Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން އެމެރިކާއާ މަޝްވަރާކުރުމުގެ ވިސްނުމެއް ނެތް، ފޯކަސް ހުރީ ދިފާއަށް

16 ޖުލައި 2026 | ބުރާސްފަތި 05:18

އެމެރިކާއިން އެއްބަސްވުންތަކާ ޚިލާފުވަމުންދާތީ އެ ގައުމާއެކު މަޝްވަރާކުރުމުގެ ބަދަލުގައި، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ދިފާއީ ކަންކަމަށް ކަމަށް އީރާނުން ބުނެފި. އީރާނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް ފުރިހަމަ ރައްދު ދޭނެ ކަމުގެ އިންޒާރު ދެމުން، އެ ގައުމުގެ ޚާރިޖީ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ނުފޫޒާ ދެކޮޅަށް ތެދުވުމުގައި މުޅި ގައުމުގެ ތާއީދު އެބައޮތް ކަމަށް.

ރާއްޖެ އެމްވީ | 16 ޖުލައި 2026 | ބުރާސްފަތި 05:18
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ، އެ ވުޒާރާއިން ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ، އެ ވުޒާރާއިން ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި. | ގެޓީ އިމޭޖަސް

އީރާނުން މަޝްވަރާކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، މިހާރު އެ ގައުމުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިފާއީ ކަންކަމަށް ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، މިދިޔަ މަހު ދެ ގައުމުގެ ދެމެދުގައި ސޮއިކުރި ފަހުމުނާމާ (އެމް.އޯ.ޔޫ) އާ އެމެރިކާއިން ޚިލާފުވަމުންދާހާ ހިނދަކު، އެމެރިކާއާއެކު އަލުން މަޝްވަރާތަކަށް ދިއުމުގެ އެއްވެސް ރޭވުމެއް އީރާނުގެ ނެތް ކަމަށެވެ.

އިސްމާއީލް ބަޣާއީ ބުދަ ދުވަހު ވިދާޅުވީ، އީރާނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށާއި، އެ ހަމަލާތަކަށް ރައްދު ދިނުމަށް މިވަގުތު އީރާނުން ބޮޑު ސަމާލުކަމެއް ދެމުންދާ ކަމަށެވެ.

އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ތެހެރާން އަލުން މަޝްވަރާގެ މޭޒަށް އަންނަން މަޖުބޫރުވާނެ ކަމަށް ބުނެ އެމެރިކާއިން ކުރަމުންދާ ދައުވާތަކަށް ރައްދު ދެއްވަމުން ބަގާއީ ވިދާޅުވީ، މިވަގުތު މަޝްވަރާ ކުރުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި، މުޅި ގައުމުގެ ފޯކަސް ހުރީ ދިފާއީ ކަންކަމަށް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ، ޖޫން މަހުގެ 17 ވަނަ ދުވަހު އެމެރިކާއާއެކު ސޮއިކުރި ފަހުމުނާމާގެ ދަށުން ވޮޝިންގްޓަނުން ވެފައިވާ އިލްތިޒާމްތަކާ ތަކުރާރުކޮށް ޚިލާފުވަމުންދާތީ، އެ އެއްބަސްވުމުގެ އުސޫލުތަކަށް އަމަލުކުރުމަށް އީރާނަށް ދެން މަޖުބޫރު ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ފަހުމުނާމާއަކީ ދެފަރާތުން ވެފައިވާ އިލްތިޒާމްތަކެއް ކަމަށާއި، އަނެއް ފަރާތުން އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ އީރާނުން ވެސް އެ އިލްތިޒާމްތައް ފުރިހަމަކުރުމުން ދުރުހެލިވާނެ ކަމަށެވެ. އަދި މިއީ އީރާނުން ގެންގުޅޭ އުސޫލެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އަމަލުކުރާނީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޣާއީ އިތުރަށް ވިދާޅުވީ، އެމެރިކާއިން ވަނީ އެ ފަހުމުނާމާގެ އެންމެ ފުރަތަމަ މާއްދާއިން ފެށިގެން ވެސް ބަދުނިޔަތުގައި އަމަލުކޮށް، ވެފައިވާ ވައުދުތަކާ ޚިލާފުވެފައި ކަމަށެވެ. އަދި އެމެރިކާގެ ބިރުދެއްކުންތަކާއި ނުފޫޒު ފޯރުވުމާ ދެކޮޅަށް ތެދުވުމަށް އީރާނުގެ އެތެރޭގެ ހުރިހާ ފަރާތްތަކެއްގެ ތާއީދު އެ ސިޔާސަތަށް އެބައޮތް ކަމަށް އެ ޑިޕްލޮމެޓް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އީރާނަށް ހަމަލާދޭ ކޮންމެ ފަރާތަކަށް އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ފުރިހަމަ ބާރާއެކު ރައްދު ދޭނެ ކަމަށެވެ. އަދި ހަމަލާއެއް ދީފި ނަމަ، އޭގެ ބަދަލުގައި ހަމަލާ ރައްދުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވާހަކަތައް އައިސްފައިވަނީ އީރާނުގެ ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެމެރިކާއިން މެދުނުކެނޑި ހަމަލާދެމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއިން ބުނަމުންދަނީ މި ހަމަލާތަކަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އަމާޒުކޮށް އީރާނުން ހަމަލާދިނުމުގެ ގާބިލުކަން ކުޑަކުރުމަށް ދޭ ހަމަލާތަކެއް ކަމަށެވެ.

ނަމަވެސް، އީރާނުން ވަނީ އެމެރިކާގެ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ. އީރާނުން ބުނާ ގޮތުގައި، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ޕާޝިއަން ގަލްފްގެ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު، ތެހެރާނާއި ވޮޝިންގްޓަނާ ދެމެދު އެއްބަސްވި 14 ނުކުތާގެ ފަހުމުނާމާގެ 5 ވަނަ މާއްދާގެ ދަށުން ހަވާލުކޮށްފައިވަނީ އީރާނާ އެވެ.

މަސްދަރު: ޕްރެސް ޓީވީ

އީރާންއެމެރިކާއިސްމާޢީލް ބަޣާއީހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

15 ޖުލައި 2026

ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟

15 ޖުލައި 2026
ބައިނަލްއަގްވާމީ ކަނޑުތަކުގައި މިނިވަންކަމާއެކު ވިޔަފާރި ދަތުރުފަތުރުކުރުމުގެ އުސޫލު ނިމުމަކަށް އަންނަނީބާ؟
15 ޖުލައި 2026

އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟

15 ޖުލައި 2026
އީރާނުގެ ދެކުނުގެ ރަށްތައް އެމެރިކާގެ ބާރުގެ ދަށަށް ގެންގޮސްފާނެބާ؟
15 ޖުލައި 2026

އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި

15 ޖުލައި 2026
އިރާނުން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ދެ އުޅަނދަކަށް އިންޒާރުގެ ބަޑި ޖަހައިފި
15 ޖުލައި 2026

އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި

15 ޖުލައި 2026
އީރާނަށް އެމެރިކާއިން އައު ހަމަލާތަކެއް ދީފި
15 ޖުލައި 2026

އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އިން ކުރި ގިނަ ލަފާކުރުންތައް ހަގީގަތާ ޚިލާފުވެ ފަނުފުލުން ދަނީ

15 ޖުލައި 2026
އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅޭގޮތުން އެމެރިކާ އިން ކުރި ގިނަ ލަފާކުރުންތައް ހަގީގަތާ ޚިލާފުވެ ފަނުފުލުން ދަނީ
15 ޖުލައި 2026

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި

15 ޖުލައި 2026
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރަން ޓްރަމްޕް ސިޗުއޭޝަން ރޫމު ގައި ބައްދަލުވުމެއް ބާއްވައިފި
15 ޖުލައި 2026

ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟

15 ޖުލައި 2026
ގަލްފް ގައުމުތަކަށް އީރާނުގެ ހަމަލާތައް ކުރިއަށްދާއިރު، އެމެރިކާއިން އީރާނުގެ ބަނދަރުތައް އަލުން ބަންދުކޮށްފި: އެންމެ ފަހުގެ މައުލޫމާތަކީ ކޮބައި؟
15 ޖުލައި 2026

އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި

15 ޖުލައި 2026
އީރާނުން ކުވެއިތު، ބަހްރައިން އަދި އުރުދުންގައި ހުރި އެމެރިކާ ބޭސްތަކަށް ހަމަލާދީފި
14 ޖުލައި 2026

އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި

14 ޖުލައި 2026
އީރާނުގެ ގޭޝްމް ޖަޒީރާ އަށް އެމެރިކާ އިން ހަމަލާދީފި
14 ޖުލައި 2026

އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި

14 ޖުލައި 2026
އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް