ ގޯހުގެ ތެރެއިން "ކުޑަ ގޯސް" އިޚްތިޔާރު ކުރުމެވެ. އަލްޖަޒީރާއަށް މަޢުލޫމާތު ދިން ބައެއް ޒުވާނުން ބުނެފައިވަނީ، ދެ ޕާޓީންކުރެ އެއްވެސް ޕާޓީއެއްގެ ސިޔާސަތާ އެއްބަސްނުވެވޭތީ، ވޯޓުލުމާ ދުރުހެލިވާން މަޖުބޫރުވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ފެންނަ ނުރައްކާތެރި ސިގްނަލް

2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން އެމެރިކާގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބޮޑު ބަދަލު ވަރަށް ސާފުކޮށް ފެނެ އެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 243.8 މިލިއަން މީހުންގެ ތެރެއިން 90 މިލިއަނާ ގާތްކުރާ އަދަދެއްގެ މީހުން ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ. މިއީ ނިޒާމާމެދު އޮތް އިތުބާރު ކުޑަވެފައިވާކަމުގެ ސާފު ހެއްކެކެވެ. ރެކޯޑު އަދަދަކަށް އެމެރިކާ ރައްޔިތުންގެ 45 އިންސައްތަ މިހާރު ތަމްސީލުވަނީ ވަކި ޕާޓީއަކަށް ނިސްބަތްނުވާ "އިންޑިޕެންޑެންޓް" ފަރާތްތަކުގެ ގޮތުގަ އެވެ. އަދި މި އިންޑިޕެންޑެންޓް ކެޓަގަރީގެ އެންމެ ބޮޑު އިންސައްތައެއް ޙިއްޞާކުރަނީ "ޖެން-ޒީ" ނުވަތަ މިހާރުގެ އެންމެ ޒުވާން ޖީލެވެ.

ނިޒާމީ ގޮންޖެހުމާއި ކުރިމަގު

މިއަދު އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވަނީ އައު ޕާޓީތަކާއި، އިންޑިޕެންޑެންޓް ކެންޑިޑޭޓުންނާއި، އަދި "ރޭންކްޑް ޗޮއިސް ވޯޓިންގ" ފަދަ އައު ނިޒާމުތަކެކެވެ. ބައެއް މީހުން މުޅި ސިސްޓަމް ބަދަލުކުރަން ބޭނުންވި ނަމަވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިއީ އެވެ: މި ނިޒާމުގެ ޤަވާއިދުތައް ހަދާފައިވަނީ ހަމަ ދެ ޕާޓީގެ ފައިދާއަށެވެ. އަދި ނިޒާމު ބަދަލުކުރެވެން އޮތީ ހަމަ އެ ދެ ޕާޓީމް ކޮންޓްރޯލްކުރާ ނިޒާމުގެ ތެރެއިން ކާމިޔާބު ހޯދައިގެންނެވެ.

އެހެންކަމުން، އެމެރިކާގައި އިންތިޚާބުތައް ބޭއްވި، ބާރުތައް ބަދަލުވަމުން ދިޔަނަމަވެސް، މުޅި ނިޒާމާމެދު އާންމުންގެ އިޢުތިބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. 250 އަހަރު ފަހުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، މި ނިޒާމަކީ ހަމައެކަނި ވެރިކަންކުރާ ދެ ޕާޓީގެ ނިޒާމެއް ނޫންކަމާއި، މިއީ އާންމު ރައްޔިތުންގެ ނިޒާމެއްކަން ކުރިއަށް އޮތް ޖީލުތަކަށް ސިސްޓަމުން ސާބިތުކޮށްދެވިދާނެތޯ އެވެ؟

އެމެރިކާރިޕަބްލިކަންޑިމޮކްރެޓިކް ޕާޓީ - އެމެރިކާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 ޖުލައި 2026

ޖޯން އޮސޮފް، ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާފަދަ އައު "އޮބާމާ"!

31 ޖުލައި 2026
ޖޯން އޮސޮފް، ޑިމޮކްރެޓިކް ޕާޓީ އިން ބޭނުންވާފަދަ އައު "އޮބާމާ"!
20 ޖުލައި 2026

އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި

20 ޖުލައި 2026
އީރާނުން ސޫރިޔާގައި ހުންނަ އެމެރިކާގެ ކޮމާންޑް ސެންޓަރަށް ހަމަލާދީ، އެމެރިކާގެ މުޖުރިމު ސިފައިންގެ ބޮޑުލަޝްކަރެއް ނަރަކައަށް ފޮނުވާލާފައިވާ ކަމަށް ބުނެފި
18 ޖުލައި 2026

އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި

18 ޖުލައި 2026
އުރުދުން އަށް އީރާނުން ދިން ހަމަލާ އެއްގައި އެމެރިކާގެ ދެ ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފި
18 ޖުލައި 2026

ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި

18 ޖުލައި 2026
ކުވޭތުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ދަތުރުތައް ރީޝެޑިއުލް ކޮށްފި
18 ޖުލައި 2026

ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް

18 ޖުލައި 2026
ބޫޝެހްރު ނިއުކްލިއާ ޕްލާންޓަށް އެއްވެސް ހަމަލާއެއް އަމާޒުވެފައެއް ނުވޭ، މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގެއް: ރިޕޯޓް
17 ޖުލައި 2026

ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން

17 ޖުލައި 2026
ވޯލްޑްކަޕުން ފީފާއަށް ބިލިއަނުން ފައިދާ، ބެލުންތެރިންނަށް މާލީ ގޮތުން ގެއްލުން
16 ޖުލައި 2026

"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

16 ޖުލައި 2026
"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
16 ޖުލައި 2026

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

16 ޖުލައި 2026
އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ
16 ޖުލައި 2026

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026
އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް
14 ޖުލައި 2026

އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި

14 ޖުލައި 2026
އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް