Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

"ފިނޑި ހަނގުރާމައިގެ ޖަރީމާ އެއް" އެމެރިކާ އިން ކެންސަރު ހޮސްޕިޓަލު ކައިރިއަށް ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

އީރާނުގެ އަހްވާޒްގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ކައިރިއަށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން، އެތަނުގައި ފަރުވާ ހޯދަމުންދިޔަ 200 އަށްވުރެ ގިނަ ބަލިމީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް ހޮސްޕިޓަލުގެ ޚިދުމަތް ވަނީ މެދުކަނޑާލާފައި. އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، މީގެ ރައްދުގައި އީރާނުން ދަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ޓާގެޓްތަކަށް ހަމަލާ ދެމުން.

ރާއްޖެ އެމްވީ | 16 ޖުލައި 2026 | ބުރާސްފަތި 12:19
އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއް، ކެންސަރު ބައްޔަށް ފަރުވާދޭ އަދި ކުޑަކުދިންނަށް ކީމޯތެރަޕީގެ ހިދުމަތް ފޯރުކޮށްދޭ އަހްވާޒްގައި ހުންނަ ބަޣާއީ ހޮސްޕިޓަލް ކައިރިއަށް އަމާޒުވެއްޖެ

އެމެރިކާއިން ދިން މިސައިލް ހަމަލާތަކެއް، ކެންސަރު ބައްޔަށް ފަރުވާދޭ އަދި ކުޑަކުދިންނަށް ކީމޯތެރަޕީގެ ހިދުމަތް ފޯރުކޮށްދޭ އަހްވާޒްގައި ހުންނަ ބަޣާއީ ހޮސްޕިޓަލް ކައިރިއަށް އަމާޒުވެއްޖެ | ގެޓީ އިމޭޖަސް

އީރާނުގެ ހުޅަނގު ދެކުނުގައި ހުންނަ ކެންސަރު ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއްގެ ކައިރިއަށް އެމެރިކާއިން ދިން ވަރުގަދަ ވައިގެ ހަމަލާތަކާ ގުޅިގެން އެ ހޮސްޕިޓަލް ހުސްކުރަން ޖެހުމުން، އެމެރިކާއިން ހިންގީ "ލާނުސާނީ އަމަލެއް" ކަމަށް ބުނެ އީރާނުން އެމެރިކާގެ އަމަލު ކުށްވެރިކޮށްފި އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ސިއްހީ މަރުކަޒުތަކަށް ދޭ ލާއިންސާނީ ހަމަލާތަކާ އެއްފަދަ މި ހަމަލާގެ ސަބަބުން، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ކުޑަކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށެވެ.

Your browser does not support the video tag.

އީރާނުގެ އަހްވާޒް ސަރަހައްދަށް އެމެރިކާ އިން ހަމަލާ ދެނީ

އޭނާ ފާހަގަކުރެއްވި ގޮތުގައި ކީމޯތެރަޕީ ހަދަމުންދިޔަ 211 ބަލިމީހަކު ވަނީ އެ ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން އެމެރިކާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އީރާނުގެ ދެކުނަށް އެމެރިކާއިން ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ބަޣާއީ ސްޕެޝަލައިޒްޑް ހޮސްޕިޓަލުން 200 އަށްވުރެ ގިނަ ބަލިމީހުން ވަނީ ހުސްކޮށްފަ އެވެ.

އަހްވާޒް ސިޓީއަށް އެމެރިކާއިން ދިން ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލުގެ ޚިދުމަތް މެދުކަނޑާލަން ޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުގެ ޑައިރެކްޓަރު ރިޒާ ބާޒާރާ ހަވާލާދީ ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެ އެވެ. މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.

ހޮސްޕިޓަލުގެ މެނޭޖަރު ޑޮކްޓަރު މަޖީދު ބޫއަޒަރު އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެމެރިކާގެ ހަމަލާތަކާ ގުޅިގެން 211 ބަލިމީހަކު "މަޖުބޫރުވެގެން އެހެން ތަނަކަށް ބަދަލުކުރަން ޖެހުނު" ކަމަށެވެ.

ހޮސްޕިޓަލުގެ މުވައްޒަފަކު އަލްޖަޒީރާއަށް ކިޔައިދިން ގޮތުގައި، އެތަނުގައި އެޑްމިޓްކޮށްފައި ތިބީ ކެންސަރު ބަލިމީހުން ހިމެނޭހެން ހާއްސަ ފަރުވާ ބޭނުންވާ ބަލިމީހުންނެވެ. ނަމަވެސް ހޮސްޕިޓަލް ހުރި ސަރަހައްދަށް ވަރަށް ވަރުގަދައަށް ބޮން އަޅާފައިވާ ކަމަށާއި، ބައެއް ބަލިމީހުން ތިބީ އޮކްސިޖަނާއި ވެންޓިލޭޓަރުގެ އެހީގައި ކަމަށް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ބައެއް މީހުން ކުޑަކުދިން އަތްމައްޗަށް އުފުލައިގެން ތިބިއިރު، އަނެއް ބަޔަކު ތިބީ އައިވީ ގުޅާފައި ނުވަތަ ފުރޮޅުލީ ގޮނޑީގައި ކަމަށާއި، އެންމެންވެސް ރައްކާތެރިކަން ހޯދުމަށް ހޮސްޕިޓަލުން ބޭރަށް ނުކުތް ކަމަށެވެ.

އަހްވާޒްގެ ރައްޔިތުންނާ ހަވާލާދީ ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭ އެމެރިކާއިން އީރާނުގެ ހުޅަނގު ދެކުނުގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގެ ތެރޭގައި، ހޮސްޕިޓަލް ހުރި ސަރަހައްދާ ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ.

ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި ޝަހީދު ބަޣާއީ ހޮސްޕިޓަލް ހުރި ސަރަހައްދަށް ގިނަ އަދަދެއްގެ މިސައިލް ނުވަތަ ރޮކެޓް ވަނީ އަރާފަ އެވެ. ހަމަލާތަކުގެ ސަބަބުން ބިރުގަނެފައި ތިބި ބަލިމީހުން އެހެން ސިއްހީ މަރުކަޒަކަށް ބަދަލުކުރުމުގެ މަސައްކަތް، މެޑިކަލް ސްޓާފުންނާއި ބަލިމީހުންގެ އާއިލާތަކުން ގުޅިގެން ވަނީ ކޮށްފަ އެވެ.

އަހްވާޒް ޔުނިވާސިޓީ އޮފް މެޑިކަލް ސައިންސަސްއިން ބުނީ، ހޮސްޕިޓަލް ހުރި ސަރަހައްދާ ކައިރިއަށް ދިން ހަމަލާތަކާ ގުޅިގެން، ހޮސްޕިޓަލުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

"ދުޝްމަނުން ސިޓީއަށް ދިން ހަމަލާތަކާއި، ހޮސްޕިޓަލާ ކައިރި ސަރަހައްދުތަކުގައި ގޮވުންތައް ގޮވުމާ ގުޅިގެން، ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލުގެ ޚިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލެވިފައި،" ޔުނިވާސިޓީން ނެރުނު ބަޔާނުގައިވެ އެވެ.

އީރާނުގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގައި ބުދަ ދުވަހުގެ މެންދުރުގެ ނިޔަލަށް ޒަޚަމްވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާފައިވާއިރު، 35 މީހަކު ވަނީ މަރުވެފަ އެވެ.

"ބުދަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ލިބުނު މައުލޫމާތަށް ބަލާއިރު، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ އިތުރުވެފައި. އަދި ހިތާމައާއެކު ފާހަގަކުރަން، އަޅުގަނޑުމެންގެ ގައުމުގެ 35 ރައްޔިތަކު ވަނީ ޝަހީދުވެފައި. މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި 18 އަހަރުން ދަށުގެ ފުރާވަރުގެ ކުއްޖަކު ހިމެނޭ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހުރްމުޒްގާން، ސިސްތާން އެންޑް ބަލޫޗިސްތާން، އަދި ހޫޒިސްތާން ޕްރޮވިންސަށް. ޒަޚަމްވި މީހުންގެ ތެރެއިން 72 މީހަކަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން،" މިނިސްޓްރީން ބުންޏެވެ.

ހޮސްޕިޓަލް ކައިރިއަށް މި ހަމަލާ ދީފައިވަނީ، ފާއިތުވި ހަފުތާގައި އެމެރިކާއިން އީރާނަށް ދިން ސިލްސިލާ ހަމަލާތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ތެހެރާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމާ ޚިލާފަށް ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ޕާޝިއަން ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.

އީރާނުން މިހާރު ވަނީ "ވަކި ގޮތެއް އަންގަންދެން" އެ ސަރަހައްދުގެ މުހިންމު ކަނޑުގެ މަގު ބަންދުކޮށްފައިވާ ކަމަށް އިއުލާންކޮށްފަ އެވެ. އަދި އެމެރިކާއިން އެ ސަރަހައްދުގެ ކަންކަމާ ބެހުން ހުއްޓާލަންދެން އެ މަގު ބަންދުކޮށްފައި އޮންނާނެ ކަމަށްވެސް އީރާނުން ބުނެ އެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އާންމުން ދިރިއުޅޭ ބައެއް ތަންތަނަށް އަމާޒުކޮށް ހަމަލާދީފަ އެވެ. 

މީގެ އިތުރުން، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއިން ވަނީ މިނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ޕްރައިމަރީ ސްކޫލަށް ތިން ފަހަރެއްގެ މަތިން ހަމަލާދީ، 168 މީހުން މަރާލާފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

އީރާންއެމެރިކާއިސްމާޢީލް ބަޣާއީއީރާން-އެމެރިކާހަނގުރާމައިގެ ކުށްތައް

އިތުރަށް ކިޔާލަން

16 ޖުލައި 2026

އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ

16 ޖުލައި 2026
އިސްރާއީލަށް ދެމުން އަންނަ އަސްކަރީ އެހީ ހުއްޓާލަން އެމެރިކާގެ ޑިމޮކްރަޓިކް ޕާޓީ އިން ތާއީދު ކުރޭ
16 ޖުލައި 2026

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި

16 ޖުލައި 2026
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާންގެ ހޮސްޕިޓަލުން 211 ބަލި މީހުން ބަދަލު ކޮށްފި
16 ޖުލައި 2026

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026
އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް
15 ޖުލައި 2026

އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި

15 ޖުލައި 2026
އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި
15 ޖުލައި 2026

އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އިން ކުރި ގިނަ ލަފާކުރުންތައް ހަގީގަތާ ޚިލާފުވެ ފަނުފުލުން ދަނީ

15 ޖުލައި 2026
އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އިން ކުރި ގިނަ ލަފާކުރުންތައް ހަގީގަތާ ޚިލާފުވެ ފަނުފުލުން ދަނީ
14 ޖުލައި 2026

އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި

14 ޖުލައި 2026
އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި
14 ޖުލައި 2026

ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި

14 ޖުލައި 2026
ހޫޘީން ސައުދީ އަރަބިއްޔާ "ހިސާރުކުރާނެ" ކަމުގެ އިންޒާރު ދީފި
14 ޖުލައި 2026

ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟

14 ޖުލައި 2026
ޔަމަނުގައި ފެށުނު ހަމަނުޖެހުމާއެކު ބާބުލް މަންދަބު ބަންދުވެއްޖެ ނަމަ ދެން ވާނީ ކިހިނެއް؟
14 ޖުލައި 2026

ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި

14 ޖުލައި 2026
ޔޫރަޕްގެ އެއާލައިންތަކަށް ގަލްފް ސަރަހައްދުން ދަތުރު ނުކުރުމަށް އިންޒާރު ދީފި
14 ޖުލައި 2026

އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ

14 ޖުލައި 2026
އިރާނުން މެދުއިރުމަތީ މޯބައިލް ނެޓްވޯކްތައް ހެކްކޮށް އެމެރިކާ ސިފައިން މޮނިޓަރ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު