Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޔެލޯސްޓޯން ޕާކު

އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި ބައިސަންއެއް ފަތުރުވެރިއަކު 8 ފޫޓު މައްޗަށް ހޫރާލައިފި

14 ޖުލައި 2026 | އަންގާރަ 16:24

އެމެރިކާގެ ޔެލޯސްޓޯން ޕާކުގައި އުޅޭ ބައިސަންއަކާ މާގާތްވި ފަތުރުވެރިއަކަށް ބައިސަން ހަމަލާދީ ޒަޚަމްކޮށްލައިފި. ޕާކުގެ ގަވާއިދުތަކާ ޚިލާފަށް ޖަނަވާރާ ކައިރިވުމުން ހިނގި މި ހާދިސާއާ ގުޅިގެން، ވަލު ޖަނަވާރުންގެ ކިބައިން ރައްކާތެރިވުމަށް ކަނޑައަޅާފައިވާ ދުރުމިން ބެހެއްޓުމަށާއި އަމިއްލަ ސަލާމަތަށް އިސްކަންދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ.

ޖިނާ
ޖިނާ | 14 ޖުލައި 2026 | އަންގާރަ 16:24

ޔެލޯސްޓޯން ނޭޝަނަލް ޕާކުގައި ބައިސަންއެއް ހަމަލާދިނުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް | ސީ.އެން.އެން

އެމެރިކާގެ ޔެލޯސްޓޯން ނޭޝަނަލް ޕާކަށް ޒިޔާރަތްކުރި ފަތުރުވެރިއަކު، އެ ސަރަހައްދުގައި އުޅޭ ބައިސަންއަކާ މާ ކައިރިވުމުގެ ސަބަބުން  އޭނާއަށް ހަމަލާދީ އަށް ފޫޓު މައްޗަށް ވައިގެ ތެރެއަށް ހޫރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޕާކުގެ އޯލްޑް ފެއިތްފުލް ސަރަހައްދުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ ބައިސަންއާ ވަރަށް ގާތަށް ގޮސް އޭނާގެ އަތް ދިއްކޮށްލަ އެވެ. އެ ވަގުތު ކުއްލިއަކަށް ބައިސަން އެ މީހާ ވައިގެ ތެރެއަށް އެއްލާލާ މަންޒަރު ފެނެ އެވެ. މި ހާދިސާގައި އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ޕާކުގެ އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޔެލޯސްޓޯން ނޭޝަނަލް ޕާކުގައި ބައިސަންއެއް މީހަކަށް ހަމަލާދޭ މަންޒަރު، ސްލޯ މޯޝަންކޮށް ނަގާފައިވާ ވީޑިއޯ

ޔެލޯސްޓޯން ނޭޝަނަލް ޕާކުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ބައިސަންއާ މާ ގާތަށް އެ މީހާ ދިއުމުންނެވެ. ޕާކުގެ ގަވާއިދުތައް ބުނާގޮތުން ބައިސަން ފަދަ ބޮޑެތި ޖަނަވާރުތަކާ މަދުވެގެން 25 ޔާޑު (23 މީޓަރު) ދުރުމިނެއް ބަހައްޓަން ޖެހެ އެވެ. ނަމަވެސް މި ހާދިސާގައި އެ މީހާ ހުރީ އެ ޖަނަވާރުއާ ވަރަށް ކައިރީގައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން ޕާކުގެ އިދާރާއިން ބުނެފައިވަނީ ބައިސަންއަކީ ފެންނަ ފެނުމަށް މަޑުމައިތިރި ޖަނަވާރެއްގެ ގޮތުގައި ހީވި ނަމަވެސް، އެއީ ވަރަށް ނުރައްކާތެރި އަދި ކުއްލިއަކަށް ހަމަލާދީފާނެ ޖަނަވާރެއް ކަމަށެވެ. އެއީ އިންސާނުންނަށްވުރެ ތިން ގުނަ ބާރަށް ދުވުމުގެ ގާބިލުކަން ލިބިފައިވާ ޖަނަވާރެއް ކަމަށްވެސް އޮފިޝަލުން ފާހަގަކުރެ އެވެ.

ބައިސަން އަކީ އޭގެ ކަރުދޮށުގައި ހުންނަ ބޯ ކެހެރިގަނޑާއި، ކޮނޑުމަތީގައި ހުންނަ ބޮޑު ގޮބުގެ ސަބަބުން މަޝްހޫރުވެފައިވާ، ގެރި އާއިލާއަށް ނިސްބަތްވާ ބިޔަ ޖަނަވާރެއް. އުތުރު އެމެރިކާގެ ބައްރުގައި އުޅޭ އެއްގަމު ސޫފީގެ ތެރެއިން އެންމެ ބޮޑު ޖަނަވާރުގެ ގޮތުގައި ބެލެވޭ މި ސޫފީގެ ފުރާވަރުގެ ފިރިހެން ބައިސަންއެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 2،000 ޕައުންޑް ހުރޭ

ބައިސަން އަކީ އޭގެ ކަރުދޮށުގައި ހުންނަ ބޯ ކެހެރިގަނޑާއި، ކޮނޑުމަތީގައި ހުންނަ ބޮޑު ގޮބުގެ ސަބަބުން މަޝްހޫރުވެފައިވާ، ގެރި އާއިލާއަށް ނިސްބަތްވާ ބިޔަ ޖަނަވާރެއް. އުތުރު އެމެރިކާގެ ބައްރުގައި އުޅޭ އެއްގަމު ސޫފީގެ ތެރެއިން އެންމެ ބޮޑު ޖަނަވާރުގެ ގޮތުގައި ބެލެވޭ މި ސޫފީގެ ފުރާވަރުގެ ފިރިހެން ބައިސަންއެއްގެ ބަރުދަނުގައި ގާތްގަނޑަކަށް 2،000 ޕައުންޑް ހުރޭ | ގެޓީ އިމޭޖަސް

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ޕާކުގެ ގަވާއިދުތަކަށް ބޯނުލަނބާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވަލު ޖަނަވާރުންގެ ސަރަހައްދުތަކުގައި އުޅޭއިރު އަމިއްލަ ސަލާމަތަށް އިސްކަންދިނުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

މަސްދަރު: ސީ.ބީ.އެސް

ޔެލޯސްޓޯން ނޭޝަނަލް ޕާކުއެމެރިކާބައިސަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

13 ޖުލައި 2026

އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި

13 ޖުލައި 2026
އެމެރިކާއިން އީރާނުގެ ސަބްމެރިނާއި ބޯޓު މަރާމާތު ކުރާ މަރުކަޒަކަށް ހަމަލާ ދޭ މަންޒަރު ދައްކާލައިފި
09 ޖުލައި 2026

އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް

09 ޖުލައި 2026
އެމެރިކާގެ ހަމަލާތަކުގައި އީރާނުން 14 މީހުން މަރުވެ 78 ޒަޚަމް
08 ޖުލައި 2026

އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި

08 ޖުލައި 2026
އެމެރިކާއިން ދޭ ހަމަލާތަކަށް އެހީތެރިވާ ކޮންމެ ތަނަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ އަސްކަރިއްޔާއިން ދީފި
08 ޖުލައި 2026

އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި

08 ޖުލައި 2026
އެމެރިކާ އިން ދިން ހަމަލާތަކުގައި އީރާނުގެ އެއާފޯސް އަދި ނޭވީގެ ސިފައިންތަކެއް މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފި
08 ޖުލައި 2026

ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި

08 ޖުލައި 2026
ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި
05 ޖުލައި 2026

އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރަނިކޮށް ނިއުޔޯކްގައި ބަޑިޖަހައި 8 މީހަކު ޒަޚަމްކޮށްލައިފި

05 ޖުލައި 2026
އެމެރިކާގެ މިނިވަން ދުވަސް ފާހަގަ ކުރަނިކޮށް ނިއުޔޯކްގައި ބަޑިޖަހައި 8 މީހަކު ޒަޚަމްކޮށްލައިފި
04 ޖުލައި 2026

ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި

04 ޖުލައި 2026
ގަދަ ހޫނުގެ ސަބަބުން އެމެރިކާގެ މިނިވަންދުވަހުގެ މުހިންމު ހަރަކާތްތައް ކެންސަލްކޮށްފި
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
29 ޖޫން 2026

ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ

29 ޖޫން 2026
ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ
24 ޖޫން 2026

އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން

24 ޖޫން 2026
އިރާނުގެ ޑްރޯން ޓެކްނޮލޮޖީގެ މޮޅުކަން ފެނި އެމެރިކާގެ ޖާސޫސީ އޮފިޝަލުންނަށް ސިހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް